Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަލީލު އިންޑިއާއަށް

ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު އިންޑިއާއަށް ވަޑައިގެންފި

3 ޖެނުއަރީ 2025 | ހުކުރު 07:52

އިންޑިއާއަށް ވަޑައިގަތީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓް ފަދަ މުހިންމު ދާއިރާތަކުގައި ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ މަގުތައް ބަލައި ދިރާސާކުރުމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ޖެނުއަރީ 2025 | ހުކުރު 07:52
ފޮރިން މިނިސްޓަރު ހަލީލަށް އިންޑިއާއިން މަރުހަބާ ދެންނެވީ އެޑިޝަނަލް ސެކްރެޓަރީ ޕުނީތް އަގަރަވާލް

ފޮރިން މިނިސްޓަރު ހަލީލަށް އިންޑިއާއިން މަރުހަބާ ދެންނެވީ އެޑިޝަނަލް ސެކްރެޓަރީ ޕުނީތް އަގަރަވާލް

ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް އިންޑިއާއަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ކަމަށެވެ. މި ދަތުރުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއަޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ދަތުރުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ކުރިއެރުވުމަށާއި، މުހިންމު އިސްކަންދޭ ކަންތައްތަކާ މެދު މަޝްވަރާކުރުމަށާއި، އަދި ދެ ޤައުމުގެ ރައްޔިތުންގެ ފާގަތިކަމާއި މަންފާއަށްޓަކައި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ ފައިދާހުރި މަޝްވަރާތަކަކަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފޮރިން މިނިސްޓަރުގެ ދަތުރާއި ގުޅިގެން އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޚަލީލް ބުރާސްފަތި ދުވަހު އިންޑިއާއަށް ވަޑައިގަތީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓް ފަދަ މުހިންމު ދާއިރާތަކުގައި ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ މަގުތައް ބަލައި ދިރާސާކުރުމަށް 3 ދުވަހުގެ ދަތުރެއްގައި ކަމަށެވެ.

ފޮރިން މިނިސްޓަރު ޚަލީލްގެ އިންޑިއާއަށް ވަޑައިގަންނަވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ގާތްގަނޑަކަށް 3 މަސް ފަހުންނެވެ.

ހުކުރު ދުވަހު ޖައިޝަންކަރާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާ، ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުމުގެ ހުރިހާ ދާއިރާއަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާނެ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އިންޑިއާގެ ޚާރިޖީ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް 'އެކްސް' ގައި ވިދާޅުވީ އިންޑިއާ-ދިވެހިރާއްޖޭގެ މެދުގައި 'ޝާމިލު އިޤްތިޞާދީ އަދި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ޕާޓްނަރޝިޕް' އެއްގެ ވިޝަނަށް މަސައްކަތްކުރަމުން ކަމަށެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އިންޑިއާގެ މުހިންމު އަވައްޓެރިއެއް ކަމަށެވެ. އަދި ދިފާޢީ އަދި ސަލާމަތީ ދާއިރާތައް ހިމެނޭގޮތަށް ޖުމްލަ ދެޤައުމުގެ ގުޅުން ރާއްޖޭގައި ކުރިން އޮތް ސަރުކާރުގެ ދުވަސްވަރު ކުރިއަރަމުން ދިޔަ ކަމަށެވެ. މީގެ އިތުރުން ޗައިނާއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެއްގެ ގޮތުގައި މަޝްހޫރު ޑރ. މުޢިއްޒު 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސްކަމާ ޙަވާލުވުމަށްފަހު އިންޑިއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔަ ކަމަށެވެ.

މީގެ އިތުރުން ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ގަޑިއިރުތަކެއްގެ ތެރޭގައި ދިވެހިރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ފޮނުވާލުމަށް އެދިވަޑައިގަތް ކަމަށާއި، އޭގެ ފަހުން އިންޑިއާ ސިފައިންގެ ބަދަލުގައި އާންމު ރައްޔިތުން ގެނެސްފައިވާ ކަމަށެވެ.

ނަމަވެސް، މުޢިއްޒު އޮކްޓޯބަރު މަހު ދިއްލީއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާއެކު ގުޅުން ވަރުގަދަކުރުމަށް އިޤްރާރުވެވަޑައިގަތް ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު، އޭޕްރީލް މަހު "އިންޑިއާ އައުޓް" ކެމްޕޭނުގެ ދަށުން ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ 80 އިންޑިއާ ސިފައިން ބަދަލުކުރުމަށް އެދިވަޑައިގެންނެވި އެދިވަޑައިގަތުމާ ގުޅިގެން ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުން ދަށަށް ދިޔަ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް، ފާއިތުވި އޮކްޓޯބަރު މަހުން ފެށިގެން ހަރުދަނާ ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރެވުމާ ގުޅިގެން މިހާރު ގުޅުން ރަނގަޅުވަމުން އަންނަ ކަމަށް ވެސް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ޖެނުއަރީ 2 އިން 4 އަށް ޚަލީލް ކުރައްވާ 3 ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، ހުކުރު ދުވަހު އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރާ ބައްދަލުކުރައްވަން ހަމަޖެހިފައިވެއެވެ. މި ދެ ވަޒީރުން ދެޤައުމުގެ ގުޅުން މުރާޖަޢާކުރައްވައި، އިޤްތިޞާދީ، ކަނޑުގެ އަދި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމަށް އައު މިސްރާބަކަށް ގެންދެވޭނެކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ފާއިތުވި ސެޕްޓެމްބަރު މަހު އިންޑިއާއިން ދިވެހިރާއްޖެއަށް ކުއްލި މާލީ އެހީތެރިކަމެއް ފޯރުކޮށްދިނެވެ. އެގޮތުން، ފައިސާގެ ދަތިކަން ދިމާވެފައިވާ ރާއްޖެއަށް ލުޔެއް ގެނައުމަށްޓަކައި 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލެއް ގަތެވެ. މީގެ އިތުރުން ޔޫއެސް ޑޮލަރު/ޔޫރޯ ސްވޮޕް ވިންޑޯގެ ދަށުން 400 މިލިއަން ޑޮލަރަށް ވާސިލުވުމުގެ ފުރުޞަތު ދިނުމާއި، އިންޑިއަން ރުޕީ ސްވޮޕް ވިންޑޯގެ ދަށުން 30 ބިލިއަން ރުޕީ ހޯދުމުގެ ފުރުޞަތު ދިނުން ހިމެނެއެވެ. މި އިންތިޒާމު 2027 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް ދެމިއޮންނާނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް