Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސްގެ ކެމްޕޭން ދަތުރުފުޅު

ރަސްމީ ދަތުރުފުޅުގެ ނަމުގައި ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލައްވާ ރައީސް މާލެ ވަޑައިގެންފި

ރައީސް އޮފީހުން އަންގައިގެން ކައުންސިލްތަކަށް ލިޔެގެން ކައުންސިލްތަކުގެ ހަރަދުގައި ކެމްޕޭން ޖަލްސާތައް އިންތިޒާމްކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 މާރިޗު 2024 | ހޯމަ 17:50
ކެމްޕޭން ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެން އެއަރޕޯޓުން ނައިބު ރައީސާއި ސަލާމް ކުރައްވަނީ

ކެމްޕޭން ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެން އެއަރޕޯޓުން ނައިބު ރައީސާއި ސަލާމް ކުރައްވަނީ

ރައްޔިތުންނާއި ބައްދަލުކުރައްވަންކަމަށް ވިދާޅުވެ ރަސްމީ ދަތުރުފުޅުގެ ނަމުގައި ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ރ.އަތޮޅާއި ބ.އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، މި ދެ އަތޮޅުގެ ގިނަ ރަށްތަކުގެ ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވައި އަދި 2 އަތޮޅުގެ އަތޮޅު ކައުންސިލާވެސް ބައްދަލުކުރެއްވިއެވެ. އަދި މި ބައްދަލުކުރެއްވުންތަކުގައި އެމަނިކުފާނު ވަނީ އެ ރަށްތަކާއި އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ނަމުގައި، ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއިދު ހޯދުމުގެ ގޮތުން، ރައީސް އޮފީހުން އަންގައިގެން ކައުންސިލްތަކަށް ލިޔެގެން ކައުންސިލްތަކުގެ ހަރަދުގައި ކެމްޕޭން ޖަލްސާތައް އިންތިޒާމްކުރައްވާ ކެމްޕޭން ކުރައްވާފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލްކުރަން އެލްޖީއޭއަށް އަންގައި، އެލްޖީއޭއިން ވަނީ ލާމަރުކަޒީ ނިޒާމާއި ރޫހާ ހިލާފަށް ކައުންސިލަށް އިންޒާރުވެސްދީފައެވެ. ލާމަރުކަޒީ ނިޒާމަށް މީގެ ކުރިން ތާއިދުކޮށް، އެ ނިޒާމަކީ ރާއްޖެއަށް އެންމެ އެކަށޭނެ ނިޒާމްކަމަށް ވަކާލާތު ކުރި އެލްޖީއޭގެ ސީއީއޯ ޒުލްފާ ވަނީ ކައުންސިލުން ނެރުނު ބަޔާން އަނބުރާ ނެގުމަށް ކައުންސިލަށް އިންޒާރުދީފައެވެ.

މީގެ އިތުރުން ވެރިންނަށް މަރުހަބާ ދެންވުމަށް ދަރިވަރުން ނުނެރުމަށް މިދިޔަ ސަރުކާރުން އެންގި އެންގުން ބާތިލްކޮށް މި ސަރުކާރުން ވަނީ ރައީސްގެ ކެމްޕޭން ދަތުރުފުޅުތަކުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ދަރިވަރުންވެސް ނެރެފައެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިގެން މިހާރު ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނޭގޮތާއިމެދުވެސް އެމަނިކުފާނު މަޝްވަރާކުރެއްވިއެވެ. އަދި މިކަންކަމުގެ ނިވަލުގައި ދައުލަތުގެ ހަރަދުގައި ބޮޑު ކެމްޕޭނެއް ވަނީ ފައްޓަވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ ތެރޭގައި ކަމާއި ނުބެހޭ ފަރާތްތަކާއި، ސިޔާސީ އެކްޓިވިސްޓުންނާއި، ސަރުކާރުގެ ކެންޑިޑޭޓުން ހިމެނެއެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެމްޑީޕީގެ ވެފުދެއް އދ އަތޮޅަށް

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެމްޑީޕީގެ ވެފުދެއް އދ އަތޮޅަށް
16 ފެބުރުއަރީ 2017

ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި

16 ފެބުރުއަރީ 2017
ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި
16 ފެބުރުއަރީ 2017

"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ

16 ފެބުރުއަރީ 2017
"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ
15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު