Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ އެހީ ކަނޑުމަގުން ޣައްޒާއަށް

‏ކަނޑުމަގުން ޣައްޒާއަށް އިންސާނީ އެހީ ފޮނުވުމަށް އެމެރިކާގެ ފުރަތަމަ މަނަވަރު ފުރުވާލައިފި‏

10 މާރިޗު 2024 | އާދީއްތަ 14:36

މަނަވަރު ފުރާފައި މިވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް ބައިޑަން އިއުލާންކުރެއްވިތާ ‎‎36 ގަޑިއިރުތެރޭގައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 10 މާރިޗު 2024 | އާދީއްތަ 14:36
ޣައްޒާއަށް އެހީ ފޮނުވުމަށް އެމެރިކާއިން ބޭނުންކުރާނީ ސައިޕްރަސް މަގު

ޣައްޒާއަށް އެހީ ފޮނުވުމަށް އެމެރިކާއިން ބޭނުންކުރާނީ ސައިޕްރަސް މަގު

ކަނޑުމަގުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދެއްވާނެކަމަށް ބައިޑަން ވިދާޅުވުމާ ގުޅިގެން، އެމެރިކާގެ ފުރަތަމަ މަނަވަރު ޣައްޒާއަށް ފުރައިފިއެވެ.

‎އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް)އިން ބުނީ އެމެރިކާގެ އަސްކަރިއްޔާއިން ޣައްޒާއަށް އިންސާނީ އެހީ ފޮނުވުމަށް އުޅަނދެއް ފުރާފައިވާކަމަށެވެ.

‎ސެންޓްކޮމްއިން ނެރުނު ބަޔާނެއްގައި ބުނީ، އެ އުޅަނދު ފޮނުވާލައިފައިވަނީ ކަނޑުމަގުން ކަމަށާއި، އެއީ އެމެރިކާއިން ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް ބައިޑަން އިއުލާންކުރެއްވިތާ ‎‎36 ގަޑިއިރުވެސް ނުވަނީސް ކަމަށެވެ.‎

‎ލޮޖިސްޓިކް ސަޕޯޓް އުޅަނދަކީ އިންސާނީ މުހިންމު ސާމާނު ފޯރުކޮށްދިނުމަށް ވަގުތީ ބަނދަރެއް ގާއިމުކުރުމާގުޅޭ މަޝްވަރާތައް ކުރެވުނުފަހުން ފުރި، އިންސާނީ އެހީގެ މިފަދަ ފުރަތަމަ އުޅަނދު ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.‎

‎ބުރާސްފަތި ދުވަހު ސްޓޭޓް އޮފް ދަ ޔޫނިއަން ތަގުރީރުގައި ބައިޑަން މިކަން އިއުލާންކުރައްވާފައި މި ވަނީ، ހަމާސްގެ ހަމަލާއާ ގުޅިގެން ‎‎އިސްރާއީލުން ޣައްޒާގެ އައްސޭރިފަށުގެ ސަރަހައްދަށް ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާދޭން ފެށިތާ ފަސް މަސްދުވަސް ފަހުން، ޣައްޒާގެ ‎‎2.3 މިލިއަން ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި ބޮޑު ކާރިސާއެއް އުފެދިދާނެކަމުގެ އިންޒާރު އދ.‎ން ދީފައިވާ ދަނޑިވަޅެއްގައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 31،000ށްވުރެ ގިނަ މީހުން ޝަހީދުވެ، 72،400ށްވުރެ ގިނަ މީހުން ވަނީ މިހާތަނަށް ޒަޚަމްވެފައެވެ.

ފަލަސްތީނުގެ ޖަމާއަތްތަކުން އަންދާޒާކުރާ ގޮތުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލު ސިފައިން ވަނީ، ފަލަސްތީނުގެ އެތައް ހާސް ބަޔަކު ޣައްޒާގައި ހައްޔަރުކޮށްފައެވެ.

އިޒްރޭލުން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅައި، ޚާއްސަކޮށް ޣައްޒާގެ އުތުރުގެ ރައްޔިތުން ބަނޑުހައިހޫނުކަމުގެ ތެރެއަށް ވައްޓައިލައިފައެވެ.

އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުންނަށް ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ، ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އިންފްރާސްޓްރަކްޗަރގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދ.ން ބުނެއެވެ.

ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި އިޒްރޭލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ދައުވާކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު އެކޯޓުން ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ޖިނާއީ އަމަލުތައް ހުއްޓާލައި، ފިޔަވަޅުތައް އެޅުމަށް ތެލްއަވީވަށް އަންގާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

28 މެއި 2017

އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

28 މެއި 2017
އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި
24 މެއި 2017

އީޔޫގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރ ތައުރީފް ކުރައްވައިފި

24 މެއި 2017
އީޔޫގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރ ތައުރީފް ކުރައްވައިފި
23 މެއި 2017

ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ

23 މެއި 2017
ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
05 އެޕްރީލު 2017

އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި

05 އެޕްރީލު 2017
އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި
28 މާރިޗު 2017

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ
13 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް
11 މާރިޗު 2017

އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި

11 މާރިޗު 2017
އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް