Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނިއުޒިލޭންޑްގެ ޕާލިމެންޓް

ނިއުޒިލޭންޑް މަޖިލީހުގައި އިހުތިޖާޖު ކުރުމުގެ ގޮތުން ނެށި ތިން މައޯރީ އެމްޕީއަކު ސަސްޕެންޑް ކޮށްފި

ހޫނު ބަހުސަކަށްފަހު، ބުރާސްފަތި ދުވަހު ދެވުނު ސަސްޕެންޝަންތަކަކީ ނިއުޒިލޭންޑްގެ އެއްވެސް މެމްބަރަކަށް މިހާތަނަށް ދެވުނު އެންމެ ދިގު މުއްދަތުގެ ސަސްޕެންޝަންތަކެވެ.

ރާއްޖެ އެމްވީ | 5 ޖޫން 2025 | ބުރާސްފަތި 17:33
19 ނޮވެމްބަރ 2024 ގައި ނިއުޒިލޭންޑްގެ ޕާލަމެންޓްގެ ބޭރުގައި މައޯރީ ދަރިކޮޅަށް ނިސްބަތްވާ އެމްޕީ އިން އިސްވެ ހަކަ ނެށުމެއް ގައި ބައިވެރިވަނީ

19 ނޮވެމްބަރ 2024 ގައި ނިއުޒިލޭންޑްގެ ޕާލަމެންޓްގެ ބޭރުގައި މައޯރީ ދަރިކޮޅަށް ނިސްބަތްވާ އެމްޕީ އިން އިސްވެ ހަކަ ނެށުމެއް ގައި ބައިވެރިވަނީ

ނިއުޒިލޭންޑްގެ ގާނޫނު ހަދާ މަޖިލީހުގައި އިހުތިޖާޖު ކުރުމުގެ ގޮތުން މައޯރީންގެ ސަގާފީ ނެށުމެއް ދެއްކި ތިން މައޯރީ އެމްޕީ އަކު ސަސްޕެންޑް ކުރުމަށް މަޖިލީހުން ފާސް ކޮށްފިއެވެ.

ފާއިތުވި އަހަރު ޕާލިމެންޓްގެ ބައްދަލުވުމެއްގައި މައޯރީންގެ ސަގާފީ ނެށުމެއް ކަމަށް ވާ 'ހަކަ' ނެށުމުގެ ހަރަކާތްތައް ފެށި އިދިކޮޅު އެމްޕީ ހަނާ-ރޯވްހިތި މައިޕީ-ކްލާކް، 7 ދުވަހަށް ސަސްޕެންޑް ކުރެވުނެވެ. އަދި މަޖިލީހުގައި ހިމެނޭ އޭނާގެ ޕާޓީގެ ދެ ވެރިން 21 ދުވަހަށް ސަސްޕެންޑް ކުރެވުނެވެ.

މި އެމްޕީ އިން ހަކަ ނެށުން މަޖިލީހުގެ ތަޅުމުގައި ޕާފޯމް ކުރީ މައޯރީ ދަރިފަސްކޮޅާއެކު ނިއުޒިލޭންޑުން ހަދާފައިވާ މުޢާހަދާ އަލުން މާނަ ކުރުމަށް ހުށަހެޅުނު ބިލަކަށް އެމީހުންގެ ޕާޓީން ތާއީދުކުރޭތޯ އެހުމުންނެވެ.

"ދަ ޓްރީޓީ ޕްރިންސިޕަލްސް ބިލު" ވަނީ ބަލައިނުގަތުމަށް ވޯޓުދީފައެވެ. ނަމަވެސް މި ބިލާ ގުޅިގެން މުޅި ޤައުމުގައި ކަންބޮޑުވުން ފާޅުކުރެވުނެވެ. އަދި ފާއިތުވި އަހަރުގެ ނޮވެމްބަރު މަހު ބިލުގެ ފުރަތަމަ ކިޔުން އޮތް ދުވަހު 40،000 އަށްވުރެ ގިނަ މީހުން ޕާލިމެންޓް ކުރިމަތީގައި އިހުތިޖާޖު ކުރިއެވެ.

"އަޅުގަނޑުމެންނަށް އަދަބު މި ދިނީ މައޯރީންނަށް ވީތީ" ކަމަށް ސަސްޕެންޑް ކުރި އެމްޕީ އަކު ބީބީސީ އަށް ބުންޏެވެ.

ބުރާސްފަތި ދުވަހު އެމްޕީ އިންނަށް އަދަބު ދިނުމާ ގުޅޭގޮތުން މަޖިލީހުގައި ހޫނު ބަހުސްތަކެއް ކުރެވުނެވެ. މީގެ ތެރޭގައި މަޖިލީހުގައި މައޯރީން ތަމްސީލު ކުރާ ޕާޓީ އަކީ "ހައްދުފަހަނައަޅާފައިވާ ބައެއް" ކަމަށް ވިދާޅުވުމާ ގުޅިގެން ޚާރިޖީ ވަޒީރު ވިންސްޓަން ޕީޓަރސް އަށް މާފަށް އެދުމަށް އެންގުނެވެ.

"އަޅުގަނޑުމެންގެ އަޑު ދުވަހަކުވެސް ކަނޑައެއް ނުލެވޭނެ. އަދި އަޅުގަނޑުމެން ދުވަހަކުވެސް ގެއްލިގެން ނުދާނެ" ކަމަށް ސަސްޕެންޑް ކުރި އަދި އުމުރުން 22 އަހަރުގައި އެންމެ ޅަ އެމްޕީ ގެ ގޮތުގައި އިންތިޚާބުވި މައޯރީ ދަރިކޮޅަށް ނިސްބަތްވާ މައިޕީ-ކްލާކް ހާމަ ކުރިއެވެ.

"އަޅުގަނޑުމެންގެ އަޑު މި މަޖިލީހަށް މާ ގަދަވީތޯ؟" އަޅުގަނޑުމެންގެ އަޑު މި މަޖިލީހަށް މާ ގަދަވެގެންތޯ އަޅުގަނޑުމެންނަށް މި އަދަބު ދެނީ؟"

ފާއިތުވި މަހު، ޕާލިމެންޓްރީ ކޮމިޓީއަކުން މި މެމްބަރުން ސަސްޕެންޑް ކުރުމަށް ހުށަހެޅިއެވެ. ޕާލިމެންޓް ވަގުތީ ގޮތުން ހުއްޓުވާލި 'ހަކަ' ނެށުމުގެ ސަބަބުން އެހެން މެމްބަރުންނަށް ބިރުވެރި އިހުސާސެއް ކުރެވިދާނެ ކަމަށް އެ ކޮމިޓީން ނިންމިއެވެ.

ބޮޑު ވަޒީރު ކްރިސްޓޯފަރ ލަކްސަން އޭރު ވަނީ ކޮމިޓީގެ ނިންމުމަކީ "ނަސްލީ ތަފާތު ކުރުމެއް" ކަމަށް ބުނެ ފެތުރުނު ވާހަކަ ތަކަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ މައްސަލައަކީ "ހަކަ އާ ގުޅޭ ކަމެއް ނޫން" ކަމަށާއި، "ޕާޓީތަކުން ޕާލިމެންޓްގެ ގަވާއިދުތަކާ އެއްގޮތަށް ޢަމަލު ނުކުރުމާ" ގުޅޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހޫނު ބަހުސަކަށްފަހު، ބުރާސްފަތި ދުވަހު ދެވުނު ސަސްޕެންޝަންތަކަކީ ނިއުޒިލޭންޑްގެ އެއްވެސް މެމްބަރަކަށް މިހާތަނަށް ދެވުނު އެންމެ ދިގު މުއްދަތުގެ ސަސްޕެންޝަންތަކެވެ. މީގެ ކުރިން އެންމެ ދިގު މުއްދަތަކަށް ދެވިފައިވަނީ 3 ދުވަހުގެ ސަސްޕެންޝަނެކެވެ.

ނިއުޒިލޭންޑަކީ ޒަމާނުއްސުރެ އެ ގައުމުގެ އަސްލު ވަޒަންވެރިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ފާހަގަކޮށްލެވޭ ޤައުމެއްގެ ގޮތުގައި ބެލެވޭ ގައުމެކެވެ. ނަމަވެސް މިހާރުގެ ކޮންސަރވޭޓިވް ސަރުކާރުގެ ދަށުން މައޯރީ ކޮމިއުނިޓީ އާ އޮތް ގުޅުން ވަނީ ހީނަރުވެފައެވެ.

ލަކްސަންގެ ވެރިއެއްގެ ގޮތުގައި ހުންނަވާ އުފެދުނު މި ސަރުކާރުން މައޯރީ މީހުންނަށް ފައިދާވާ ޕްރޮގްރާމްތަކަށް ދޭ ފައިސާ މަދުކޮށް، އެ މުޖުތަމަޢުއަށް ޞިއްޙީ ޚިދުމަތްތައް ރަނގަޅުކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް އުވާލުމަށް ރޭވުމާ ގުޅިގެން ފާޑުކިޔުންތަކާ ކުރިމަތިވެފައިވެއެވެ.

ނަމަވެސް ލަކްސަން ވަނީ މައޯރީ މައްސަލަތަކާ ގުޅޭގޮތުން އޭނާގެ ސަރުކާރުގެ ރެކޯޑު ދިފާޢުކުރައްވާފައެވެ. މީގެ ތެރޭގައި އެ ކޮމިއުނިޓީގެ ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށާއި ބޯހިޔާވަހި ކަމުގެ ހާލަތު ރަނގަޅު ކުރުމަށް ރާވާފައިވާ ޕްލޭންތައް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ސަރުކާރާއި މައޯރީ ކޮމިއުނިޓީ އާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގެ އަސްލަކީ މަޖިލިހަށް ހުށަހެޅުނު ޓްރީޓީ ފްރިންސިޕަލްސް ބިލެވެ. މި ބިލުގެ މަޤްޞަދަކީ ނިއުޒިލޭންޑް އަށް އިނގިރޭސިން އެރުމުގެ ތެރޭގައި 1840 ގައި ބްރިޓިޝް ރަސްކަމާއި މައޯރީ ވެރިންނާ ދެމެދު ސޮއިކުރެވުނު ވައިޓަންގީ މުޢާހަދާގެ އުސޫލުތައް ޤާނޫނީގޮތުން މާނަ ކުރުމެވެ.

ނިއުޒިލޭންޑްގެ ޕާލިމެންޓްމައޯރީ އެމްޕީންހަކަ ނެށުންމައޯރީ މުޢާހަދާނިއުޒިލެންޑް

ކޮމެންޓް

އިތުރަށް ކިޔާލަން

މިވަގުތު ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ނުގަންނަން ނިއުޒިލެންޑް އިން ނިންމައިފި

މިވަގުތު ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ނުގަންނަން ނިއުޒިލެންޑް އިން ނިންމައިފި

27 ސެޕްޓެމްބަރު 2025
ފޮށި ތެރެއިން ކުޑަ ކުއްޖަކު ފެނިގެން ނިއުޒީލެންޑް ގައި އަންހެނަކު ހައްޔަރު ކޮށްފި

ފޮށި ތެރެއިން ކުޑަ ކުއްޖަކު ފެނިގެން ނިއުޒީލެންޑް ގައި އަންހެނަކު ހައްޔަރު ކޮށްފި

04 އޯގަސްޓު 2025
ނިއުޒިލަންޑްގެ ވިސާ ގަވާއިދު ހަރުކަށިކޮށްފި

ނިއުޒިލަންޑްގެ ވިސާ ގަވާއިދު ހަރުކަށިކޮށްފި

08 އެޕްރީލު 2024
ނިއުޒިލަންޑަށް ދިޔަ ބޯޓަކަށް ކުރިމަތިވި ޓެކްނިކަލް މައްސަލަ އަކުން އެތައް ބައެއްގެ ބޯފެޅެން ދިމާވެއްޖެ

ނިއުޒިލަންޑަށް ދިޔަ ބޯޓަކަށް ކުރިމަތިވި ޓެކްނިކަލް މައްސަލަ އަކުން އެތައް ބައެއްގެ ބޯފެޅެން ދިމާވެއްޖެ

12 މާރިޗު 2024
ދުންފަތުގެ އިސްތިޢުމާލު ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ނިއުޒީލަންޑުން ކާމިޔާބީތަކެއް

ދުންފަތުގެ އިސްތިޢުމާލު ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ނިއުޒީލަންޑުން ކާމިޔާބީތަކެއް

15 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު