Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

އާޓެޓާގެ ތައުރީފު އާސެނަލްގެ ކީޕަރު ރަޔާ އަށް!

އުނދަގޫ ދުވަސްތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ރަޔާ ދައްކަމުން އައީ ތަފާތު ހިތްވަރެއް ކަމަށް އާޓެޓާ ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 މާރިޗު 2024 | ބުރާސްފަތި 00:37
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަދި ގޯލު ކީޕަރު ރަޔާ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަދި ގޯލު ކީޕަރު ރަޔާ

އާސެނަލަށް ކުޅެމުން އަންނަ ސްޕެއިންގެ ގޯލު ކީޕަރު ޑޭވިޑް ރަޔާ އަށް، އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ތައުރީފު ކޮށްފި އެވެ.

މިފަދައިން އާޓެޓާ ވާހަކަ ދެއްކީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެ ވަަނަ ލެގުގައި ޕޯޓޯ ބަލިކޮށް، އާސެނަލުން މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ހޯދި މެޗަށްފަހު އެވެ. އެ މެޗުގެ ނަތީޖާ ނެރުމަށް ޖެހީ ޕެނަލްޓީ އެވެ. ޕެނަލްޓީގައި ރަޔާ ވަނީ، ޕޯޓޯގެ ދެ ކުޅުންތެރިޔެއްގެ ޕެނަލްޓީ މަތަކޮށްފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން އާޓެޓާ ބުނީ، ޕެނަލްޓީގައި ރަޔާ ދެއްކީ ވަރަށް މޮޅު ކުޅުމެއް ކަމަށާއި، ރަޔާ އަށް ޝުކުރު އަދާ ކުރަން ވެސް ބޭނުންވާ ކަމަށެވެ. އޭނާ ބުނީ އާސެނަލަށް ބަދަލުވުމަށްފަހު ރަޔާ އަށް އުނދަގޫ ދުވަސްތަކަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، ނަމަވެސް އެކަމުން އޭނާ އަރައިގަނެ ދައްކަމުން އަންނަނީ ތަފާތު ހިތްވަރެއް ކަމަށް ވެސް އާޓެޓާ ބުންޏެވެ. އާޓެޓާ ފާހަގަ ކުރި ގޮތުގައި އެއީ ރަޔާ އަށް ޚާއްސަ ވަގުތު ކޮޅަކަށް ވާނެ އެވެ. އޭނާ އަކީ ހިތްވަރާއެކު މަސައްކަތް ކުރާ، ހުނަރުވެރި މޮޅު ގޯލު ކީޕަރެއް ކަމަށް ވެސް އާޓެޓާ ވަނީ ބުނެފަ އެވެ.

ބްރެންޓްފޯޑުގައި ހުރުމަށްފަހު މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ރަޔާ އާސެނަލަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ވަނީ މިހާތަނަށް 28 މެޗުގައި އާސެނަލްގެ ގޯލު ބަލަހައްޓައިފަ އެވެ. އާސެނަލްގައި ފުރަތަމަ ދުވަސްކޮޅު ރަޔާ އަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އޭނާ އަންނަނީ އެ ކުލަބުގަައި މޮޅަށް ކުޅެމުންނެވެ.

ދާދި ފަހުން ރަޔާ ބުނެފައި ވަނީ އާސެނަލާއެކު އޮތް ލޯނު އެއްބަސްވުން ހަމަވުމުން، އޭނާ ބޭނުން ވަނީ ދާއިމީ އެއްބަސްވުމެއްގެ ދަށުން އެ ކުލަބުގައި މަޑު ކުރަން ކަމަށެވެ. އާސެނަލް އިން ރަޔާ އާއެކު ހަދާފައިވާ އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ސީޒަންގެ ނިޔަލަަށެވެ.

އާސެނަލްޑޭވިޑް ރަޔާމިކޭލް އާޓެޓާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
05 ނޮވެމްބަރު 2025

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް
02 ނޮވެމްބަރު 2025

ބާންލީ ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

02 ނޮވެމްބަރު 2025
ބާންލީ ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
30 އޮކްޓޯބަރު 2025

ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް

30 އޮކްޓޯބަރު 2025
ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް
29 އޮކްޓޯބަރު 2025

ސަކާގެ އެއްބަސްވުން އައު ކުރެވޭނެ ކަމުގެ އުންމީދު އާސެނަލް އަށް އެބަ އޮތް

29 އޮކްޓޯބަރު 2025
ސަކާގެ އެއްބަސްވުން އައު ކުރެވޭނެ ކަމުގެ އުންމީދު އާސެނަލް އަށް އެބަ އޮތް
28 އޮކްޓޯބަރު 2025

ޕެލަސް އަތުން ލިބުނީ ސީޒަންގެ މިހާތަނަށް އެންމެ މުހިންމު މޮޅު: އާޓެޓާ

28 އޮކްޓޯބަރު 2025
ޕެލަސް އަތުން ލިބުނީ ސީޒަންގެ މިހާތަނަށް އެންމެ މުހިންމު މޮޅު: އާޓެޓާ
19 އޮކްޓޯބަރު 2025

ފުލަމް އަތުން މޮޅުވެ އާސެނަލް އިން ލީޑު ނަގައިފި

19 އޮކްޓޯބަރު 2025
ފުލަމް އަތުން މޮޅުވެ އާސެނަލް އިން ލީޑު ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު