Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަތިންދާބޯޓެއްގަ ފަސިންޖަރުންގެ ބޯފެޅުން

ނިއުޒިލަންޑަށް ދިޔަ ބޯޓަކަށް ކުރިމަތިވި ޓެކްނިކަލް މައްސަލަ އަކުން އެތައް ބައެއްގެ ބޯފެޅެން ދިމާވެއްޖެ

އެއްބަޔަކު މައްޗަށް ހިއްލި ފުރާޅުގައި ބާރަށް ބޯޖެހުނު އިރު އަނެއްބަޔަކު ބޯޓުގެ އައިލް ނުވަތަ ހިނގާ މަގަށް ވެއްޓި، ތިބީ ވާނުވާނޭނގޭ ހާލުގައެވެ.

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 12 މާރިޗު 2024 | އަންގާރަ 12:27
ނިއުޒިލަންޑް އަށް ދިޔަ ލަޓަމް އެއާލައިންގެ ބޯޓު

ނިއުޒިލަންޑް އަށް ދިޔަ ލަޓަމް އެއާލައިންގެ ބޯޓު

ހޯމަދުވަހު އޮސްޓްރޭލިޔާއިން ފުރައިގެން ނިއުޒިލަންޑަށް ދަތުރު ކުރި "ލަޓަމް އެއާލައިންސް"ގެ މަތިންދާ ބޯޓަކަށް ދިމާވި ޓެކްނިކަލް މައްސަލަ އަކުން އެތައް ބައެއްގެ ބޯފެޅި އެހެން ގިނަ އަނިޔާތައް ލިބިއްޖެއެވެ. މިހެން ދިމާވީ ދަތުރުކުރަމުން ދިޔަ ބޯޓު ކުއްލިއަކަށް އެތައް ހިސާބަކަށް ވެއްޓުމުން ކަމަށް ވެއެވެ. މިހެން ވުމުން ސީޓްބެލްޓް ނާޅާތިބިމީހުން ގޮޑިން ހިއްލިގެންގޮސް އެމީހުންގެ ބޯ ބޯޓުގެ މަތީބައިގައި ބާރަށް ޖެހުމުގެ ސަބަބުން ބޯފަޅައިގެންގޮސް އަނިޔާތައް ލިބުނީ އެވެ. މިހާދިސާގައި 50 މީހުންނަށް އެކި އަނިޔާތައް ލިބިފައި ވެއެވެ. އަދި ނިއުޒިލަންޑަށް ދެވުމާއެކު 12 މީހުން ހޮސްޕިޓަލަށްވެސް ވަނީ ގެންދެވިފައެވެ. މިތަނުން އެކަކުގެ ހާލު ސީރިއަސްކަމަށް އިމަޖެންސީ ސަރވިސަސް އިން މައުލޫމާތު ދީފައި ވެއެވެ.

މީޑިޔާއަށް މައުލޫމާތުދިން ފަސިންޖަރަކު ބުނެފައިވާ ގޮތުގައި ބޯޓް ވެއްޓެން ދާގޮތަށް ކުއްލިއަކަށް އެތައްހިސާބަކަށް ތިރިޔަށް ދިޔައީއެވެ. މިއާއެކު އެއްބަޔަކު މައްޗަށް ހިއްލި ފުރާޅުގައި ބާރަށް ބޯޖެހުނު އިރު އަނެއްބަޔަކު ބޯޓުގެ އައިލް ނުވަތަ ހިނގާ މަގަށް ވެއްޓި، ތިބީ ވާނުވާނޭނގޭ ހާލުގައެވެ. އެތައްބަޔަކު ބިރުން ހަޅެއްލަވަމުން ދިޔަކަމަށާ ބޯފެޅުނު މީހުން މަތީގައި ޖެހުނުލެއްބާރުކަމުން ބައެއްޕެނަލްތައް ހަލާކުވެ، އަދި މީހުންގެ ގައިން އައި ލޭ ބޯޓުގެ ސީލިންގ ގައި ހުރި ކަމަށް ބުނެފައިވެއެވެ. އަދި ބައެއްމީހުން ބޯޓުތެރޭ އުދުހެވޭ ގޮތަށް އެނބުރޭތަން ފެނުނު ކަމަށް އެކަކު ބުނެފައި ވެއެވެ.

ލަޓަމް އެއާލައިންސް އިން ވަނީ ދިމާވި ހާދިސާއަށް މައާފަށް އެދިފައެވެ. އަދި ދިމާވީ "ޓެކްނިކަލް އިވެންޓެއް" ކަމަށް ބުނުން ފިޔަވާ އިތުރު މައުލޫމާތެއް ދީފައެއް ނުވެއެވެ. ހާދިސާ ދިމާވި ނަމަވެސް ގަޑިޔަށް ނިއުޒިލަންޑްގައި ބޯޓު ޖައްސާފައިވާކަމަށް އެއާލައިނުން ބުނެފައި ވެއެވެ.  

ނިއުޒިލެންޑް

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2025

މިވަގުތު ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ނުގަންނަން ނިއުޒިލެންޑް އިން ނިންމައިފި

27 ސެޕްޓެމްބަރު 2025
މިވަގުތު ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ނުގަންނަން ނިއުޒިލެންޑް އިން ނިންމައިފި
04 އޯގަސްޓު 2025

ފޮށި ތެރެއިން ކުޑަ ކުއްޖަކު ފެނިގެން ނިއުޒީލެންޑް ގައި އަންހެނަކު ހައްޔަރު ކޮށްފި

04 އޯގަސްޓު 2025
ފޮށި ތެރެއިން ކުޑަ ކުއްޖަކު ފެނިގެން ނިއުޒީލެންޑް ގައި އަންހެނަކު ހައްޔަރު ކޮށްފި
05 ޖޫން 2025

ނިއުޒިލޭންޑް މަޖިލީހުގައި އިހުތިޖާޖު ކުރުމުގެ ގޮތުން ނެށި ތިން މައޯރީ އެމްޕީއަކު ސަސްޕެންޑް ކޮށްފި

05 ޖޫން 2025
ނިއުޒިލޭންޑް މަޖިލީހުގައި އިހުތިޖާޖު ކުރުމުގެ ގޮތުން ނެށި ތިން މައޯރީ އެމްޕީއަކު ސަސްޕެންޑް ކޮށްފި
08 އެޕްރީލު 2024

ނިއުޒިލަންޑްގެ ވިސާ ގަވާއިދު ހަރުކަށިކޮށްފި

08 އެޕްރީލު 2024
ނިއުޒިލަންޑްގެ ވިސާ ގަވާއިދު ހަރުކަށިކޮށްފި
15 ޑިސެމްބަރު 2022

ދުންފަތުގެ އިސްތިޢުމާލު ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ނިއުޒީލަންޑުން ކާމިޔާބީތަކެއް

15 ޑިސެމްބަރު 2022
ދުންފަތުގެ އިސްތިޢުމާލު ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ނިއުޒީލަންޑުން ކާމިޔާބީތަކެއް
14 ޑިސެމްބަރު 2022

ނިއުޒިލެންޑުގައި ސިނގިރޭޓު ބޭނުން ކުރުން ހުއްޓުވުމަށް ޤާނޫނެއް ފާސްކޮށްފި

14 ޑިސެމްބަރު 2022
ނިއުޒިލެންޑުގައި ސިނގިރޭޓު ބޭނުން ކުރުން ހުއްޓުވުމަށް ޤާނޫނެއް ފާސްކޮށްފި
19 ސެޕްޓެމްބަރު 2022

ނިއުޒިލެންޑުގެ ކެޕްޓަން ވިންސްޓަން ރީޑް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

19 ސެޕްޓެމްބަރު 2022
ނިއުޒިލެންޑުގެ ކެޕްޓަން ވިންސްޓަން ރީޑް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
19 އޯގަސްޓު 2022

ނިއުޒިލަންޑްގެ ސައުތު އައިލަންޑްއަށް ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ

19 އޯގަސްޓު 2022
ނިއުޒިލަންޑްގެ ސައުތު އައިލަންޑްއަށް ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ
01 އޯގަސްޓު 2022

ކޮވިޑް19 އަށް ފަހު ފުރަތަމަ ފަހަރަށް ނިއުޒިލަންޑުގެ ބޯޑަރު އެއްކޮށް ހުޅުވާލައިފި

01 އޯގަސްޓު 2022
ކޮވިޑް19 އަށް ފަހު ފުރަތަމަ ފަހަރަށް ނިއުޒިލަންޑުގެ ބޯޑަރު އެއްކޮށް ހުޅުވާލައިފި
30 ޖެނުއަރީ 2022

ކޮވިޑްގެ ޕޮޒިޓިވް ކޭހަކާއި ކޮންޓެކްޓްވުމުން ނިއުޒިލެންޑްގެ ބޮޑުވަޒީރު އައިސޮލޭޝަނަށް

30 ޖެނުއަރީ 2022
ކޮވިޑްގެ ޕޮޒިޓިވް ކޭހަކާއި ކޮންޓެކްޓްވުމުން ނިއުޒިލެންޑްގެ ބޮޑުވަޒީރު އައިސޮލޭޝަނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު