Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ ސިފައިން ބޭލުން

އިންޑިއާ ސިފައިން ރާއްޖެއިން ބާލާނެކަމަށް ރައީސް ދައްކަވާ ވާހަކަފުޅުތަކަށް އަމީރުގެ ވަރުގަދަ ރައްދެއް

4 މާރިޗު 2024 | ހޯމަ 08:06

އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗް މާޗް މަހުގެ 10 ވަނަ ދުވަހު ދެވަނަ ބެޗް މެއި 10ގެ ކުރިން ފައިބާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 4 މާރިޗު 2024 | ހޯމަ 08:06
ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ރާއްޖެއިން އިންޑިއާ ސިފައިން ބާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދައްކަވާ ވާހަކަފުޅުތަކަށް ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އިންޑިއާ ސިފައިން ބޭލުމާއި ގުޅޭގޮތުން ރައީސް މުއިއްޒު ތަކުރާރުކޮށް ދައްކަވާ ވާހަކަފުޅުތައް އަނެއްކާ ވެސް މިވަނީ ތަކުރާރު ކުރައްވާފައެވެ. ރަސްމީ ދަތުރެއްގެ ނަމުގައި އާދިއްތަ ދުވަހުގެ ރޭ ބ. އޭދަފުށީގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އިންޑިއާ ސިފައިން ރާއްޖޭން ފޮނުވައިލުމުގެ މަސައްކަތް އޮތީ ކާމިޔާބުވެފައި ކަމަށެވެ. އެގޮތުން އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗް މާޗް މަހުގެ 10 ވަނަ ދުވަހު ދެވަނަ ބެޗް މެއި 10ގެ ކުރިން ފައިބާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރާތީ، ދޮގުހަދާ މީހުންނަށް އެނގޭނީ އަނެއްކާ ވެސް ދޮގު ހަދަން ކަމަށާއި އެމީހުން އެ ފައިބަނީއެއް ނޫން ކަމަށާއި ޔުނިފޯމް ބަދަލުކޮށްލައިގެން ކުލަ ހެދުމުގައި އަންނަނީއޭ ކިޔާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ހިތްތަކުގައި ޝައްކު އުފެދޭ ގޮތަށް ދޮގު ފެތުުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ރައްޔިތުންނަކީ ލޯކުރިމަތިން ފެންނަ ހަގީގަތް ގަބޫލުކުރާ ބަޔަަކަށްވާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިކަންކަމާއި ގުޅޭގޮތުން ސަރުކާރުން ހާމަކުރާ މައުލޫމާތު އެމަނިކުފާނު ހާމަކުރައްވާނީ ހަގީގަތަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ މިވާހަކަފުޅުތަކަށް ރައްދު ދެއްވައި ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ މިހާރުވެސް އަދި އިއްޔެވެސް ރާއްޖޭގައި ހަތިޔާރު އެޅި މިލިޓަރީ ބަޔަކު ނެތްކަން އެންމެންނަށް މިހާރު ސާފު ކަމަށެވެ. އަދި މެއި 10 ގެ ފަހުން ހަމައެކަނި ބަދަލުވާނީ ކުރިންތިބި ބަޔެއް ލައިގެން ތިބި ހެދުން ކަމަށާއި ތިބޭނީ އެއްބަޔަކު ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ހުރި މީހަކު ބަދަލުވިޔަސް ކުރާނީ ހަމަ ކުރިންވެސް ކުރި ކަންތައްތައް ކަމަށާއި އޮޅުވާނުލުމަށް އަމީރު ގޮވާލެއްވިއެވެ.

މީގެ އިތުރުން އިންޑިއާ ސިފައިން ބޭލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ފާޑު ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އަދި މިއަދުގެ ސަރުކާރުން އެހައި ސާބިތު ގޮތެއްގައި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ނުކުރާ ކަމަށް ޔާމީން ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން އެގައުމަށް އަނބުރާ ފޮނުވާލުމަށްފަހު، ރާއްޖޭގައި ބޭނުންކުރަމުންދާ އިންޑިޔާގެ ތިން އުޅަނދު އޮޕަރޭޓްކުރަން އެގައުމުގެ އެހެން ބަޔަކު ގެންނަން ސަރުކާރުން އެއްބަސްވެފައިވަނީ 2 ފެބްރުއަރީ 2024 ގައި ބޭއްވި ހައި-ލެވެލް ކޯ ގްރޫޕު ބައްދަލުވުންތަކުގެ ދެވަނަ ބައްދަލުވުމުގައެވެ.

އިންޑިއާ ސިފައިންގެ ބަދަލުގައި އުޅަނދުތައް އޮޕަރޭޓްކުރަން އަންނަ މަދަނީ މީހުންގެ ފުރަތަމަ ގްރޫޕް 26 ފެބްރުއަރީ 2024 ގައި ރާއްޖެއަށް ވަނީ އައިސްފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ސަރުކާރުން ހާމަކޮށްފައިނުވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް