Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޮޕާ ލީގް

ގަދަ އަށަކަށް ދާންޖެހޭ، ނަޕޯލީ މެޗަކީ ސީޒަނުގެ އެންމެ މުހިންމު މެޗު: ޒަވީ

ޒުވާން ޑިފެންޑަރު ކުބްރާސީ އާއި ތަޖުރިބާކާރު ޑިފެންޑަރު މާޓިނޭޒް ކުރެ ކުޅުވާނެ މީހަކު ނިންމަންދަތި

ރާއްޖެ އެމްވީ | 12 މާރިޗު 2024 | އަންގާރަ 06:10
މެޗުގައި ލަނޑު ޖެހުމަށްފަހު ޔަމާލް އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޔަމާލް އުފާ ފާޅުކުރަނީ

ޔޫރޮޕާ ލީގުގެ ގަދަ އަށަކަށް ބާސެލޯނާ ދާންޖެހޭ ކަމަށާއި އެކަމަށްޓަކައި ކުޅޭ އެންމެ މުހިންމު މެޗަކީ މިރޭ ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗުކަމަށް ބާސެލޯނާއިން ބުނެފި އެވެ.

ކޯޗު ޒަވީ ހަނާންޑޭޒް ބުނީ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް އަތުން 8-2އިން މީގެ ހަތަރު އަހަރުކުރިން ބަލިވި ފަހުން ޔޫރަޕުގެ މުބާރާތެއްގެ ގަދަ އަށަކަށް ދިއުމަށް ކުޅޭ މެޗުގެ މުހިންމުކަން ކުޅުންތެރިންނަށް ވިސްނައިދެމުންދާ ކަމަށެވެ.

އޭނާ ބުނީ މި ސީޒަނަށް ފަހު ކޯޗުކަމުން އޭނާ ވަކިވި ނަމަވެސް ބާސެލޯނާ ކުރިއަށްދާން ޖެހޭ ކަމަށާއި އޭނާއަކީ މިހާރު ވަކި މުއްދަތަކަށް ހުންނާނެ މީހެއްކަން އެންމެނަށް ވެސް އެނގޭނެ ކަމަށެވެ.

މި މެޗަށް ނުކުންނައިރު އޭނާ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ މިޑްފީލްޑަރުންނަށް އަނިޔާވުމުގެ މައްސަލަ އެވެ. ފުރަތަމަ 11ގެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ ގަވީ އާއި ޕެޑްރޯ އަކީ ފްރޭންކީ ޑިޔޮންގަށް ވަނީ އަނިޔާވެފަ އެވެ. މި ތިން ކުޅުންތެރިންވެސް މި މެޗުގައި ނުފެންނާނެ އެވެ. މީގެ އިތުރުން އެޓޭކިން މިޑްފީލްޑަރު ފެރަން ޓޮރޭޒާއި މާކަސް އަލޮންސޯ އާއި އަލެހަންދްރޯ ބަލްޑޭއަށް ވެސް ކުޅެވޭނެކަން ޔަގީނެއްނޫނެވެ.

މީގެ އިތުރުން ޑިފެންސްލައިނުގައި ކުޅުވާނީ ތަޖުރިބާކާރު ޑިފެންޑަރު އިނިގޯ މާޓިނޭޒްތޯ ނުވަތަ ޒުވާން ޑިފެންޑަރު ޕައު ކުބްރާސީތޯ ވެސް ނިންމަން ޒަވީ އަށް ވަނީ ޖެހިފަ އެވެ. އުމުރުން 17 އަހަރުގެ ކުބްރާސީ ވަނީ މި ސީޒަނުގައި މޮޅަށް ކުޅެފަ އެވެ. މިހެންވެ ގޯލްކީޕަރު މާކް އަންދްރޭ ޓާސްޓެގަން ފަދަ ކުޅުންތެރިން ތާއީދު އޮތީ ކުބްރާސީ ލައްވައި ފަހަތަށް ކުޅުވުމަށެވެ. ނަމަވެސް އޭނާގެ ޅަކަމާއެކު މިފަދަ މުހިންމު މެޗެއްގައި ކުޅުވުމާމެދު ޒަވީ ވަކި ގޮތެއް ނުނިންމަ އެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް

08 މާރިޗު 2017
ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް
02 މާރިޗު 2017

ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން

02 މާރިޗު 2017
ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން
21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު