ނީލަން ފިހާރަ ހިންގުމަށް ހުޅުމާލެ ފޭސް-1 އިން ބިން ހަމަޖައްސައިފި
7 މާރިޗު 2024 | ބުރާސްފަތި 09:11މިވަގުތު ކުރިއަށްދަނީ އިން ވަކި ކުރުމުގެ މަސައްކަތް


ނީލަން ފިހާރަ- ފައިލް ފޮޓޯ
ނީލަން ފިހާރަ ހިންގުމަށް ހުޅުމާލެ ފޭސް-1 އިން ބިން ހަމަޖައްސައިފިއެވެ.
ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވީ މާލޭގައި ހިންގަމުން އައި ނީލަން ފިހާރަތައް އަލުން ފެށޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ ގޮތުން ހުޅުމާލެ ފޭސް-1 ގެ އިންޑަސްޓްރިއަލް ސަރަހައްދުން ވަގުތީ ބިމެއް ހަމަޖައްސާފައިވާ ކަމަށެވެ.
މިވަގުތު ކުރިއަށްދަނީ އިން ވަކި ކުރުމާއި ފުރިހަމަ ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.
ނީލަން ފިހާރަ ހިންގުމަށް ހުޅުމާލެ ފޭސް-1 އިން ބިން ހަމަޖެއްސިކަން މިނިސްޓަރު ހައިދަރު އިއުލާން ކުރެއްވި ނަމަވެސް އެ ސަރަހައްދު ވިޔަފާރިވެރިންނަށް ބޭނުންކުރެވޭ ވަކި ދުވަހެއް ހާމަކުރައްވާފައިނުވެއެވެ.
ނީލަން ފިހާރައިގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި ގުޅިގެން އެތަން ކުރިން ހިންގި ބިމުގައި ނުހިންގޭނެ ކަމަށް ނިންމެވީ މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.







