Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލުއިޒް ޑިއާޒް

ޑިއާޒް ވިއްކަން، ބާސެލޯނާ އަށް އަތްނުލެވޭނެ އަގެއް!

13 މާރިޗު 2024 | ބުދަ 09:46

ލިވަޕޫލުން އޭނާ ވިއްކަން ކިޔަނީ 140 މިލިއަން ޔޫރޯ

ރާއްޖެ އެމްވީ | 13 މާރިޗު 2024 | ބުދަ 09:46
ލިވަޕޫލްގެ ލުއިސް ޑިއާޒް

ލިވަޕޫލްގެ ލުއިސް ޑިއާޒް

ލިވަޕޫލްގެ ލުއިޒް ޑިއާޒް ގަތުމަށް ސްޕޭނުގެ ބާސެލޯނާއިން ޝައުގުވެރިވުމުން އެކަން ނުކުރެވޭނެ ފަދަ އަގެއް ލިވަޕޫލުން ކަނޑައަޅައިފި އެވެ.

ކޮލަމްބިއާގެ ފޯވަޑް ޑިއާޒް ވިއްކަން ލިވަޕޫލުން ހަމަޖައްސާ އަގަކީ 140 މިލިއަން ޔޫރޯ ކަމަށް ކޮލަމްބިއާގެ ނޫސްތަކުން ބުނެ އެވެ. މިގޮތަށް މިކަންކުރީ ބާސެލޯނާގެ ރައީސް ހުއާން ލަޕޯޓާ ޑިއާޒްގެ އެޖެންޓާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވި ކަމަށް ކޮލަމްބިއާގެ ނޫސްތަކުން ބުނަމުންދަނިކޮށެވެ.

2022 ވަނަ އަހަރު ލިވަޕޫލުން، ޑިއާޒް ގަތީ ޕޯޓޯ އަށް 46 މިލިއަން ޔޫރޯ ދީފަ އެވެ. އޭނާ އަންނަނީ ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ނަމަވެސް ލިވަޕޫލަށް އޮތް ނުތަނަވަސްކަމަކީ ކޯޗު ޔާގެން ކްލޮޕް މި ސީޒަނަށް ފަހު ޓީމާ ވަކިވުމުން ގިނަ ކުޅުންތެރިންތަކެއް އޭނާގެ ފަހަތުން ކުލަބު ދޫކުރަން ވިސްނަފާނެތީ އެވެ. އަނެއް ސަބަބަކީ ޑިއާޒް ބާސެލޯނާ އަށް ކުޅެން ލޯބިކުރާ ކަމަށާއި އެއީ އޭނާގެ ހުވަފަނެއް ކަމަށް ކުޅުންތެރިޔާގެ ބައްޕަ ބުނެފައިވުމެވެ.

ޑިއާޒަކީ ލިވަޕޫލްގައި މި ސީޒަނުގައި އެންމެ މޮޅަށް ކުޅެމުން އަންނަ އެއް ކުޅުންތެރިޔާ އެވެ. ބާސެލޯނާއިން އޭނާއަށް ޝައުގުވެރިވަނީ އޭނާ އަކީ އެކުލަބުގެ ކުޅޭ ސްޓައިލަށް ހުރިހާ ގޮތަކުން ފެތޭ ކުޅުންތެރިއެއް ކަމަށް ބުނެ އެވެ.

ނަމަވެސް ބާސެލޯނާ އޮތީ މާލީ ގޮތުން ވަރަށް ދަށު ދަރަޖައެއްގައި ކަމުން އެންމެ ކުޅުންތެރިއަކަށް މިހާރު 100 މިލިއަން ޔޫރޯ ހޭދަކުރުމަކީ އެކުލަބަށް ކުރެވޭނެ ކަމެއްނޫނެވެ. ނަމަވެސް ލިވަޕޫލުން މިކަމުގައި އަމަލުކޮށްފައިވަނީ އެކުލަބުގެ ތަރިއެއްގެ ގޮތުގައި ހުއްޓައި ބްރެޒިލްގެ ފިލިޕޭ ކުޓީނިއޯ 150 މިލިއަން ޔޫރޯ އަށް ބާސެލޯނާ އަށް ގެންގޮސްފައިވާތީވެ އެކަމަށް ރިއާޔަތްކޮށްފައި ކަމަށް ބެލެވެ އެވެ. އަނެއްކުޅުން ދެކުނު އެމެރިކާގެ ކުޅުންތެރިންނަކީ އެމީހުންގެ ކެރިއަރުގެ ކޮންމެވެސް ހިސާބެއްގައި ސްޕޭނުގެ ބާސެލޯނާ ނުވަތަ ރެއާލް މެޑްރިޑަށް ކުޅެން ބޭނުންވާ ބައެއްކަން ލިވަޕޫލަށް އެނގޭތީ އެވެ.

ބާސެލޯނާލިވަޕޫލް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް