Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކެނދިކުޅުދޫ ކައުންސިލުގެ ބަޔާން

ކެނދިކުޅުދޫ ކައުންސިލުގެ ބަޔާނާ ގުޅިގެން އިންކުއަރީއެއް ހަދަން އެލްޖީއޭގެ ބޯޑަށް މައްސަލަ ނުގެންދިޔައީ ކަމުގެ މުއާލާތް ކެނޑިދާނެތީ: ޒުލްފާ

މައްސަލައިގެ އިންކުއަރީއެއް ނުހެދީ ކީއްވެތޯ ބަންޑާރަނައިބު ސުވާލު ކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 މާރިޗު 2024 | އާދީއްތަ 09:32
ނޫސްވެރިންގެ ބައްދަލުވުުމުގެ ތެރެއިން

ނޫސްވެރިންގެ ބައްދަލުވުުމުގެ ތެރެއިން

ކެނދިކުޅުދޫ ކައުންސިލުގެ ބަޔާނާ ގުޅިގެން އިންކުއަރީއެއް ހަދައި، އެލްޖީއޭގެ ބޯޑަށް މައްސަލަ ނުގެންދެއްވީ ލަސްކޮށްފިނަމަ ކަމުގެ މުއާލާތް ކެނޑިދާނެތީކަމަށް އެ އިދާރާގެ ސީއީއޯ މަރިޔަމް ޒުލްފާ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޒުލްފާ ވިދާޅުވީ، ކައުންސިލުތަކުން އަމަލުކުރަންވީ ގޮތާއި ގުޅޭގޮތުން ހުރިހާ ކައުންސިލުތަކަށް ވެސް އެލްޖީއޭއިން އިލްތިމާސެއް ފޮނުވާފައިވާނެ ކަމަށެވެ.

ކައުންސިލުން ބަޔާން ނެރުނީވެސް އެލްޖީއޭއިން ކައުންސިލުތަަކަށް އެ އެންގުން އަންގާފައިވަނިކޮށްކަަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ ބަޔާނަކީ ރައީސްގެ އަބުރުފުޅަށް ނޭދެވޭ އަސަރެއް ކުރުވާނެ ފަދަ ބަޔާނެއްކަަމަށް އަމިއްލަ ޒަމީރު ޤަބޫލު ކުރައްވާކަމަށް ވެސް ޒުލްފާ ވިދާޅުވިއެވެ.

މީގެއިތުރުން އެލްޖީއޭއިން ކައުންސިލަށް އެންގި އެންގުމަކީ އެއީ ލާމަރުކަޒީ ނިޒާމަށް ހަނިކަމެއް ގެންނާނެ ފަދަ އެންގުމެއް ނޫންކަމަށް ވެސް ޒުލްފާ ވިދާޅުވިއެވެ.

ޒުލްފާ ވިދާޅުވީ، އޭޖީ އޮފީހަކީ އެލްޖީއޭގެ ބޯޑަށް ލަފާ އަރުވަން ބާރު ލިބިފައިވާ އިދާރާއެއް ކަމަށާއި، މައްސަލައިގެ އިންކުއަރީއެއް ނުހެދީ ކީއްވެތޯ ބަންޑާރަނައިބު ސުވާލު ކުރެއްވި ކަމަށެވެ.

އެހެންނަމަވެސް، މައްސަލައިގެ އިންކުއަރީއެއް ހިންގައި، އެލްޖީއޭގެ ބޯޑާ ހިސާބަށް މައްސަލަ ނުގެންދިޔައީ މަޑުކޮށްފިނަމަ ކަމުގެ މުއާލާތް ކެނޑިދާނެތީކަމަށް ވެސް ޒުލްފާ ވިދާޅުވިއެވެ.

އެހެންނަމަވެސް، މަރުހަލާ ދިގުވުމަކީ ޤާނޫނުގައި އަމަލުކުރަން އޮންނަ އިޖުރާއަތްތަކާ ޚިލާފަށް ކަންކަން ކުރުމަށް އޮތް އުޒުރެއްތޯ ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ.

އޭގެ ޖަވާބުގައި ޒުލްފާ ވިދާޅުވީ، އޭޖީގެ ލަފާފުޅުގައި އޮތީ ޤާނޫނުގައި އޮތްގޮތަށް ކަންކަން ކުރަން އިރުޝާދެއް ދެއްވާފައި ކަމަށާއި، މިދިޔަ ސަރުކާރުތަކުގައި ވެސް އޭޖީގެ އިރުޝާދު އޮއްވައި ސިޓީތައް ފޮނުވާފައިހުރި ކަމަށެވެ.

ޒުލްފާ ވަނީ ކެނދިކުޅުދޫ ކައުންސިލުން ނެރެފައިވަނީ "ނޭދެވޭ ބަޔާނެއް" ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ނޫސްވެރިން ވަނީ ތަކުރާރުކޮށް، ބަންޑާރަނައިބު ދެއްވި ލަފާ އެލްޖީއޭއިން ޤަބޫލު ކުރަންތޯ ނުވަތަ ނުކުރަންތޯ ސުވާލުކޮށްފައެވެ. ނަމަވެސް އެއަށް ޒުލްފާ ސީދާ ޖަވާބެއް ނުދެއްވުމުން ނޫސްވެރިން އަނެއްކާވެސް އެ ސުވާލު ތަކުރާރު ކުރިއެވެ.

އޭގެ ޖަވާބުގައި ޒުލްފާ ވިދާޅުވީ، އޭޖީ އޮފީހުގެ ބަޔާނަކީ ޤަބޫލު ކުރަން ފަސޭހަ ބަޔާނެއް ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް އެލްޖީއޭއިން ދޭން ޖެހޭ އިރުޝާދުތައް ދެމުންދާނެ ކަމަށެވެ.

އަދި އެ ބަޔާން ރަނގަޅުކަމަށް ފަހުން ވެސް ޒުލްފާ ވިދާޅުވިއެވެ.  

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު