Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ ޔޫކްރެއިން ހަނގުރާމަ

ހުޅަނގުން ޔޫކްރެއިނަށް ސިފައިން ފޮނުވައިފިނަމަ ނިއުކްލިއަރ ހަނގުރާމައެއް ފެށިދާނެ: ޕޫޓިން

1 މާރިޗު 2024 | ހުކުރު 12:38

ރަޝިޔާގެ އެންމެ މަތީ އެލީޓުންނާ ބައްދަލް ކުރައްވާ ޕޫޓިން ދެއްވި ތަގްރީރަކީ މާރޗް 17 ގައި އޮންނަ ރިޔާސީ އިންތިޚާބް ގެ ކުރިން ދެއްވި އެންމެ މުހިންމު ތަގްރީރެވެ.

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 1 މާރިޗު 2024 | ހުކުރު 12:38
ރަޝިޔާ ގެ ރައީސް ވްލަޑިމިއަރ ޕޫޓިން

ރަޝިޔާ ގެ ރައީސް ވްލަޑިމިއަރ ޕޫޓިން

ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިން ހަނގުރާމަޔަށް ސިފައިން ފޮނުވައިފި ނަމަ ނިއުކްލިއަރ ހަނގުރާމައެއްފެށިދާނެ ކަމުގެ އިންޒާރު ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ދެއްވައިފިއެވެ. ހުޅަގުން އެކަން ކުރަންވާނީ ނިއުކްލިއަރ ހަނގުރާމައެއް ފެށުނަސް ވަރިހަމަ ކޮށްގެން ކަމަށާ، ރަޝިޔާގެ ކިބައިގައި ހުޅަގުގެ އަމާޒުތަކަށް ވާސިލްވެވޭފަދަ ބާރުގަދަ ހަތިޔާރު އެބަހުރިކަމަށް ޕޫޓިން ވިދާޅުވިއެވެ.

ކޮންމެ އަހަރަކު އެއްފަހަރު ދެއްވާ ސްޓޭޓް އޮފްދި ނޭޝަން އެޑްރެސްގައި ބުރާސްފަތިދުވަހު ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވަނީ ޔޫކްރެއިން ހަނގުރާމަފެށީ ރަޝިޔާއިން ނޫންކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. އަދި ހުޅަނގުން މަސައްކަތް ކުރަމުންދަނީ ރަޝިޔާ ބަލިކަށިކޮށްލުމަށް ކަމަށް ވިދާޅުވެ ހުޅަނގުން ކަންތައް ކުރާގޮތަކުން ނިއުކްލިއަރ ހަނގުރާމައެއް  ފެށުން ގާތްކަމަށް ވިދާޅުވެ ތަކުރާރުކޮށް އިންޒާރު ދެއްވާފައި ވެއެވެ.

ހުޅަނގުން ސިފައިން ފޮނުވާ ވާހަކަ ޕޫޓިން މިދެއްކެވީ ފަރަންސޭސި ރައީސް އިމެނުއަލް މެކްރޯން ހޯމަ ދުވަހު ވިދާޅުވި ބަސްފުޅަކާ ގުޅިގެންނެވެ. މެކްރޯން ވިދާޅުވެފައިވަނީ ހުޅަނގުން ޔޫކްރެއިނަށް ސިފައިން ނުފޮނުވާނެ ކަމަށް ނުބެލެވޭ ކަމުގައެވެ. މެކްރޯން މިހެން ވިދާޅުވި ނަމަވެސް އެތައް ޔޫރަޕިއަން ލީޑަރުންނެއް ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ. ޕޫޓިން ވިދާޅުވީ ހުޅަނގުން މިހާރު ކަންތައްތައް ކުރަމުން އެދާގޮތުން ނިއުކްލިއަރ ހަތިޔާރާއެކު ހަނގުރާމަ ފުޅާވެ މުޅިދުނިޔެއަށް އެކަމުގެ ނުރައްކާއެބައޮތް ކަމަށާ އެފަދަ ހަނގުރާމައެއް ފެށިއްޖެ ނަމަ މުޅި ސިވިލިޒޭޝަން ނެތި ހިނގައިދާނެ ކަން އެމީހުންނަށް ނޭގެނީތޯ ޕޫޓިން ސުވާލު ކުރައްވާފައި ވެއެވެ. އަދި ހުޅަގުގެ ޓާގެޓް ތަކަށް ފޯރާވަރުގެ ހަތިޔާރު ރަޝިޔާއަށްވެސް ލިބިފައިވާކަން އެމީހުންވެސް ވިސްނަން ޖެހޭނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ރަޝިޔާގެ އެންމެ މަތީ އެލީޓުންނާ ބައްދަލް ކުރައްވާ ޕޫޓިން ދެއްވި ތަގްރީރަކީ މާރޗް 17 ގައި އޮންނަ ރިޔާސީ އިންތިޚާބް ގެ ކުރިން ދެއްވި އެންމެ މުހިންމު ތަގްރީރެވެ. މިއިންތިޚާންބު ބޮޑު އަޤްލަބިއްޔަތަކުން ޕޫޓިން ކާބިޔާބް ކުރައްވާ ފަސްވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެކަމަށް ދަނީ ބެލެމުންނެވެ. މިހެންވެއްޖެނަމަ 2030 ގެ ނިޔަލަށްވެސް ވެރިކަމުގައި ހުންނަވާނީ ޕޫޓިންއެވެ.

ޕޫޓިންގެ ތަގްރީރުގައި ވަނީ ޔޫކްރެއިން ހަގުރާމައިގައި ރަޝިޔާ އަސްކަރިއްޔާއިން އަދާކުރަމުންދާ ދައުރަށް ތައުރީފް ކުރައްވާފައެވެ. އަދި ހަނގުރާމަޔަށް ދެއަހަރުވީއިރު ރަޝިޔާސިފައިން  ކާމިޔާބް ހޯދަމުންދާކަމަށާ އެމީހުންގެ ފައިތިލަތައް ހުރީ ބިމުގައި ގަދަޔަށް ހިއްޕާލާފަކަމަށް ވިދާޅުވެފައިވެއެވެ.    

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

23 ފެބުރުއަރީ 2017
ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
16 ފެބުރުއަރީ 2017

ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

16 ފެބުރުއަރީ 2017
ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް