Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެންބަރުންނަށް ބިރުދެއްކުން

ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ރައީސް ޔާމީންގެ އެއްވެސް ހައިސިއްޔަތެއް ނެތް: އަސްލަމް

3 އޯގަސްޓު 2017 | ބުރާސްފަތި 18:46

މިހާރު ވޯޓެއް ނެގިޔަސް ރައީސް ޔާމީނަށް ފަސް ޕަސެންޓް ވޯޓުވެސް ނުލިބޭނެ: އަސްލަމް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 3 އޯގަސްޓު 2017 | ބުރާސްފަތި 18:46
މުހައްމަދު އަސްލަމް

މުހައްމަދު އަސްލަމް

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ކުރިން ރައްޔިތުންގެ މަޖިލީހުގައި އުޅުއްވީތީ އެމަނިކުފާނުގެ ބާރުފުޅު އަދިވެސް އެތަނުގައި އޮތްކަމަށް ވެދާނެ ކަމަށާ، ނަމަވެސް އެ މަޖިލީހުގެ މައްޗަށް އެމަނިކުފާނުގެ އެއްވެސް ހައިސިއްޔަތެއް މިހާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޖުލައި 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލައި، ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދަކަށް ވަންކަމުގެ ތުޙުމަތުކޮށް، ފުލުހުން ކުރަމުން ގެންދާ ތަހުޤީޤަށް ހާޒިރުވެވަޑައިގަތުމަށް ފަހު، ބުރާސްފަތި ދުވަހުގެރޭ މީޑިއާ އާއި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، މިއަދު ފެންނަމުން ދަނީ ސިޔާސީ ބޭނުމަށްޓަކާ ކޮންމެ މުއައްސަސާއެއް ވެސް ބޭނުންކުރެވެމުންދާ މަންޒަރު ކަމަށެވެ. އެގޮތުން، ރައީސް ޔާމީން، ސިފައިންނާއި، ފުލުހުންނާއި، ޖާސޫސީ އިދާރާތައް ނަހަމަގޮތުގައި ބޭނުން ކުރައްވާ ކަމަށް އަސްލަމް ތުހުމަތު ކުރެއްވިއެވެ.

Advertisement - newsAdvertisement

އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ރައީސް ޔާމީންގެ އެއްވެސް ހައިސިއްޔަތެއް މިހާރު ނެތް ކަމަށެވެ.

"ރައީސް ޔާމީން އެތާ އުޅުއްވީތީ، ފަހަރުގަ އެމަނިކުފާނުގެ ބާރު އެތަނަށް ހިންގަވަނީ ކަމަށް ބެލެވިދާނެ. އެއައްވުރެ މާ ރަނގަޅުހެން އަޅުގަނޑަށް ހީވަނީ ހަކުރާގޭގެ އަސްލުގަ ކްލެއިމް ރައީސް ނާސިރު ކުރެއްވިއްޔާ. ނޫނީ ރައީސް މައުމޫން، އެތަން ބިނާކުރައްވަން ޕާކިސްތާނުގެ ފަރާތުން އެހީ ހޯއްދެވި، ރައީސް މައުމޫން ކުރެއްވިއްޔާ. ޔާމީނުގެ މިހާރު އަސްލުގަ އެތަނާ ގުޅޭ އެއްވެސް ހައިސިއްޔަތެއް އޮތްކަމުގަ އަޅުގަނޑު ނުދެކެން" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވީ ރައްޔިތުންގެ ވޯޓުން ކަމަށާ، އެ މެންބަރުންނަށް މެންޑޭޓް ދިނީ ރައްޔިތުންގެ މަޖިލީހަށް ދިއުމަށް ކަމަށެވެ. އެހެންކަމުން، އެ މެންބަރުންނަށް މަޖިލީހަށް ނުދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

ރައީސް ޔާމީނަށް މިހާރު ރައްޔިތުންގެ ތާޢީދު ނެތް ކަމަށާ، މިހާރު ވޯޓެއް ނެގި ނަމަވެސް، 5 އިންސައްތަ ވޯޓު ވެސް އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، އަސްލަމް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާލުވެފައެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް