Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަތަންދެކެ ލޯބިވުން

ގައުމު ބިނާކުރުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ ވާޖިބެއް: ޚުތުބާ

1 މާރިޗު 2024 | ހުކުރު 08:00

ވަތަން ދެކެ ލޯބިވުމަކީ، އިންސާނީ ނަސްލުގެ ތަބީއަތުގައިވާ ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 1 މާރިޗު 2024 | ހުކުރު 08:00
ހުކުރު ޚުތުބާ އަޑުއަހަނީ

ހުކުރު ޚުތުބާ އަޑުއަހަނީ

ގައުމު ބިނާކުރުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ ވާޖިބެއް ކަމަށާއި، ޖަމާއަތުގެ މަސްލަހަތު އިސްކޮށް، ފަހިމަގުން ކަންކަން ހިންގަން ޖެހޭ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ވަތަންދެކެ ލޯބިވުން މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ ވަތަން ދެކެ ލޯބިވުމަކީ، އިންސާނީ ނަސްލުގެ ތަބީއަތުގައިވާ ކަމެއް ކަމަށާއި، އިސްލާމްދީނަކީ އިންސާނީ ފިތުރަތާއި، އިންސާނިއްޔަތުގެ ދީން ކަމުގައި ވާތީ، އެ ދީން މިކަމާ ދެކޮޅު ނުހަދާ ކަމަށެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ މީހެއްގެ ދީނާއި އަގީދާއަށްފަހު، އޭނާގެ ގާތުގައި އެންމެ އަގުބޮޑު އެއްޗަކީ އޭނާގެ ވަތަން ކަމަށާއި، ވަތަންދެކެ ފަހުރުވެރިނުވާ އިންސާނަކު ނުވާ ކަމަށެވެ.

އެގޮތުން އިސްރާއީލުން ފަލަސްތީނުގެ ގައްޒާ ހިސާރުކޮށް ރޭގަނޑާއި ދުވާލު އެ ބިމަށް އޮއްސަމުންދާ ބޮންތަކާއި، ޞިހްޔޫނީ ސިފައިން ދެމުންގެންދާ ހަމަލާތަކާއެކުވެސް ފަލަސްތީނުގެ ރައްޔިތުން އެ ބިމުން ނުފައިބާ ސަބަބަކީ ބިމާއި ވަތަންދެކެ ހުރި ކުލުނެއްގެ ބޮޑުކަމުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މިއީ މިއަދު ފެންނަމުންދާ ވަތަންދެކެ ލޯބިވުމުގެ ނަމޫނާ މިސާލެއް ކަމަށް ޚުތުބާގައި ބުނެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ މުޖުތަމައަށް އަމާންކަން ލިބޭނީ މުޖުތަމައުގެ ކޮންމެ ފަރުދަކު ރަނގަޅު މީހަކަށް ވެގެން ކަމަށާއި، ކޮންމެ މީހެއްގެ ވަށައިގެން ދިރިއުޅޭ މީހުންނަށް، އަމާންކަމާއި ސަލާމަތްކަން ލިބިދޭ މީހަކަށް ވެގެން ކަމަށެވެ. އަދި ކޮންމެ މީހެއްގެ މޫނުމަތިން އަނެކާއަށް ހިނިތުންވުން ލިބިދެވިގެން ކަމަށާއި، ކޮންމެ މީހަކު ވެސް މުޖްތަމައު އެއްބައިވަންތަ ކުރުމަށް އެދިގެން ކަމަށެވެ.

ރާއްޖޭގެ ބިމަކީ، ބަރަކާތްތެރި ފަސްގަނޑެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މާތް ﷲ މި ފަސްގަނޑު ސައްތައިން ސައްތަ އިސްލާމީ ފަސްގަނޑެއް ކަމުގައި ލައްވައިފައިވާ ކަމަށެވެ. މި ވަތަން މި އަގީދާއިން ބޭރަށް ލެވޭތޯ މަސައްކަތްކުރާ ޖަމާއަތްތަކާއި، ޖަމްއިއްޔާތައް ވަރަށް ގިނަކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. ޚުތުބާގައި ބުނީ މި ފަދަ ނުބައި ރޭވުންތަކުން މި ވަތަން ސަލާމަތް ކުރުމަށް، އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށާއި، މިކަމުގައި އަހަރެމެންގެ ބަސް އެއް ބަހަކަށް ހަދަންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އަހަރެމެންގެ ފަރުދީ އުނިކަން ފޫބެއްދުމަށް އެކަކުއަނެކަކަށް އެހީތެރިވެ އަޅައިލާން ޖެހޭ ކަމަށާއި، ދޭދޭ ފަރުދުންގެ މެދުގައި ހުރި ޚިލާފުތަކާއި ދެބަސްވުންތައް އެއްފަރާތްކޮށް، ޖަމާއަތުގެ މަސްލަހަތު އިސްކޮށް، ފަހިމަގުން ކަންކަން ހިންގަން ޖެހޭ ކަމަށެވެ.

ޚުތުބާގައި ބުނީ ވަތަނަށްޓަކައި ކޮންމެ މީހަކު އަދާކޮށްދޭން ޖެހޭ ވާޖިބުތަކުގެ ތެރޭގައި، ގައުމު ބިނާ ކުރުމުގައި ބައިވެރިވެ، ކޮންމެ މީހަކު ވެސް އެމީހެއްގެ ހިއްސާ އަދާކުރަންޖެހޭ ކަމަށެވެ. އަދި ގައުމު ބިނާކުރުމުގައި ބައިވެރިވުމަކީ، ﷲ އިންސާނާއާ ހަވާލުކުރައްވާފައިވާ ދުނިޔެ އާރާސްތުކުރުމުގެ މަސައްކަތުގައި ބައިވެރިވުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ ކޮންމެ މީހަކު ވެސް ގައުމު ބިނާކުރުމަށްޓަކައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ އޭނާގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށާއި، ގައުމު ބިނާކުރުމުގެ މަސައްކަތަކީ، މީހާގެ ގާބިލުކަމާއި، ހުނަރުވެރިކަމާ ގުޅިފައިވާ ކަމެއް ކަމަށެވެ.

ޚުތުބާގައި ބުނީ ސާލިހު އިންސާނުންތަކެއް ބިނާކުރުމާއި، ކޮންމެ މީހަކުވެސް ގައުމަށް ފައިދާ ހުރި މަސައްކަތެއް ކުރުމަކީ ވެސް ގައުމު ބިނާކުރުމުގެ ތެރޭގައި ގުނޭނެ ކަންކަން ކަމަށެވެ. ތައުލީމު ހާސިލުކުރުމަށް ފަހު ގައުމަށް އޭގެ ފައިދާ ހޯދައިދިނުމާއި، ގައުމުގައި ރިވެތި އަހުލާގާއި، އަބުރުވެރި ދިރިއުޅުމެއް ފެތުރުމާއި، ދޭދޭ ފަރުދުންގެ މެދުގައި ގުޅުންތައް ރަނގަޅުކޮށް، ބަދު އަހުލާގީ އަމަލުތަކުން ގައުމު ތާހިރު ކުރުމަށް މަސައްކަތް ކުރުން ވެސް ގައުމު ބިނާކުރުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

އެހެންކަމުން ކޮންމެ މީހަކު ވެސް މުޖުތަމައު އެއްބައިވަންތަ ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް