Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން އިސްރާޢީލް ހަނގުރާމަ

ދެލޯ ވަޅުވަދެ، "ކަށިކޮޅަކަށް" ބަދަލުވެފައިވާ އެތައް ދަރިންނެއް މި ދުނިޔެއަށް ފަހު ނޭވާ ދޫކުރާ މަންޒަރު ބަލަން ކެތްވާނެތަ؟

އިޒްރޭލުން ހިންގަމުން ގެންދާ ޤަތުލުޢާންމުގެ ސަބަބުން ޣައްޒާގެ ހުރިހާ އެންމެން މިއަދު ތިބީ ގެދޮރު ގެއްލި، ރެފިއުޖީންނަށް ވެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 10 މާރިޗު 2024 | އާދީއްތަ 06:50
އުއްމު ޔަޒާން އަލް-ކަފަރްނާ؛ ޔަޒާންގެ މަންމަ

އުއްމު ޔަޒާން އަލް-ކަފަރްނާ؛ ޔަޒާންގެ މަންމަ

މުޅި ދުނިޔެ ތިމާގެ އަތުތެރެއަށް ލައިދިން ސޯޝަލް މީޑިއާގެ ކޮންމެ ހިސާބަކަށް ބަލައިލި ކަމުގައި ވީ ނަމަވެސް މިއަދު ފެންނާނެ އެއް މަންޒަރަކަށް ވާނީ، ނިރުބަވެރި ޔަހޫދީންގެ މުށުތެރޭގައި ފިއްތާ، ހަފުސްކޮށް، މައުސޫމު އެތައް އިންސާނުންނެއްގެ ލެއިން ދޮވެލަމުންދާ ޣައްޒާގެ މަންޒަރެވެ. އެއްވެސް ރަޙުމެއް ނެތި، އެޔެއް މިޔެއް ބެލުމެއް ނެތި ހިންގަމުން ގެންދާ ޤަތުލުޢާންމަށް 5 މަސް ވާން ދެން މާ ގިނަ ދުވަހެއް ނެތެވެ.

އެއްގަމާއި ކަނޑާއި ވައިގެ މަގުން ދޭ ޙަމަލާތައް އެކަންޏެއް ނޫނެވެ. ޣައްޒާއަށް ކުރިމަތި ކޮށްފައި ވާ އިތުރު އެތައް ފިއްތުންތަކަކާއި، ސުންނާފަތިކޮށްފައި އޮތް ޢުމްރާނީ ބިނާވެށިން ލިބޭނެ އެއްވެސް ޙިމާޔަތަކާއި ރައްކާތެރި ކަމެއް ނެތި، ޣައްޒާގެ އެތައް ބަޔަކު މިއަދު މި ދުނިޔެއާ ވަކިވެ އެ ދަނީ އަހަރެމެންނަށް އެތައް ފިލާވަޅެއް ބުނެދެމުންނެވެ. ކުޑައެއް ބޮޑެއް ނެތިއެވެ. މި މަންޒަރުތައް ބެލުމަކީ ކޮންމެ ކޮންމެ މީހަކަށް ކުޅަދާނަ ވާނެ މަންޒަރުތަކެއް ނޫނެވެ.

އެއީ ޣައްޒާއަށް އުފަން، ތުއްތުތުއްތު 2 ކުދިންނެވެ. ދެ ލޯ ވަނީ ވަޅުވަދެފައެވެ. މޫނުމަތީގައިވެސް މަސްކޮޅެއް ނެތެވެ. ހިކި އަނަރޫފަވެ ސިފަ ގެއްލިފައެވެ. އެއް ކުއްޖަކު އޮތީ ރީނދޫ ކުލައިގެ ޖެކެޓެއް ޒާތުގެ އެއްޗެއް ލައިގެންނެވެ. އަނެއް ކުއްޖާ ލައްވާފައި އޮތީ ރޮނގުދެމި ޓީޝާޓް ނުވަތަ ޓޮޕްކޮޅެއް ފާޑުގެ އެއްޗެކެވެ. ޣައްޒާގެ ކުލިނިކެއްގެ އެނދުގައި ޖެހިޖެހިގެން ކަހަލަ ގޮތަކަށް ބާއްވާފައި އޮތް އެ ތުއްތު ދެކުދިން ޖައްސާފައި އޮތް ނެޕީއިން ބޭރަށް ނުކުމެފައި އޮތް ފައިވެސް ހީވަނީ ކަށިކޮޅެއްހެންނެވެ. ފެންނަ ފެނުމަށް، އެކުދިންނަށް އެ ނެޕީ އިންތިހާ ބޮޑެވެ.

ސިފަކޮށްދެވޭތޯ މަސައްކަތް މި ކުރީ، ޣައްޒާގެ ދެކުނުގެ އަވަށެއް ކަމަށް ވާ ރަފަޙުގެ އަލް-އަވްދާ ހެލްތު ސެންޓަރުން މަރޗް 4 ވަނަ ދުވަހު ފެނުނު މަންޒަރެކެވެ. ދިއާ އަލް-ޝާޢިރަކީ އެ ތަނުގައި މަސައްކަތް ކުރާ ނަރުހެކެވެ. ދިއާ ކިޔައިދިން ގޮތުގައި، ކުޑަކުދިން ދަނީ މެލްނިއުޓްރިޝަން ނުވަތަ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބުމުގެ ވޭން އުފުލަމުންނެވެ. ތަފާތު އެކި ބަލިތައް ޖެހިގެން ގެންނަ ކުދިންގެ ޢަދަދުވެސް ރެކޯޑް ޢަދަދަކަށް އިތުރުވެފައި ވާ ކަން ނަރުސް ދިއާ ފާހަގަ ކުރިއެވެ.

ރީނދޫ ކުލައިގެ ޖެކެޓެއް ފާޑުގެ ގާޑިގަންއެއް ލައްވާފައި އޮތީ އަޙްމަދު ޤައްނާންއެވެ. ބަރުދަނަކީ 6 ކިލޯގްރާމް ކަމަށް، ޤައްނާން ގާތުގައި އިން އޭނާގެ ބޮޑުދައިތަ، އިސްރާ ކަލްޚް ބުންޏެވެ. އެއީ ޢުމުރުގެ ކުއްޖެގެ ބަރުދަނަށް ވުރެ 2 ގުނަ ލުއި މިންވަރެކެވެ.

އިޒްރޭލުން ހިންގަމުން ގެންދާ ޤަތުލުޢާންމުގެ ސަބަބުން ޣައްޒާގެ ހުރިހާ އެންމެން މިއަދު ތިބީ ގެދޮރު ގެއްލި، ރެފިއުޖީންނަށް ވެފައެވެ. ކާބޯތަކެތި ލިބުން ދަތިވެފައި ވަނީ އޭގެ އެންމެ އިންތިހާއަށެވެ. އދ އިން ވަނީ، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބުމުގެ ކާރިޘާއެއް އުފެދި، އިންސާނިއްޔަތުކަން ގެއްލިދިއުމުގެ ކާރިޘީ މުޞީބާތެއް ޣައްޒާއަށް ޖެހިފައި ވާ ކަމަށް ސިފަ ކޮށްފައެވެ.

އަލް-އަވްދާ ހެލްތު ސެންޓަރުން ފަރުވާ ހޯދަމުން ދިޔަ އެއް ކުއްޖަކީ ޢުމުރުން 12 އަހަރުގެ ޔަޒާން އަލް-ކަފަރްނާއެވެ. ޔަޒާން މަރޗް 4 ވަނަ ދުވަހަކީ، މި ދުނިޔެއާ ޔަޒާން ވަކިވި ދުވަހެވެ. ރޮއިޓާޒްއިން ވަނީ ޔަޒާންގެ މަންޒަރުތަކެއް، މިދިޔަ ހޮނިހިރު ދުވަހު ރެކޯޑް ކޮށްފައެވެ. ޔަޒާންގެ ހަށިގަނޑުވެސް ހިކި، އަނަރޫފަވެފައި ވާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. ޔަޒާންއަކީ ސެރެބްރަލް ޕަލްސީގެ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްވެސްމެއެވެ. އެހެން ކަމުން، އޭނާގެ ކެއުމުގެ ހުރިހާ ކަމެއް ބިނާވެފައި އޮތީ ކިރާއިއެކު މުގުރާފައި ހުންނަ މޭވާގެ މައްޗަށެވެ. މިއަދު އެއީ ޣައްޒާއިން ލިބެން ނެތް ތަކެއްޗެވެ.

ޔަޒާން މަރުވި ސަބަބެއް ކަމަށް ޑޮކްޓްރުން ކަނޑައެޅީ މެލްނިއުޓްރިޝަންއެވެ. ފަލަސްޠީނުން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ރިޔާދް މާލިކީ، އދގެ ޢާންމު މަޖިލީހުގައި ޔަޒާންގެ ވާހަކަ ދެއްކެވި ފަހުން، ޔަޒާން ވެފައި ވަނީ ފަލަސްޠީނުގެ ޙާލަތު ދައްކުވައިދެނިވި ރަމްޒަކަށެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް، މި ދުނިޔެމަތިން ފޮހެލާނެ ކަމަށް ވަޢުއުވަމުން އިޒްރޭލުން ފެށި ހަނގުރާމައިގެ ކުރީކޮޅު، އެންމެ ވަރުގަދައަށް ޙަމަލާ ބަދަލު ކުރި އުތުރުގެ ބައިތު ލާހިޔާގައި ހިންގާ ކަމާލް އަދްވާން ހޮސްޕިޓަލުގައި، މެލްނިއުޓްރިޝަން ނުވަތަ އާދަޔާ ޚިލާފަށް ހަށިގަނޑުން ފެން މަދުވެގެން، 15 ކުއްޖެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

މަރޗް 2 ވަނަ ދދުވަހު ކަމާލް އަދްވާންއިން ފެނުނު އިތުރު މަންޒަރަކަށް ބަލާއިރު، ތުއްތު އަންހެން ކުއްޖެއްގެ ގައިމަތީގައި ބޯ އަޅައިގެން އޮތް އަންހެނަކު ފެނެއެވެ. އެ ކުއްޖަކީ އަންވަރު ޢަބްދުލްނަބީގެ އަންހެން ދަރިފުޅު، މީލާއެވެ. މީލާ މަރުވީ ހިނދުކޮޅެއް ކުރިންނެވެ.

އަންވަރު ބުނި ގޮތުގައި މީލާއަށް ހޮސްޕިޓަލުގައި  ފަރުވާ ދެމުން ދިޔައީހަށިގަނޑަށް ބޭނުންވާ މިންވަރަށް ކެލްސިއަމްއާއި ޕޮޓޭސިއަމް އުފައްދައި ނުދޭތީއެވެ. ނަމަވެސް، އެ ތުއްތު ދަރިފުޅު މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލި އަސްލު ސަބަބަކީ ކޮން ކަމެއް ތަފްޞީލުކޮށެއް ނުދެވުނެވެ.

ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ)ގައި މަސައްކަތް ކުރާ، ޑރ އަޙްމަދު ސަލީމް ފާހަގަ ކުރި ގޮތުގައި، ކުޑަކުދިން މަރުވާ ނިސްބަތް އިތުރުވުމުގެ ސަބަބުތަކުގެ ތެރޭގައި، މި ފަހަކަށް އައިސް ވިހާ މަންމައިންގެ ހަށިގަނޑުންވެސް މުހިންމު މާއްދާތަކެއް އުނިވެ، ދުނިޔެއަށް އުފަންވި ތުއްތު ދަރިންނަށް ގާތުން ދެވޭ ގޮތް ނުވުން ހިމެނެއެވެ.

ޣައްޒާއަކީ ބޭރުގެ އެހީއަށް އިންތިހާއަށް ބަރޯސާވެފައި އޮތް ސިޓީއެކެވެ. ނަމަވެސް އިޒްރޭލުގެ ފިއްތުންތަކުގެ ސަބަބުން ޣައްޒާއަށް އެތެރެ ކުރެވެނީ ބޭނުން ޖެހިފައި ވާ މިންވަރާ އަޅާ ބަލާއިރު ވަރަށް ކުޑަ އެއްޗެކެވެ. ޣައްޒާގެ އުތުރުގައި ޙާލަތު ވަކިން ގޯހެވެ. ޣައްޒާއަށް އެހީގެ ސަޕްލައި އެތެރެ ކުރުމަށް އިޒްރޭލުން ހުޅުވަނީ ދެކުނުގެ ރާސްތާތަކެވެ. މުޅި ޣައްޒާގެ ޢާބާދީއަކީ މިއަދު ބޭރުގެ އެހީއަށް ބޭނުން ޖެހިފައި ވާ ބަޔަކަށް ވާ އިރު، އެހީގެ ޤާފިލާ އުތުރަށް ފޯރުމުގެ ކުރިން، ހުސްވާ ގޮތްވެސް ވާ ކަމަށް ޚަބަރު ލިބެއެވެ.

މަރޗް 1 ވަނަ ދުވަހު އދއިން ޢާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ފެބުރުއަރީ މަހު ޣައްޒާއަށް އެތެރެ ކުރެވުނީ އެވަރޭޖްކޮށް ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 97 ޓްރަކްގެ އެހީއެވެ. ޖެނުއަރީ މަހު އެ ޢަދަދު އުޅުނީ ގާތްގަނޑަކަށް 150 ގައެވެ. ނަމަވެސް ޢަމާޒު ކަނޑައަޅާފައި ވަނީ ދުވާލެއްގެ މައްޗަށް 500 ޓްރަކްގެ އެހީގެ ސަޕްލައި ޣައްޒާއަށް އެތެރެ ކުރުމަށެވެ.

މި ޙާލަތުގައިވެސް އިޒްރޭލުން ހަދަނީ ދޮގެވެ. އިންސާނީ އަދި ޞިއްޙީ އެހީއަށް ހުރަސް އަޅާފައި ނުވާނެ ކަމަށާއި، އެހީ ނުފޯރައިގެން އުޅެނީ އެހީދޭ ޖަމިއްޔާތަކުގައި އެ ކެޕޭސިޓީ ނެތިގެން ކަމަށް އިޒްރޭލުން ބުނެއެވެ. ނަމަވެސް، ޔަހޫދީ ނިރުބަވެރިންގެ ވާހަކަ ޤަބޫލު ކުރާނީ ކާކު ހެއްޔެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ބިލެއްދޫއިން މަގޫދޫއަށް ފަތާފައި ކުރި ދަތުރު، އެތައް ބަޔަކު ހައިރާންކޮށްލި ހަރަކާތެއް

ބިލެއްދޫއިން މަގޫދޫއަށް ފަތާފައި ކުރި ދަތުރު، އެތައް ބަޔަކު ހައިރާންކޮށްލި ހަރަކާތެއް

09 ޑިސެމްބަރު 2017
ސަރުކާރަށް 4 އަހަރު: ބަހާއި އަމަލާ ދިމާނުވާ އެތައް ކަމެއްގެ ތެރޭގައި ރައްޔިތުން ތާށިވެފައި

ސަރުކާރަށް 4 އަހަރު: ބަހާއި އަމަލާ ދިމާނުވާ އެތައް ކަމެއްގެ ތެރޭގައި ރައްޔިތުން ތާށިވެފައި

17 ނޮވެމްބަރު 2017
ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

17 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

06 އޯގަސްޓު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު