Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކެނދިކުޅުދޫ ކައުންސިލުގެ ބަޔާނުގެ މައްސަލަ

އެލްޖީއޭން ކެނދިކުޅުދޫ ކައުންސިލުގެ ބަޔާން ބާތިލުކުރުމަށް އަންގާފައިވަނީ އެކަން އެގޮތަށް ނުކުރުމަށް ލަފާދީފައިވަނިކޮށް: އުޝާމް

އެލްޖީއޭގެ މަސްއޫލިއްޔަތަކީ ކޮބައިކަމާއި، މަސްއޫލިއްޔަތު އަދާކުރަންޖެހޭނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 6 މާރިޗު 2024 | ބުދަ 12:21
އެޓަރނީ، ޖެނެރަލް އަހުމަދު އުޝާމް

އެޓަރނީ، ޖެނެރަލް އަހުމަދު އުޝާމް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ން ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރުމަށް އަންގާފައިވަނީ އެކަން އެގޮތަށް ނުކުރުމަށް ލަފާދީފައިވަނިކޮށް ކަމަށް، އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އޭޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ ކައުންސިލްތަކަށް ވެސް މެންޑޭޓްތަކެއް ހަވާލުކޮށްފައި ވާކަމަށާއި، އެއީ ގާނޫނު އަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިކޮށްފައިވާ ޒިންމާތަކާއި ވާޖިބުތަކެއް ކަމަށެވެ. ހަމައެއާ އެއްގޮތަށް، އެލްޖީއޭގެ މަސްއޫލިއްޔަތަކީ ކޮބައިކަމާއި މަސްއޫލިއްޔަތު އަދާކުރަންޖެހޭނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައި ވާކަމަށެވެ.

Advertisement - newsAdvertisement

އުޝާމް ވިދާޅުވީ ކައުންސިލަކުން ގާނޫނު އަސާސީއާ ޚިލާފަށް ކަމެއް ކުރާނަމަ އެލްޖީއޭއަށް އެ މައްސަލަ ބެލޭނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި ފިޔަވަޅެއް އެޅޭނީ އެ ޕްރޮސަސްއެއް ފުރިހަމަކުރުމަށްފަހު ކަމަށް އުޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން އުޝާމް ވިދާޅުވީ ކެނދިކުޅުދޫ ކައުންސިލަށް ބަޔާން ބާތިލުކުރަން އެލްޖީއޭން އެންގުމުން، އެލްޖީއޭއަށް ގާނޫނީ ލަފާ ދޭންޖެހެނީ އޭޖީން ކަމަށްވާތީ، އެގޮތަށް ބަޔާން ބާތިލުކުރަން ނުއެންގޭނެ ކަމަށް އެލްޖީއޭއަށް ލަފާ އަރުވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި ރަށްތަކަށް ވަޑައިގެން ސިޔާސީ ކެމްޕޭނު ކުރައްވާތީ އެކަން ކުށްވެރިކޮށް ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނުބަޔާނުންއަރައިގަތީ ރައީސްގެ ކަރާމާތަށް ކަމަށާއި، އެ ބަޔާން ބާތިލްކުރުމަށް އެލްޖީއޭން އެ ކައުންސިލަށް ވަނީ އަންގާފައެވެ.

މި އެންގުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ، އެލްޖީއޭން ދިން އިންޒާރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅައި، ބަލާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ޚުދުމުޚުތާރު ވެރިކަމަކާ ދިމާއަށް ކުރަމުންދާ މަސައްކަތުގައި އެލްޖީއޭން ބައިވެރިވެފައި ވާކަަމަށެވެ. 

އެލްޖީއޭން ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލުކުރުމަށް އެންގިނަމަވެސް، 4 މާރިޗް 2024 ވީ ހޯމަ ދުވަހު ވަނީ އެ ބަޔާން ބާތިލު ކުރެވެން ނެތްކަމަށް ނިންމާފައެވެ.

އިތުރަށް ކިޔާލަން

28 މާރިޗު 2017

ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ

28 މާރިޗު 2017
ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ
26 ފެބުރުއަރީ 2017

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް
23 ފެބުރުއަރީ 2017

ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ
19 ފެބުރުއަރީ 2017

މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

19 ފެބުރުއަރީ 2017
މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި
06 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު