Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިއަލް އެސްޓޭޓް ވިޔަފާރި

ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު މަޖިލީހަށް ހުށަހަޅައިފި

5 މާރިޗު 2024 | އަންގާރަ 08:47

ރިއަލް އެސްޓޭޓް ދާއިރާ ކުރި އެރުވުމާއި ޤާނޫނު ތަންފީޒުރުމުގެ މަސްޢޫލިއްޔަތު އަދި މޮނިޓަރ ކުރުން ފަދަ މުހިންމު ކަންކަމުގެ ތަފްސީލު ވަނީ މި ބިލުގައި ހިމަނާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 5 މާރިޗު 2024 | އަންގާރަ 08:47
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވާފައި ވަނީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާންއެވެ.

Advertisement - newsAdvertisement

މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާ ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް، އެ ވިޔަފާރި ހަރުދަނާކޮށް ކުރިއެރުވުން ކަމަށް ބިލުގައި ވަނީ ބުނެފައެވެ. އަދި ހާމަކަން ބޮޑު ޖަވާބުދާރީ ކުރުވޭނެ ނިޒާމެއްގެ ދަށުން އެ ވިޔަފާރި ހިންގޭނެ މަގުފަހިކުރުމަށްޓަކައި މަަސައްކަތް ކުރުމަކީ ވެސް މި ބިލުގެ މަޤްސަދެކެވެ. އަދި މި ބިލު ޤާނޫނަކަށް ވެގެން އަންނަ އިރު ރިއަލްއެސްޓޭޓް ދާއިރާގެ އިތުރު އުސޫލުތަކެއް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލާނެއެވެ. އޮނިގަނޑު އެކުލަވާލާ ކަންކަމުގެ ތެރޭގައި

- ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ޕްރޮމޯޓަރުންނާއި ޑިވެލޮޕަރުން ރަޖިސްޓްރީކުރުމުގެ އުސޫލްތަކާއި އެފަދަ މަޝްރޫޢުތައް ހިންގުމުގައި އެ ފަރާތްތަކުގެ ޒިންމާ ބަޔާންކުރުން

- ރިއަލް އެސްޓޭޓް ޕްރޮޖެކްޓްތަކުން ތަރައްޤީކުރާ ތަންތަން ގަންނަ ފަރާތްތަކުގެ މަސްލަހަތު ރައްކާތެރިކުރުމުގެ އުސޫލު ބަޔާންކުރުން

- ރިއަލް އެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުން ޝަކުވާ ހުށަހެޅުމާއި ޤާނޫނާ ޚިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމްކުރުމާއި ބެހޭ އުސޫލްތައް ބަޔާންކުރުން ހިމެނެއެވެ.

މި ބިލު އެކުލަވާލާފައި ވަނީ 10 ބާބުގެ މައްޗަށެވެ. އަދި ބިލުގައި 64 މާއްދާ ހިމެނެއެވެ.

މި ބިލުގައި ރިއަލް އެސްޓޭޓާއި ގުޅޭ ވިޔަފާރިތަކުގެ ގިނަ ތަފްސީލްތަކެއް ހިމަނާފައިވެއެވެ. އެގޮތުން ރިއަލް އެސްޓޭޓަކީ ކޮބާކަމާއި، މަހްފޫމްތަކުގެ އަސާސް ތަފްސީލުކޮށް ބުނެދީފައިވެއެވެ. ހަމައެހެންމެ ރިއަލް އެސްޓޭޓް ޕްރޮޖެކްޓްތަކަކީ ކޮބާ ކަމާއި، އިމާރާތާއި، އާއްމު ސަރަހައްދާއި، އާއްމު ވަސީލަތް، އެލޮޓްމެންޓުން، ޑިވެލޮޕަރ، ޔުނިޓުގެ ވެރި ފަރާތް، ޔުނިޓުގެ ވެރިފަރާތް، ޔުނިޓުގެ ވެރިފަރާތުގެ ޖަމިއްޔާ، ޕްރޮމޯޓަރަކީ ކޮބައިކަމާއި އެ ފަރާތްތަކުގެ ދައުރު ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ ރިއަލް އެސްޓޭޓް ދާއިރާ ކުރި އެރުވުމާއި، ޤާނޫނު ތަންފީޒުރުމުގެ މަސްޢޫލިއްޔަތު އަދި މޮނިޓަރ ކުރުން ފަދަ މުހިންމު ކަންކަމުގެ ތަފްސީލު ވަނީ މި ބިލުގައި ހިމަނާފައެވެ. މި ބިލުގައި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހައްގުތަކަށް ވެސް އަލިއަޅުވާލާފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
26 ފެބުރުއަރީ 2017

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް
24 ފެބުރުއަރީ 2017

ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް

24 ފެބުރުއަރީ 2017
ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް
23 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

23 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!
19 ފެބުރުއަރީ 2017

ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 ފެބުރުއަރީ 2017
ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
15 ފެބުރުއަރީ 2017

މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

15 ފެބުރުއަރީ 2017
މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް