Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީންގެ ވާހަކަފުޅު

އަނަސް މަރާލީ ލައިގެން ހުރި ޓީޝާޓްގެ ސަބަބުން އޮޅިގެން:ރައީސް

ހަތަރު ލީޑަރުން އިސްވެ ކުރަންވީ މިދިޔަ ސަރުކާރުތަކުގައި ހިނގާދިޔަ ކޮރަޕްޝަނުގެ މައްސަލަތައް ބެލުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 3 އޯގަސްޓު 2017 | ބުރާސްފަތި 21:54
ހުޅުމާލޭގައި ޕާކަކާއި ކޮމިއުނިޓީ ސެންޓަރެއް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި

ހުޅުމާލޭގައި ޕާކަކާއި ކޮމިއުނިޓީ ސެންޓަރެއް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި

މިދިޔަ ހޯމަ ދުވަހު ވަޅިން ހަމަލާދީ ޒުވާނަކު މަރާލީ އޭނާ ލައިގެން ހުރި ޓީޝާޓްގެ ސަބަބުން އޮޅިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި ފަހިވެހި އިޖްތިމާއީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވި ގޮތުގައި، ލިޓަސް ފިހާރަތެރޭގައި ވަޅިން ހަމަލާދީ ކޮށާލި ރ. މީދޫ ފެންފިޔާޒުގޭ އުމުރުން 25 އަހަރުގެ މުހައްމަދު އަނަސްގެ ކުށެއް ނެތް ކަމަށާއި، ކުށްެރިވަނީ އޭނާ ލައިގެން ހުރި ޓީޝާޓްކަމަށެވެ.

"އިހައްދުވަހު އެންމެފަހުން މަރުވި ކުއްޖާ މަރާލެވިފައިވަނީ ކީއްގެންތޯ. އޭނާއެއް ނޫނޭ ކުށްވެރިވަނީ. އޭނާ ލައިގެން ހުރި ޓީޝާޓު ކުށްވެރިވަނީ. އެއީ އޭނާ ލައިގެން ހުރި ޓީޝާޓުގައި އެހެން ކުއްޖަކު ހުރެގެން އެއީ އެކުއްޖާ ކަމަށް ހީކޮށް ކުއްޖެއްގެ ފުރާނައާއި މަސްގަނޑާއި ވަކިވެގެންދިޔައީ. މީތޯ އަޅުގަނޑުމެން ތަހުޒީބީ ދުނިޔެއެއްގައި އުޅެންވީގޮތަކީ. ކީއްވެގެންތޯ ސިޔާސީ ލީޑަރުން އައިސް މިކަންކަން ހުއްޓުވުމަށް ވާހަކަ ނުދައްކަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް މިފަދަ އެއްވެސް މައުލޫމާތެއް ހާމައެއްނުކުރެ އެވެ.

ރައީސް ޔާމީން ވިދާޅުވީ، ބައެއް ފަރާތްތަކުން އެމަނިކުފާނުގެ ވެރިކަމުގައި މަރަށް މަރު ނުހިފާނެ ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، އެމަނިކުފާނުގެ ޒައާމަތުގައި އެކަން ކުރައްވާނެ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ "މި ރައީސް މަރުގެ ހުކުމް ތަންފީޒު ކުރާނެ" ކަމަށެވެ.

މިއީ މުޅި މުޖުތަމައުގެ މަސްލަހަތަށް ކުރަންޖެހޭ ކަންކަން ކަމަށާއި ރާއްޖޭގެ މި މައުސޫމު މުޖުތަމައު ހަރާބު ވެގެންދާކަށް ބޭނުމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ، މި ގައުމުގައި އަބަދު ދައްކަންޖެހޭނީ ހަޒާނާ ބަހާ ވާހަކަ ނޫން ކަމަށާއި، މިއީ ވެސް ދައްކާ އިސްލާހު ކުރަންޖެހޭނެ ކަންކަން ކަަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީގެ ހަތަރު ލީޑަރުންނަށް މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ، ހަތަރު ލީޑަރުން އެއްގަލަށް އަރާވަޑައިގެން އުޅުއްވާއިރު، ކުރީ ޒަމާނުގައި ހިނގާފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ހައްލު ކުރުމަށް އެންމެ ފުރަތަމަ އެއްބަސްވަންޖެހޭ ކަމަށެވެެ. އެއަށްފަހު ހިނގާދިޔަ ކޮރަޕްޝަނުގެ މައްސަލަތައް ހައްލު ކުރުމަށް އެމަނިކުފާނާއެކު މަސައްކަތް ކުރުމަށް ރައީސް ގޮވާލެއްވި އެވެ. އޭރުން އެމްއެމްޕީއާރްސީގެ މައްސަލަ ހައްލުވާގޮތަށް އެެހެން މައްސަލަތައްވެސް ހައްލުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަމެއްދެނީ، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށާއި ހުޅުމާލެ ތަރައްގީ ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެެވެ. މިއަހަރުގެ ތެރޭގައި ހަތް ހާސް ފްލެޓް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުން މިފަދަ ކަންކަން ކޮށްދިނުމުގެ ބޭނުމަކީ، ރައްޔިތުންގެ އުންމީދުތަައް ފުއްދާދިނުން ކަމަށާއި ރައްޔިތުންނަށް އަމާން މުޖުތަމައުއެއް ގާއިމް ކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްކާ ކަން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންނަށް ގެނެވޭ ކުރިއެރުމެއް ގެނެސްދިނުމުގައި ކީއްތޯ ވާނީ މިހުރިހާ ސިޔާސީ ލީޑަރުން އަހަރެންެގެ ހިއްސާއެއްވެސް އެބައޮތޭ. ތީ ހަމައެކަނި ރައީސް ޔާމީން ކޮށްދިންކަމެއް ނޫނޭ ވިދާޅުވެލައްވަން ވީނޫންތޯ. އެ ފުރުސަތު އަޅުގަނޑު މިދިނީ ނޫންތޯ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ރައީސް މަހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވަނީ ޖަލަށް ލައިފަ އެވެ. އެއީ ބޭއިންސާފު ހުކުމެއް ކަމަށް ގިނަ ބަޔަކު ބުނާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ރިޝްވަތުގެ ތުހްމަތުކޮށް، އެ މަނިކުފާނު ހައްޔަރުކުރި އެވެ. ޖަލުން މިނިވަންކޮށްފައި ހުއްޓަސް މިހާރު ތަނީ ޝަރީއަތް ހިންގަމުންނެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު