Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަސާސީ ޚިދުމަތްތައް

މަޖިލީހުގައި ސައީދު އިންނަވަންޖެހޭ، އަސާސީ ޚިދުމަތް ކަށަވަރުކޮށްދިނުމަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވޭ: ރައީސް ސާލިހު

6 މާރިޗު 2024 | ބުދަ 17:25

ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް ކުރި މަސައްކަތް ކާމިޔާބު

އަމްނާ އިމާދު
އަމްނާ އިމާދު | 6 މާރިޗު 2024 | ބުދަ 17:25
މަޖިލިސް20- ގައްދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އަހުމަދު ސައީދުގެ ކެންޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވާހަކަފުޅު ދައްކަވަނީ

މަޖިލިސް20- ގައްދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އަހުމަދު ސައީދުގެ ކެންޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވާހަކަފުޅު ދައްކަވަނީ

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގައި މިދިޔަ ސަރުކާރުގެ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އިންނަވަން ޖެހޭ ކަމަށާއި، އަތޮޅުތެރޭގެ ރައްޔިތުންނަށް އަސާސީ ޚިދުމަތް ކަށަވަރުކޮށްދިނުމަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް އެބޭފުޅާ ކުރައްވާފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ މަޖިލިސް20- ގައްދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އަހުމަދު ސައީދުގެ ކެންޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ރައީސް ސާލިހު ވިދާޅުވީ ސައީދުއަކީ އެމްޑީޕީގެ ސީދާ ސިޔާސަތުތައް ތަންފީޒު ކުރެއްވުމުގައި ދެގޮތެއް ނުވެ މިހިސާބަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި، އެމްޑީޕީ އުފެދުނީއްސުރެ ރާއްޖޭގެ ތަރައްގީއަށް ކުރަމުން ދިޔަ މަސައްކަތުގެ ކުރީ ސަފުގައި އިސްވެ އުޅުއްވި ބޭފުޅެއް ކަމަށެވެ. އަދި މިދިޔަ ފަސް އަހަރުގެ ތެރޭގައި ސައީދު ވަރަށް ގިނަ މަސައްކަތް ކުރެއްވިކަން ރައީސް ސާލިހު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ފެނަކައަށް އިޝާރާތް ކުރައްވައި ރައީސް ސާލިހު ވިދާޅުވީ ފެނަކަ ވަކި ބޭފުޅަކާއި ހަވާލުކުރެއްވުމަށް ވަރަށް ބޮޑަށް ވިސްނަންޖެހުނު ކަމަށާއި، އެންމެ ރަނގަޅު ބޭފުޅަކަށް އިހުތިޔާކުރެވުނީ ސައީދު ކަމަށެވެ.

ރައްޔިތުންނަށް އަަސާސީ ޚިދުމަތްތައް ގާއިމްކުރުމަށް ކުރަންޖެހުނު މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންގެ ފަރާތުން އެންމެ ބޮޑަށް އަންނަ އެއް ޝަކުވާއަކީ ކަރަންޓުގެ ޚިދުމަތް ރަނގަޅަށް ނުލިބޭ ކަމުގެ ޝަކުވާ ކަމަށާއި، ރޯދަމަސް ތެރޭގައި މިޝަކުވާތައް ގިނަވާ ކަމަށެވެ. އެގޮތުން ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވެ، ރައްޔިތުން އެދޭ ފަދަ ޚިދުމަތްތަކެއް ފޯރުކޮށްދެވިފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މިއަދުގެ ސަރުކާރަށް ރައީސް ސާލިހު ވަނީ ފާާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިސަރުކާރު ވެރިކަމަށް އަންނަންވެގެން ރައްޔިތުންނަށް ދެއްކި ހުވަފެނާއި ހެދި ދޮގުތަކާއި އޮޅުވާލި އޮޅުވާލުންތަކާއި މިއަދު ރައްޔިތުންނަށް ހާމަވާ ކަމަށާއި، ގޯހެއް ހެދިއްޖެކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ މި ގޯހުން ސަލާމަތްވުމަށް މަސައްކަތް ކުރުމަށް ރައްޔިތުން ތިބީ ތައްޔާރަށް ކަމަށާއި، ގައުމު ހަމަމަގަށް އެޅުވުމަށް މަޖިލިސް އިންތިޚާބުގެ މެޖޯރިޓީ އެމްޑީޕީން ހޯދަންޖެހޭ ކަމަށެވެ. އަދި މި މަޖިލީހުގެ އިންތިޚާބު ގިނަ ގޮނޑިތަކެއް ލިބޭނެ ކަމާއިމެދު ޝައްކުނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ 20 ވަނަ ރައްޔިތުން މަޖިލިސް ފުރިހަމަވެގެންދާނީ އެ މަޖިލީހުގައި ސައީދު ވެސް ހުންނަވައިގެން ކަމަށާއި، އެކަމަށް ރައްޔިތުން މަސައްކަތްކޮށްދޭން ޖެހޭ ކަމަށެވެ. އަދި މިފަހަރުގެ އިންތިޚާބުގައި ގައްދޫ ދާއިރާގެ ގޮނޑި ސައީދަށް ހޮއްވައިވައިދެއްވުމަކީ ރައީސް ސާލިހު ވަނީ އިލްތިމާސްކުރައްވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017
ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް