Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކެނދިކުޅުދޫ ކައުންސިލަށް އިންޒާރު ދިނުން

ކެނދިކުޅުދޫ ކައުންސިލަށް އެލްޖީއޭއިން ދިން އިންޒާރު މައްސަލަ މަޖިލީހުން ބަލާނަން : މެންބަރު އީސަ

ސަރުކާރުން ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ކުރާ މަސައްކަތުގައި އެލްޖީއޭއިން އިން ދަނީ ބައިވެރިވަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 3 މާރިޗު 2024 | އާދީއްތަ 12:27
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ

ނ. ކެނދިކުޅުދޫ ކައުންސިލަށް ލޯކަލް ގަވަމެންޓު އޮތޯރިޓޯ (އެލްޖީއޭ) އިން ދިން އިންޒާރު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަށް ހުށަހަޅައި، ބަލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވިއަށް މެންބަރު އީސަ ވިދާޅުވީ ސަރުކާރުން ކައުންސިލްތަކުގެ ބާރު ކަނޑުވާލާ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކުރަމުންދާ މަސައްކަތުގައި އެލްޖީއޭއިން އިން ބައިވެރިވެފައިވާ ކަަމަށެވެ. ކެނދިކުޅުދޫ ކައުންސިލަށް އެލްޖީއޭއިން އިންޒާރު ދިނުމުން އެކަން ހާމަވާ ކަމަށް މެންބަރު ވިދާޅުވިއެވެ. މެންބަރު ވިދާޅުވީ އެއީ ލާމަރުކަޒީ ގާނޫނުގެ ބާރު އެކަނޑުވާލައި، ގާނޫނު އަސާސީން ލާމަރުކަޒީ ގާނޫނު މެދުވެރިކޮށް ކައުންސިލްތަކަށް ދީފައި އޮތް މިނިވަންކަން ނިގުޅައިގަތުން ކަމަށެވެ.

Advertisement - newsAdvertisement

ކެނދިކުޅުދޫ ކައުންސިލަށް އިންޒާރު ދިން މައްސަލަ ބަލާނެކަން ފާހަގަކުރައްވައި މެންބަރު ވިދާޅުވީ އެމައްސަލަ ރައްޔިތުން މަޖިލީހުގެ ކޮމެޓީއަށް ހުށަހަޅާނެ ކަމަށާއި، ކޮމެޓީއަށް އެލްޖީއޭ ހާޒިރުކުރާނެ ކަމަށެވެ. އެމައްސަލާގައި ކެނދިކުޅުދޫ ކައުންސިލް ގާނޫނާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާ މަސްއޫލިއްޔަތުގެ ތެރެއަށް ވަދެފައި އޮތް ކަމަށްވާނަމަ، އެމައްސަލައާ ގުޅިގެން ކައުންސިލަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް މެންބަރު ވިދާޅުވިއެވެ. ހަމަ އެބީދައިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެލްޖީއޭއިން ގާނޫނާ ހިލާފަށް ކެނދިކުޅުދޫ ކައުންސިލައަށް ބިރު ދައްކާ ކަމަށްވާނަމަ، އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށާއި، ކެނދިކުޅުދޫ ކައުންސިލަށް އިންޒާރު ދިން ސިޓީގައި ސޮއިކޮށްފައިވާ ފަރާތް ޖަވާބުދާރީ ކުރުވާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ވިދާޅުވީ ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނަކާއި ގުޅިގެން އެލްޖީއޭއިން އެފަދަ އިންޒާރެއް ދިނުމުގެ ކުރިން ކައުންސިލްއާއި ސުވާލުކޮށް ބަލަންޖެހޭ ކަމަށެވެ. އެފަދަ ކަމެއް ނުކޮށް އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މެންބަރު ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ ރައީސްގެ ރަސްމީ ދަތުރުފުޅުގައި ކެންޕޭންކޮށް، ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމަކީ ގާނޫނުން ތަންދޭ ކަމެއް ނޫން ކަމަށާއި، އެކަމާއި ދެކޮޅަށް ކައުންސިލުން ބަޔާނެއް ނެރުމަކީ ރައީސްގެ ކަރާމާތަށް އެރުން ނޫން ކަމަށެވެ. އަދި އެފަދަ ކަންކަމާއި ދެކޮޅަށް ތެދުވަންޖެހޭ ކަމަށް މެންބަރު ވިދާޅުވިއެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަކީ ލޯކަލް ގަވާނެންސްގެ ކަންތައްތައް ބަލަން މަޖިލީހުގައި އޮންނަ ކޮމިޓީ އެކެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު