Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

އަބަދު ވެސް އެމްބާޕޭ އަށް ފުރިހަމަ ކާމިޔާބަށް އެދެން: އެންރީކޭ

އެމްބާޕޭ އަކީ މުސްތަޤުބަލު އޮތް ކުޅުންތެރިޔެއް ކަމަށާއި، އޭނާގެ މުސްތަޤުބަލު ފެންނަނީ އުޖާލާކޮށް ކަމަށް ވެސް އެންރީކޭ ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 މާރިޗު 2024 | ހޯމަ 01:02
ޕީއެސްޖީ އަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ

ޕީއެސްޖީ އަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ އަށް، އަބަދު ވެސް ފުރިހަމަ ކާމިޔާބަށް އެދޭ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ ފްރާންސް ލީގުގައި ޕީއެސްޖީން ރެއިމްސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި ވެސް އެންރީކޭ ވަނީ، ފުރަތަމަ 11 އިން އެމްބާޕޭ އުނި ކޮށްފަ އެވެ. އޭގެ ބަދަލުގައި އެމްބާޕޭ އަށް އޭނާ ފުރުސަތު ދިނީ ބެންޗުންނެވެ. މެޗުގައި އެމްބާޕޭ ކުޅެން ނިކުތީ ދެ ވަނަ ހާފުގަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން އެންރީކޭ ބުނީ، އަބަދު ވެސް އޭނާ އެދެނީ އެމްބާޕޭ އަށް ފުރިހަމަ ކާމިޔާބަށް ކަމަށެވެ. އެމްބާޕޭ އަކީ މުސްތަޤުބަލު އޮތް ކުޅުންތެރިޔެއް ކަމަށާއި، އޭނާގެ މުސްތަޤުބަލު ފެންނަނީ އުޖާލާކޮށް ކަމަށް ވެސް އެންރީކޭ ބުންޏެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އެމްބާޕޭ އަކީ ހުރިހާ ވަގުތެއްގައި ވެސް، އޭނާގެ ފަރާތުން ފައިދާ ލިބެމުން އަންނަ ކުޅުންތެރިޔެކެވެ.

އިތުރަށް އެންރީކޭ ބުނީ ކުޅުންތެރިޔެއްގެ ޙައިޞިއްޔަތުން ނޫން ނަމަވެސް، އެމްބާޕޭ އަކީ ވަރަށް ރަނގަޅު މީހެއް ކަމަށެވެ. ޚާއްސަކޮށް މަތީ ފަންތީގައި ކުޅެމުން އަންނަ ކުޅުންތެރިޔަކާ އަޅާ ބަލާއިރު، އެމްބާޕޭގެ ފަރާތުން ފެންނަނީ ވަރަށް ރަނގަޅު ސިފަތަކެއް ކަމަށް ވެސް އެންރީކޭ ބުންޏެވެ.

އެންރީކޭ މިހެން ބުނެފައިވާއިރު، މި ސީޒަނަށްފަހު އެމްބާޕޭ ވަނީ ޕީއެސްޖީ ދޫކޮށްލަން ނިންމައިފަ އެވެ. ޕީއެސްޖީ އާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ހަމަވުމުން، ހިލޭ ޓްރާންސްފާއެއްގައި އޭނާ ބަދަލުވާނީ ސްޕެއިންގެ ރެއާލް މެޑްރިޑަށެވެ. އެއްބަސްވުން އައު ނުކުރާނެކަން މިހާރު އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ވެސް އަންގައިފަ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، މިހާރު އެމްބާޕޭ ކުރަމުން އަންނަ މަސައްކަތަކީ ރެއާލަށް ބަދަލުވުމުގެ މަސައްކަތެވެ.

އިތުރަށް ކިޔާލަން

13 މެއި 2017

ޖުމްލަ 19 ފަރާތަކުން އޭއެފްސީ "ސީ" ލައިސަންސް ކޯސް ފުރިހަމަކޮށްފި

13 މެއި 2017
ޖުމްލަ 19 ފަރާތަކުން އޭއެފްސީ "ސީ" ލައިސަންސް ކޯސް ފުރިހަމަކޮށްފި
12 މެއި 2017

ތައްޓަކާއެކު، އެންމެ ފުރިހަމައަށް ސީޒަން ނިންމާލަން މިއޮތީ ފުރުސަތު ލިބިފައި: މޮރީނިއޯ

12 މެއި 2017
ތައްޓަކާއެކު، އެންމެ ފުރިހަމައަށް ސީޒަން ނިންމާލަން މިއޮތީ ފުރުސަތު ލިބިފައި: މޮރީނިއޯ
30 އެޕްރީލު 2017

ގައުމީ ޖާޒީގައި މުބާރާތުން ރަނގަޅު ވަނައެއް ހޯދައި ދިނުމަށް އެދެން: އިރުތިޝާމް

30 އެޕްރީލު 2017
ގައުމީ ޖާޒީގައި މުބާރާތުން ރަނގަޅު ވަނައެއް ހޯދައި ދިނުމަށް އެދެން: އިރުތިޝާމް
24 އެޕްރީލު 2017

އަބަދުވެސް ތައްޔާރުވަނީ މެޗަކަށްފަހު މެޗަކަށް: ސޮބާ

24 އެޕްރީލު 2017
އަބަދުވެސް ތައްޔާރުވަނީ މެޗަކަށްފަހު މެޗަކަށް: ސޮބާ
22 އެޕްރީލު 2017

ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ

22 އެޕްރީލު 2017
ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު