Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

އިންޓަ އިން 15 ޕޮއިންޓަށް ލީޑު ފުޅާކޮށްފި

އިންޓަ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 27 މެޗުން 72 ޕޮއިންޓު ހޯދައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މާރިޗު 2024 | އަންގާރަ 08:43
އިންޓަ އިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު އަސްލާނީ އުފާ ފާޅުކުރަނީ

އިންޓަ އިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު އަސްލާނީ އުފާ ފާޅުކުރަނީ

އިޓާލިއަން ލީގުގައި ޖެނޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަ މިލާނުން އެއް ވަނައިގައި 15 ޕޮއިންޓަށް ލީޑު ފުޅާކޮށްފި އެވެ.

ހޯމަ ދުވަހުގެ ރޭ އިންޓަގެ އަމިއްލަ ދަނޑުގަައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. އިންޓަ އަކީ މި ސީޒަންގެ އިޓާލިއަން ލީގުގައި އެންމެ ރަނގަޅު ނަތީޖާ ނެރެމުން އަންނަ ޓީމެވެ.

މެޗުގައި އިންޓަ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި އިންޓަ އަށް ލީޑު ނަގައިދިނީ ކްރިސްޓަން އަސްލާނީ އެވެ. އޭނާ އެ ލަނޑު ޖެހީ އެލެކްސިސް ސަންޗޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ އަށް މިނެޓު ފަހުން އިންޓަ އަށް ލިބުނު ޕެނަލްޓީއެއްގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ސަންޗޭޒް އެވެ. މެޗުގެ ދެ ވަނަ ހާފުގައި ޖެނޯގެ ހަމައެކަނި ލަނޑު ޖެހީ ޔޯހާން ވަޒްކުއޭޒް އެވެ.

މޮޅާއެކު އިންޓަ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 27 މެޗުން 72 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ޔުވެންޓަސް އަށް ލިބެނީ 57 ޕޮއިންޓެވެ. ދެ ޓީމުގެ ދެ މެދުގައި 15 ޕޮއިންޓުގެ ފަރަގެއް އޮތްއިރު، މި ސީޒަންގެ އިޓާލިއަން ލީގު ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ ވެސް އިންޓަ އެވެ. މިހާތަނަށް ލީގުގައި އެ ޓީމު ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ

19 ފެބުރުއަރީ 2017
އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ
18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު