Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަނގުރާމަ ހުއްޓާލުމަށް ޑީ-8 އިން ގޮވާލުން

ރަމަޟާން މަހުގެ ކުރިން ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ޑީ-8 ގެ ވެރިޔާ ގޮވާލައްވައިފި

5 މާރިޗު 2024 | އަންގާރަ 03:31

ޑީ-8 ބްލޮކްގައި ހިމެނެނީ ބަންގްލަދޭޝް، މިސްރު، އިންޑޮނޭޝިއާ، އީރާން، މެލޭޝިއާ، ނައިޖީރިއާ، ޕާކިސްތާން އަދި ތުރުކީ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 5 މާރިޗު 2024 | އަންގާރަ 03:31
ކޮންމެދުވަހަކުވެސް އެތައްބައެއްގެ ފުރާނަ ޣައްޒާގައި ދަނީ ގެއްލެމުން

ކޮންމެދުވަހަކުވެސް އެތައްބައެއްގެ ފުރާނަ ޣައްޒާގައި ދަނީ ގެއްލެމުން

އަންނަ ހަފުތާގައި ފެށޭ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ޑީ-8 އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަންގެ ވެރިޔާ ގޮވާލައްވައިފިއެވެ.

އަންތާލިއާ ޑިޕްލޮމަސީ ފޯރަމްގެ ހަވާސާގައި ސެކްރެޓަރީ ޖެނެރަލް އިމާމް އިސިއާކާ އަބްދުލްޤާދިރު އަނާޑޯލު އެޖެންސީއަށް ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް ރަމަޟާން މަހުގެ ކުރިން ހައްލެއް ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 30،000 އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާއަށް އިޝާރާތް ކުރައްވައި އިމާމް ވިދާޅުވީ މިއީ ވަރަށް ހިތާމަވެރި އަދި ކަންބޮޑުވާ ކަމެއް ކަމަށެވެ.

ނައިޖީރިއާގެ ޑިޕްލޮމެޓް އިމާމް ޤާދިރު ވިދާޅުވީ އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ހޫނުވެ، ޣައްޒާއަށް އިންސާނީ އެހީ ގެނައުމަށް ޑީ-8 ކޮމިޝަނުން މީގެ ކުރިން ވެސް ގޮވާލައިފާ ކަމަށެވެ.

ޑީ-8 ބްލޮކްގައި ހިމެނެނީ ބަންގްލަދޭޝް، މިސްރު، އިންޑޮނޭޝިއާ، އީރާން، މެލޭޝިއާ، ނައިޖީރިއާ، ޕާކިސްތާން އަދި ތުރުކީއެވެ. ޖަކާޓާގައި ހުންނަ އެ ޖަމިއްޔާގެ ސެކްރެޓޭރިއަޓްގެ އަމާޒަކީ މެންބަރު ގައުމުތަކުގެ މެދުގައި އިގްތިސާދީ ގޮތުން ގުޅުން ބަދަހިކުރުމެވެ.

އިމާމު ވަނީ މިއަހަރު ތުރުކީން އިންތިޒާމުކޮށްގެން ބާއްވާ އެންޓަލިއާ ޑިޕްލޮމަސީ ފޯރަމަކީ އެހެން ބޮޑެތި ސަމިޓްތަކާ އަޅާބަލާއިރު ދުނިޔޭގެ މައްސަލަތަކާ ބެހޭ ގޮތުން ހުޅުވާލެވިފައިވާ ބައިނަލްއަގްވާމީ މުހިންމު ޕްލެޓްފޯމެއްގެ ގޮތުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ފޯރަމެއް ކަމަށް ވިދާޅުވެ ތައުރީފް ކުރައްވާފައެވެ.

މީގެ ދެ އަހަރު ކުރިން ޑީ-8 ގެ ލީޑާޝިޕާ ހަވާލުވެވަޑައިގެންނެވި ފަހުން ވިޔަފާރީގެ ތަފާސް ހިސާބުތައް ވަރަށް ބޮޑަށް ރިބައުންޑްވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން ބޯޑަރު ހުރަސްކޮށް ޣައްޒާއަށް އަރައިގަތުމާ ގުޅިގެން އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި ހަމަލާތަކެއް ދޭން ފަށައިފަ އެވެ.

ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގެ ވަގުތީ ހުކުމާ ހިލާފަށް އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ކުރިއަށް ގެންގޮސްފައިވާއިރު، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ 30،410 މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި 71،700 މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ބުނެއެވެ.

އިސްރާއީލުން ވަނީ ޣައްޒާގެ އާބާދީ، ހާއްސަކޮށް ޣައްޒާގެ އުތުރުގެ ރައްޔިތުން ބަނޑަށް ޖައްސައި، ޣައްޒާއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.

އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ދޫކޮށް ގޮސްފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދ.އިން ބުނެއެވެ.

ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ތުހުމަތުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު އެކޯޓުން ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ހުއްޓާލައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަންގާފައެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
14 ފެބުރުއަރީ 2017

ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

14 ފެބުރުއަރީ 2017
ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް