Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގެ މެންބަރުންގެ އަދަދު

މިގައުމުގައި މިއަދު މިއޮތީ އިމްޕޯޓެޑް ސަރުކާރެއް - ސައުދު

ދިމާވެގެން އުޅޭ ހާލަތަކީ ސަރުކާރާއި ޝަރުއީ ދާއިރާއާއި ގުޅިގެން ރައްޔިތުންގެ މަޖިލިސް ކޮށާ ކުދިކޮށްލަން އަނެއްކާވެސް މަސައްކަތް ކުރަނީ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 މާރިޗު 2024 | އަންގާރަ 09:16
ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން

ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން

މިއަދު މިރާއްޖޭގައި އޮތީ އިމްޕޯޓެޑް ސަރުކާރެއް ކަމަށާއި، މި ސަރުކާރުގެ ބޭނުމަކީ ތާއީދު ނެތުމުން އެހެން ބާރުތަކުގެ މައްޗަށް އަރާ ރައްޔިތުންނަށް ބިރުދައްކާ ތާއިދު އޮތްކަމަށް ދެއްކުން ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމާއި ގުޅޭ މައްސަލައަށް ބަހުސްކުރައްވަމުން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވީ ހުސްގޮނޑީގެ މައްސަލަ އަނެއްކާވެސް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިވެފައިވާ ކަމަށާއި، ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަކީ ފުރިހަމައަށް ހަދާފައިވާ ގާނޫނު އަސާސީއެއް ކަމަށެވެ. ގާނޫނު އަސާސީގައި އެންމެ މުހިންމު ކަމަކީ ތިންބާރު އޭގެ ޒާތުގައި ވަކިވެފައި އޮތުން ކަމަށެވެ.

އަދި ތިންބާރުގެ ތެރެއިން ދެބާރު އެކުލަވާލުމުގެ ބާރު ރައްޔިތުންނަށް ދީފައިވާ ކަމަށާއި، އެއީ މަޖިލިސް އެކުލަވާލުމާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވުން ކަމަށެވެ. އަދި އެ ދެބާރު އެކުވެގެން ޝަރުއީ ދާއިރާ އެކުލަވާލުމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު، އެންމެ ބޮޑަށް ފާހަގަކުރާ އެއްކަމަކީ އެއްބާރު އަނެއްބާރަށް އަރައި ނުގަތުމަށް ކަމަށް މެންބަރު ސައުދު ވިދާޅުވިއެވެ.

މެންބަރު ސައުދު ވިދާޅުވީ މަޖިލީހުގެ މިނިވަންކަމާއި، މަޖިލީހަށް ލިބިފައިވާ ބާރުތައް ކޮށާ ކުދިކޮށްލުމަށް ޝަރުއީދާއިރާއާއި ވެރިކަން ކުރުމުގެ ބާރުން، މަޖިލީހުގެ ބާރުގެ މައްޗަށް އަރައިގަންނަން ހިންގާ ހަރަކާތްތަކަކީ ސިޔާސީ ހަރަކާތްތަކެއް ކަމަށް ވިދާޅުވެފައެވެ. ސައުދު ވިދާޅުވީ ސުޕްރީމް ކޯޓުން މިއަދުވަނީ ސިޔާސީ ހަރަކާތްތަކަށް ޖާގަ ދީފައި ކަމަށާއި، ސަރުކާރުން ހިންގަނީ ސިޔާސީ ކަންކަން ކަމަށެވެ.

ސައުދު ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ދައުލަތުގެ ބާރުތައް އަޅުވެތިކޮށްގެން ބާރުގެ ބޭނުންކޮށްގެން ބިރުދައްކައިގެން ވެރިކަން ކުރުމަށް ކަމަށެވެ.

ސައުދު ވިދާޅުވީ އެފަދަ ސަރުކާރެއްގެ އެންމެ މުހިންމު މަސައްކަތަކަށް ވާނީ ސަރުކާރުގެ ބާރު ދައްކައިގެން، މުއައްސަސާތައް ހިފަހައްޓައިގެން، ރައްޔިތުންނާއި މުވައްޒަފުންނަށް ބިރު ދައްކައިގެން ސަރުކާރުގެ ތާއިދު ހިފަހެއްޓުން ކަމަށެވެ.

މެންބަރު ސައުދުވަނީ، އާންމު ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް އަދި މިއަދާ ހަމައަށް އަމަލުކުރަމުން އައިގޮތަށ،ް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު 80 މެންބަރުންކަމަށް ކަނޑައަޅަން މެންބަރު ސައުދުވަނީ ހުށަހަޅުއްވާފައެވެ.

މެންބަރު ސައުދު ހުސެއިން މަޖިލިސްދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް
05 ނޮވެމްބަރު 2025

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް
28 އޮކްޓޯބަރު 2025

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި
27 އޮކްޓޯބަރު 2025

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު
22 އޮކްޓޯބަރު 2025

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

22 އޮކްޓޯބަރު 2025
ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް
22 އޮކްޓޯބަރު 2025

ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!

22 އޮކްޓޯބަރު 2025
ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!
21 އޮކްޓޯބަރު 2025

ރާއްޖޭގައި ލޭ ހޯދުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން ޕީއެންސީ މެންބަރުން ދެކޮޅު!

21 އޮކްޓޯބަރު 2025
ރާއްޖޭގައި ލޭ ހޯދުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން ޕީއެންސީ މެންބަރުން ދެކޮޅު!
17 އޮކްޓޯބަރު 2025

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
07 އޮކްޓޯބަރު 2025

ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓާގުޅިގެން ސުވާލުކުރިތާ 2 މަސްފަހުން އިހުސާންގެ ޖަވާބު އިއްވުން ބުދަ ދުވަހު

07 އޮކްޓޯބަރު 2025
ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓާގުޅިގެން ސުވާލުކުރިތާ 2 މަސްފަހުން އިހުސާންގެ ޖަވާބު އިއްވުން ބުދަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު