Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރޯދަ މަސް

ރޯދަ މަސް: ކެއުންބުއިމަށް ސަމާލުވާންޖެހޭ

ރޯދައަށް ހުންނައިރު، މާ ބޮޑަށް ވަރުބަލިވާނަމަ ހާރަށް ކާބޯހައިޑްރޭޓްސް ހިމެނޭ ކާނާ ކެއުން މުހިންމު

އަމްނާ އިމާދު
އަމްނާ އިމާދު | 11 މާރިޗު 2024 | ހޯމަ 08:27
ރޯދަ ވީއްލަނީ- ފައިލް ފޮޓޯ

ރޯދަ ވީއްލަނީ- ފައިލް ފޮޓޯ

ރޯދަމަހާއެކު ދިރިއުޅުމުގެ އާދަކާދައަށް ވަރަށް ބޮޑެތި ބަދަލުތައް އާދެއެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް އަންނަނީ ކެއުންބުއިމުގެ އާދަކާދައަށެވެ. މިއަންނަ ބަދަލާއެކު ބައެއް މީހުން ބަރުދަން ލުއިވެ، އަނެއް ބައި މީހުން ބަރުދަން އިތުރުވެ، އަދި ގޭސްވެ، ހަށިގަނޑަށް އުދަނގޫތަކާއި ކުރިމަތިލާންޖެހެއެވެ. ނަމަވެސް މިއީ ރޯދައަށް ހުރެ، ރޯދަ ވީއްލުމުގައި ކެއުމަށް މާރަނގަޅަށް ނުބަލައި އުޅޭނަމަ ކުރިމަތިވާ މައްސަލައެކެވެ. ރޯދަ މަހުގައި ވެސް ދުޅަހެޔޮ ގޮތެއްގައި ކެއުން ބުއިން ބައްޓަންކޮށްފިނަމަ ގޭސްވުމާއި، ގޭސްވުމުގެ ސަބަބުން ހަށިގަނޑަށް ކުރިމަތިވާ މައްސަލަތައް ކުރިމަތިނުވާނެއެވެ.

ނަމަވެސް ރޯދަވިއްލާ ގަޑީގައި ކެވޭ މިންވަރު ބެލުމެއްނެތި ކާމީހުން މަދެއް ނޫނެވެ. އަދި ކޮންމެ ގެއަކީވެސް ތަފާތު ގިނަ ވައްތަރުތަކުން ސުފުރާމަތި ފަޅުފިލުވާނެ ގެއަކަށްވާއިރު، ހެދެނީ ސިއްހަތަށް ކިހާ ފައިދާހުރި ތަކެއްޗެއްތޯ ވިސްނާލަނީ ވެސް މަދު ބައެކެވެ. ތެޔޮއެކުލެވޭ ކުޅި ބާވަތްތައް ވަރަށް ގިނައިން ހަދާފައިހުރެއެވެ. މި ބާވަތުގެ ކާއެއްޗެހި އެއްފަހަރާއި އެހައި ގިނައިން ކެއުމުން ގޭސްޓްރިކްގެ މައްސަލަތައް ކުރިމަތިވެއެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މިމައްސަލަ ހައްލުކުރެވޭނީ ހަށިގަނޑަށް އެންމެ ބޭނުންވާ ލުއި ކާނާއެއް ބޭނުން ކޮށްގެންނެވެ. ފުރަތަމަ ބޮޑު ކެއުމެއް ކެއުމަށްވުރެ، ދިޔާ އެއްޗެއް ބުއިން އެންމެ މުހިންމު ކަމަށާއި، ހާއްސަ ގޮތެއްގައި ކުޅި އެއްޗެހި، ތެޔޮ އަދި ހަވާދުން ހަދާފައި ހުންނަ އެއްޗެހި ވީހާވެސް މަދުން ކެއުން ބުއްދިވެރިއެވެ. ހެދިކާ ކާން ބޭނުންވާ މީހުން އެތަކެތި ފިހެގެން ބޭނުން ކުރުމަށް އިރުޝާދު ދީފައިވެއެވެ. އަދި ބޮއިލްޑް ވެޖިޓަބަލްސް ފަދަ ސިއްހަތަށް ފައިދާ ހުރި ތަކެތި ބޭނުން ކުރުމަށް އެދިފައިވެއެވެ.

ރޯދައަށް ހުންނައިރު، މާ ބޮޑަށް ވަރުބަލިވާނަމަ ހާރަށް ކާބޯހައިޑްރޭޓްސް ހިމެނޭ ކާނާ ކެއުމާއި، ވިޓަމިންސް މިނެރަލްސް ކަހަލަ މާއްދާތައް ހިމެނޭ ކާނާ ކެއުމަށް ވެސް ސިއްހީ މާހިރުން އިލްތިމާސްކޮށްފައިވެއެވެ. ކާބޯހައިޑްރޭޓްސް އެކުލެވޭ ބާވަތްތަކަކީ އެބޭނުންކުރުމުން ރޯދަޔަށް ހުންނަ ވަގުތުތަކުގައި ލަސްލަހުން ހަކަތަ ދޫކުރާ ކާނާގެ ބާވަތްތަކެކެވެ. ކާބޯހައިޑްރޭޓް ހިމެނޭ ކާބޯތަކެތީގެ ތެރޭގައި ގޮވާމާއި، ގޮދަނުގެ ބާވަތްތައް، އަދި މަދާއި އޮށުގެ ބާވަތްތައް ހިމެނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އިރުޝާދު ދީފައިވަނީ ރޯދަ ވީއްލުމާއި ހާރުކެއުމާއި ދެމެދު 10 ތަށި ފެން ބުއިމަށެވެ. އަދި ކަރާ، ކުރުނބާ ފަދަ ހަށިގަނޑަށް ފެން ގިނައިން ލިއްބައިދޭ ބާވަތްތައް ބޭނުން ކުރުމަށެވެ. ރޭގަނޑުގެ ވަގުތުތަކުގައި ގިނައިން ފެނާއި، ދިޔާތަކެތި ބޭނުންކުރުމަކީ ރޯދަޔަށް ހުންނައިރު ގެއްލިގެންދާ ފެން އަބުރާ ހަށިގަނޑަށް ލިއްބައިދޭނެ ކަމެކެވެ. ނަމަވެސް ކޮފީ އާއި ކެފެއިން ހުންނަ ބުއިންތަކުން ރޯދަމަހު ދުރުހެލި ވުމަށްވެސް ލަފާދީފައިވެއެވެ.

މީގެ އިތުރުން ޖަންކު ފުޑްގެ ބާވަތްތަކާއި، މާގިނައިން ލޮނުއަޅައިގެން ތައްޔާރުކޮށްފައި ހުންނަ ތަފާތު ކެއުންތަކުން ދުރުވާންޖެހެއެވެ. މިކަންކަމާއި މެދު ނުވިސްނައި، މިރޯދަ މަހުގެ ކެއުންބުއިމުގެ އަދާކަދަ ބަހައްޓައިފިނަމަ ހަށިގަނޑު އިތުރަށް ބަރުހެލިވެ، ސިއްހީ ގިނަ މައްސަލަތައް ކުރިމަތިވުމަކީ ދުރުގައި އޮތް ކަމެއް ނޫނެއެވެ. އެނާރޖީ ޑްރިންކްސްގެ ވައްތަރުތައް ފަދަ ކެފެއިން ގިނައިން ހުންނަ ބުއިންތައް ބޭނުންކުރާނަމަ ހަށިގަނޑުން ލޮނާއި ފެންމަދުވެ، ގޭހުގެ އުދަނގޫތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާނެއެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ވެސް ކުރަންޖެހެއެވެ. ރޯދަ މަހަކީ އަޅުކަމާ އެއްފަދައިން ކެއުން ބުއިމުގައި ޚާއްސަ ގޮތްތަކެއް ގެންގުޅޭ މަހަކަށް ހަދައިފިނަމަ ހަށިގަނޑަށް އޭގެ ފައިދާ ނުލިބި ނުދާނެއެވެ. ރޯދަ ހިފުމަކީ އޭގައި ގިނަގުނަ ފައިދާތަކެއް އެކުލެވޭ ކަމެއްކަމަށްވާއިރު، ކެއުމުގައި ވަކި މިންގަނޑެއް ބަހައްޓައިގެން ގަވައިދުން ރޯދަހިފުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް މީހާ ބަލިތަކުން ދުރުވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ރޯދަ ހިފުމުން ހަށިގަނޑުގެ ކޮލެސްޓްރޯލްގެ މިންވަރާއި ލޭގެ ޕްރެޝަރު އަދި ހަކުރުގެ މިންގަނޑުތައް އެންމެ އެދެވޭ ވަރުގައި ހިފެހެއްޓުމަށް ބާރުއަޅާދެއެވެ. ހަމަ އެހެންމެ ގަވައިދުން ރޯދަހިފުމަކީ އިންސާނާއަށް ކުރިމަތިވާ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ވެސް މީހާ ދުރުކޮށްދޭ ކަމެކެވެ.

އެހެންކަމުން ރޯދަ މަހު ރަނގަޅު ސިއްހަތެއްގައި ހުރުމަށް ރަނގަޅަށް ކެއުންބުއިމުގެ އާދަކާދަ ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2017

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!

21 ޑިސެމްބަރު 2017
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!
10 ޑިސެމްބަރު 2017

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި

10 ޑިސެމްބަރު 2017
 މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި
07 ޖުލައި 2017

ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

07 ޖުލައި 2017
ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ
24 ޖޫން 2017

މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

24 ޖޫން 2017
މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!
05 ޖޫން 2017

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

05 ޖޫން 2017
ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު