Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވޮޝިންޓަންގައި ކުރި މުޒާހަރާ

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޣައްޒާއަށް ތާއީދުކޮށް ވޮޝިންޓަންގައި މުޒާހަރާކޮށްފި

9 މާރިޗު 2024 | ހޮނިހިރު 02:03

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 30،800 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 72،400 އަށް ވުރެ ގިނަ މީހުން ވަނީ މިހާތަނަށް ޒަޚަމްވެފައެވެ.

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 9 މާރިޗު 2024 | ހޮނިހިރު 02:03
އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ވޮޝިންޓަން ޑީސީގައި ބޭއްވި ހިނގާލުން

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ވޮޝިންޓަން ޑީސީގައި ބޭއްވި ހިނގާލުން

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފަލަސްޠީނުގެ އަންހެނުންނަށް އެއްބާރުލުން ދިނުމުގެ ގޮތުން ފަލަސްޠީނަށް ތާއީދުކުރާ އަންހެނުންތަކެއް ހުކުރު ދުވަހު ވޮޝިންޓަން ޑީސީގައި ސުލުހަވެރި މުޒާހަރާއެއް ކުރިއަށް ގެންގޮސްފިއެވެ.

ފަލަސްތީނިއަން ޔޫތު މޫވްމެންޓްގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި މުޒާހަރާއަކީ ޣައްޒާގެ އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތަށް ސަމާލުކަން ހޯދުމަށާއި، ވަގުތުން ހަނގުރާމަ ހުއްޓާލައި، އިޒްރޭލަށް އެމެރިކާގެ އަސްކަރީ އެހީތެރިކަން ދިނުން ހުއްޓާލުމަށް ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހަރާއެކެވެ.

ފަލަސްތީނުގެ ޔޫތު މޫވްމަންޓަށް ނިސްބަތްވާ މިރަންޑާ ދުބޭ ވިދާޅުވީ މިދިޔަ އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ފަލަސްތީނުގެ އަންހެނުން "މި ހަމަނުޖެހުންތަކުގެ ކުރީ ސަފުގައި" ތިބި ކަމަށެވެ.

ޣައްޒާގެ އަންހެނުންނަށް ވިހެއުމަށް މަޖުބޫރުވަނީ ނުރައްކާތެރި ހާލަތްތަކަކާއި ސާފުތާހިރުކަމެއް ނެތް ހާލަތްތަކެއްގަ އެވެ. "އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 20،000 ކުދިން އުފަންވެފައި ވޭ. އެކަށީގެންވާ އަޅާލުމެއް ނެތި ތުއްތު ކުދިން ބަނޑުހައިހޫނުކަމުގައި މަރުވެ، މައިންނަށް ދަރިންނަށް އެހީތެރިކަން ފޯރުކޮށްނުދެވެއެވެ.

ޣައްޒާގައި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ހިންގި ހަނގުރާމައިގައި މިހާތަނަށް 8،900 އަންހެނުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ބުނެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 30،800 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 72،400 އަށް ވުރެ ގިނަ މީހުން ވަނީ މިހާތަނަށް ޒަޚަމްވެފައެވެ.

ފަލަސްތީނުގެ ޖަމާއަތްތަކުން އަންދާޒާކުރާ ގޮތުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ އެތައް ހާސް ބަޔަކު ވަނީ ޣައްޒާގައި އިސްރާއީލު ސިފައިން ހައްޔަރު ކޮށްފައެވެ.

އިޒްރޭލުން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްތަކެއް އަޅައި، އެ ގައުމުގެ އާބާދީ، ހާއްސަކޮށް ޣައްޒާގެ އުތުރުގެ ރައްޔިތުން ބަނޑުހައިހޫނުކަމުގެ ތެރެއަށް ވައްޓާލައިފައެވެ.

އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އިންފްރާސްޓްރަކްޗަރގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދއިން ބުނެއެވެ.

ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިޒްރޭލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ތުހުމަތުކޮށްފަ އެވެ. މިދިޔަ ޖެނުއަރީ މަހު އެކޯޓުން ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ހުއްޓާލައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަންގާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ މިނިވަންކަން އިއުލާންކޮށްފިތޯ ބަލަން ފަސް ދުވަހުގެ މުހުލަތެއް ސްޕެއިނުން ދީފި

12 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ މިނިވަންކަން އިއުލާންކޮށްފިތޯ ބަލަން ފަސް ދުވަހުގެ މުހުލަތެއް ސްޕެއިނުން ދީފި
05 ސެޕްޓެމްބަރު 2017

ވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަހުގެތެރޭ 123000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް

05 ސެޕްޓެމްބަރު 2017
ވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަހުގެތެރޭ 123000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް
29 އޯގަސްޓު 2017

އިންޑިއާގެ ފާދިރީ ރަމް ރަހީމްގެ މައްޗަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި

29 އޯގަސްޓު 2017
އިންޑިއާގެ ފާދިރީ ރަމް ރަހީމްގެ މައްޗަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި
23 އޯގަސްޓު 2017

ހައްޖުގެ މުނާސަބަތުގައި ސްޓޭމްޕެއް ނެރެފި

23 އޯގަސްޓު 2017
ހައްޖުގެ މުނާސަބަތުގައި ސްޓޭމްޕެއް ނެރެފި
01 އޯގަސްޓު 2017

މަގާމު ހަވާލުކުރިތާ 10 ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ވަކިކުރައްވައިފި

01 އޯގަސްޓު 2017
މަގާމު ހަވާލުކުރިތާ 10 ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ވަކިކުރައްވައިފި
23 ޖުލައި 2017

ދެދުވަހުގެ ދަތުރުފުޅެއްގައި އުރުދުޣާން ގަލްފަށް

23 ޖުލައި 2017
ދެދުވަހުގެ ދަތުރުފުޅެއްގައި އުރުދުޣާން ގަލްފަށް
11 ޖުލައި 2017

ހިއުމަން ރައިޓްސް އެކްޓިވިސްޓް ނަބީލް ރަޖަބަށް ދެއަހަރު ދުވަހުގެ ޖަލު ހުކުމެއް!

11 ޖުލައި 2017
ހިއުމަން ރައިޓްސް އެކްޓިވިސްޓް ނަބީލް ރަޖަބަށް ދެއަހަރު ދުވަހުގެ ޖަލު ހުކުމެއް!
29 މެއި 2017

ސްރީ ލަންކާއިން ބައިނަލްއަގުވާމީ އެހީތެރިކަަމަށް އެދިއްޖެ

29 މެއި 2017
ސްރީ ލަންކާއިން ބައިނަލްއަގުވާމީ އެހީތެރިކަަމަށް އެދިއްޖެ
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް