Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ ޖަލްސާ

ސަރުކާރުން މަޖިލިސް ހިންގާކަށް ބޭނުމެއް ނުވޭ، ސަރުކާރު މެންބަރުން ވަތް ނަމަ ކޯރަމް ހަމަވާނެ - ޑިމޮކްރެޓްސް

5 މާރިޗު 2024 | އަންގާރަ 07:38

އަންގާރަ ދުވަހު 09:00 ގައި ޖަލްސާ ފެށި އިރު ޖަލްސާ އަށް ހާޒިރުވެ ތިބީ އެންމެ 11 މެންބަރުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 5 މާރިޗު 2024 | އަންގާރަ 07:38
ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މި ސަރުކާރުން އެއްގޮތަކަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުން ބުނެފިއެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ސަރުކާރުން މަޖިލިސް ކުރިއަށް ގެންދަން އެހާ ބޭނުން ނުވާ ސަބަބަކީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް މަޖިލީހުން ކުރަމުންދާތީ ކަމަށެވެ. އަދި އަންގާރަ ދުވަހު މަޖިލީހަށް ހާޒިރުވި ސަރުކާރަށް ނިސްބަތްވާ މެންބަރުން ޖަލްސާ ބާއްވާ ވަގުތު ތަޅުމަށް ވަދެވަޑައިގަތް ނަމަ، ކޯރަމް ހަމަވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. ޖަލްސާ ކުރާ މާލަމަށް ވަދެވަޑައި ނުގެން ތަޅުމުން ބޭރުގައި އެ ބޭފުޅުން ތިއްބެވީ ގަސްތުގައި ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ފަހަރުގައި މެންބަރުން އެގޮތަށް އަމަލުކުރެއްވީ ޖަލްސާ ކުރާ މާލަަމަށް ހަމަވެއްޖެ ނަމަ، ޖަލްސާގެ ކޯރަމް ހަމަވެދާނެތީ ކަމަށް ވުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އާޒިމް ވަނީ ސަރުކާރުން ބޭނުން ވަނީ މަޖިލިސް ހުއްޓުވާލާފައި ބާއްވާ، ސަރުކާރުން ބޭނުންވާހާ ގޮތަކަށް ކަންކަން ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއާ ދެ ބޭފުޅުން ވެސް ވަނީ މިގޮތަށް މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ދިގުލައިގެން ދިއުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޖަލްސާތައް ނުބޭއްވުމުގެ ނާޖާއިޒު ފައިދާ ސަރުކާރުން ދަނީ ނަގަމުންކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. މަޖިލިސް ތަޅުލާފަ ނިދާފަ ތިބޭކަމުގައި ވަނީ ނަމަ، ސަރުކާރާއި މުއައްސަސާތަކަށް ވެސް އެކަމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އީވާ ވިދާޅުވީ ސަރުކާރަށް ފާރަވެރިވުމުގެ ޒިންމާ މަޖިލީހުން އަދާކުރަން ޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ ސަރުކާރުން ވެސް އަދި މުއައްސަސާތަކުން ވެސް ބޭނުންވާ ގޮތަކަށް އެ މުއްދަތުގެ ތެރޭގައި ކަންކަން ކުރުމަށް ފުރުސަތު ލިބެމުންދާ ކަމަށެވެ. މިހާރު ވެސް މަޖިލީހުގައި މުހިންމު ބިލްތަކާއި ގަރާރު އަދި މައްސަލަތައް ހުރިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ބޯހިޔާވަހިކަމާއި، ދައުލަތުގެ ޚަރަދު، ސޮވަރިން ފަންޑު އަދި ޤާނޫނު އަސާސީ އަށް އިސްލާހު ގެނައުން ފަދަ މުހިންމު މަސައްކަތްތައް މި ވަގުތު ވެސް މަޖިލީހުގައި އެބަ އޮތް ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ. އީވާ ވިދާޅުވީ މަޖިލީހުގެ ދައުރުގެ ބާކީ އޮތީ ދެ މަސް ދުވަސް ކަމަށާއި މަސައްކަތްތައް ނިންމުން އަވަސްކުރަން ޖެހޭ ކަމަށެވެ.

އަންގާރަ ދުވަހު 09:00 ގައި ޖަލްސާ ފެށި އިރު ޖަލްސާ އަށް ހާޒިރުވެ ތިބީ އެންމެ 11 މެންބަރުންނެވެ. ދެވަނަ ފަހަރު ޖަލްސާ ފެށުމަށް މެންބަރުން ހަމަވޭތޯ 9:30އާ ހަމައަށް ބަލާފައިވެއެވެ. އެއަށް ފަހު ރިޔާސަތުން ވަނީ އަންގާރަ ދުވަހުގެ ޖަލްސާއަށް މަޖިލީހުގެ ގަވާއިދު ބުނާ އަދަދަށް މެންބަރުން ހަމަނުވާތީ ނުބޭއްވޭނެ ކަމަށް އިޢުލާންކުރައްވާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް