Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

31 ވަނަ ދުވަހުގެ ޔައުމިއްޔާގައި މަޖިލީހުގެ ޤަވައިދުގައި ނުވެސް ނެތް މާއްދާއެއް!

3 އޯގަސްޓު 2017 | ބުރާސްފަތި 13:11

ޔައުމިއްޔާ ބަލައި ނުގަތުމަށް އެމްޑީޕީން ވަނީ ނިންމާފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 3 އޯގަސްޓު 2017 | ބުރާސްފަތި 13:11
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގެ ޔައުމިއްޔާގައި ބޮޑެތި މައްސަލަތަކެއް ހުރުމުން، އެ ޔައުމިއްޔާ ބަލައިނުގަތުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން ނިންމައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ނިމިގެން ދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގެ ޔައުމިއްޔާގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށެވެ. އަދި އެ މައްސަލަތައް އެގޮތަށް ހުރުމުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެދުވަހަށް މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލަތައް ރިޔާސަތުން ބޭރުކޮށްލައްވައިފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށްކަން އެނގޭ ކަމަށެވެ.

Advertisement - newsAdvertisement

ޖުލައި 31 ވަނަ ދުވަހުގެ މަޖިލިސް ޖަލްސާގެ ޔައުމިއްޔާގައިވާ ބޮޑު ދެ މައްސަލައެއް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ސިޓީގައި ވަނީ ފާހަގަ ކޮށްފައެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި އެ ސިޓީގައި ފާހަގަކޮށްފައިވަނީ:

ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، މުޙައްމަދު ރަޝީދު ޙުސައިން ހުށަހެޅުއްވި ކުއްލި މައްސަލަ، ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައިގަނެވެން ނެތް ސަބަބަކީ "ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 148 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ސިފަތައް ފުރިހަމަ ނުވާތީ" ކަމަށް ރިޔާސަތުން ވިދާޅުވެފައިވާއިރު، އެ މާއްދާގައި (ކ) ގެ ނަމުގައި އަކުރެއް އެކުލެވިގެން ނުވުން

ޔައުމިއްޔާގައި ރިޢާޔަތް ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 148 ވަނަ މާއްދާގައި، މާއްދާގެ މައިގަނޑު ޖުމްލައިގެ އިތުރުން، އިތުރު އެއްވެސް އަކުރެއް ހިމެނިފައެއް ނުވެއެވެ. "ކުއްލި މައްސަލައެއްގެ ނަތީޖާ"، މި ސުރުހީގެ ދަށުން ލިޔެފައިވާ މި މާއްދާގައި ބުނެފައިވަނީ؛ "ކުއްލި މައްސަލައެއްގައި ވޯޓެއް ނެގުމެއް ނުވަތަ ޤަރާރެއް ފާސްކުރުމެއް ނުވަތަ އެނޫންވެސް ނިންމުންތަކެއް ނިންމުމެއް ނޯންނާނެއެވެ. އެ މައްސަލައިގެ ބަހުސުން ދޭހަވަނީ، މެންބަރުންގެ ޚިޔާލު، މައްސަލައިގައި ހުރިގޮތެވެ."، މިހެންނެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ސިޓީގައި ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ؛

ގަލޮޅު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙުމަދު މަޚްލޫފް ހުށަހެޅުއްވި މަޖިލީހުގެ އިމްތިޔާޒުގެ މައްސަލަ ބަލައިގަނެފައިނުވާ ސަބަބަކީ، "ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 157 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ ޝަރުތު ފުރިހަމަނުވާ" މައްސަލައެއްކަމަށްވުމާއި އެގޮތުން، "ވޭތުވެދިޔަ 7 ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަކާގުޅޭ މައްސަލައެއް ކަމަށްވުން ލާޒިމު" ކަމަށް ރިޔާސަތުން ވިދާޅުވެފައިވާއިރު، އެ މައްސަލައިގެ އަސްލު ބިނާކޮށްފައިވާ ހާދިސާ ހިނގާފައިވުމާއި، އަދި އެ ހާދިސާ ހިނގާފައި ވަނީ، 24 ޖުލައި 2017 ވަނަ ދުވަހު ކަމަށްވެފައި، އަޙްމަދު މަޚްލޫފް އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ، 30 ޖުލައި 2017 ވަނަ ދުވަހުގައިކަން ރަނގަޅަށް އެނގެން އޮތުމާއި އެހެންކަމުން އެ މައްސަލައަކީ އަސްލު ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ބިނާކޮށް 7 ދުވަހުގެ ތެރޭގައި ހުށަހަޅުއްވާފައިވާ މައްސަލައެއްކަމަށްވުން

މި ކަންކަން މިހެން ހުރުމުން، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގެ ޔައުމިއްޔާ ބަލައިނުގަންނަ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!

14 ފެބުރުއަރީ 2017
ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް