Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގައުމުގެ އިގްތިސާދު މެނޭޖްކުރުން

މި ސަރުކާރަށް އިގްތިސާދު މެނޭޖުކުރަން ނޭނގޭ، އެކަމުގެ ނޭދެވޭ އަސަރު ގައުމުން ދަނީ ފެންނަމުން: މެންބަރު ޔައުގޫބް

1 މާރިޗު 2024 | ހުކުރު 06:57

މަޝްރޫއުތައް ވަނީ ހުއްޓުވާފައި، އެއީ މިސަރުކާރުގެ ނާގާބިލްކަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 1 މާރިޗު 2024 | ހުކުރު 06:57
ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް އިގްތިސާދު މެނޭޖުކުރަން ނޭނގޭ ކަމަށާއި، އެކަމުގެ ނޭދެވޭ އަސަރު ގައުމުން ފެންނަމުންދާ ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި މެންބަރު ޔައުގޫބު ވިދާޅުވީ ސަރުކާރު ބަދަލުވުމަކީ ދައުލަތް ނުވަތަ ގައުމު ހުއްޓުން ނޫން ކަމަށެވެ. ސަރުކާރު ބަދަލުވިޔަސް ހިނގަމުންދާ ކަންކަމާއި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާންޖެހޭ ކަމަށް މެންބަރު ޔައުގޫބް ވިދާޅުވިއެވެ. ނަމަވެސް މިހާރު މަޝްރޫއުތައް ވަނީ ހުއްޓުވާފައި ކަމަށާއި، އެއީ މިސަރުކާރުގެ ނާގާބިލްކަމުން ކަމަށް މެންބަރު ޔައުގޫބް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއްޖޭގެ އިގްތިސާދު އޮތީ ރަނގަޅަށްކަން ފާހަގަކުރައްވައި މެންބަރު ޔައުގޫބް ވިދާޅުވީ ވަސީލަތްތައް އެބަހުރި ކަމަށާއި، ކަންކަން ކުރާނެ ގޮތުގެ ޕްލޭން ވެސް އެބައޮތް ކަމަށެވެ. ނަމަވެސް މިސަރުކާރަށް ރަނގަޅު ގޮތުގައި އިގްތިސާދު ކުރިއަށް ގެންގޮސް، އިގްތިސާދު މެނޭޖް ކުރާނެ ގޮތްތަކާއި، ކޭޝް ފްލޯ މެނޭޖުކުރާނެ ގޮތްތަކާއި، ފައިނޭންސް މެނޭޖްކުރާނެ ގޮތްތައް މިސަރުކާރުގެ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ ކަމަށް މެންބަރު ޔައުގޫބް ވިދާޅުވިއެވެ.

މެންބަރު ޔައުގޫބް ވިދާޅުވީ ކަންކަން މެނޭޖްކުރަން ނޭނގުމުގެ ސަބަބުން ގައުމުގެ ކަންކަން ހަމަމަގަށް ނޭޅޭ ކަމަށާއި، އިގްތިސާދީ ގޮތުން ބައެއް ދަތިތައް ރައްޔިތުންނަށް ކުރިމަތިވަމުންދާ ކަމަށެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް ޑޮލަރުގެ ތާށިކަން ކުރިމަތިވެފައިވާ ކަމަށެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އަށް އިޝާރާތް ކުރައްވައި މެންބަރު ޔައުގޫބް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އެކުންފުނިން މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ތަރައްގީގެ ބޮޑު މަޝްރޫއުތައް ހިންގާފައިވާ ކަމަށާއި، އެއީ ގާބިލް ކަންކަން ކުރެވޭ ކުންފުންޏެއްކަން ސާބިތުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ސަރުކާރުގައި އެމްޓީސީސީ ހިންގާފައިވަނީ ގެއްލުމުގައި ކަމަށާއި، އަދި މިސަރުކާރުން އެމްޓީސީސީއަށް ކަންކަން ނުވާކަމަށް ދެއްކުމަށް މަސައްކަތް ކުރި ނަމަވެސް އެކަންކަން ރައްޔިތުން ގަބޫލުނުކުރާނެ ކަމަށް މެންބަރު ޔައުގޫބް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއަދު އެމްޓީސީސީއަކީ ސްކޯޕް ބޮޑު ކުންފުންޏެއް ކަމަށެވެ.

މަޝްރޫއުތައް ސަރުކާރުން ހުއްޓުވައިގެން އުޒުރު ދައްކަމުންދަނީ ސަރުކާރު ނާގާބިލް ކަމުން ކަމަށް މެންބަރު ޔައުގޫބް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

23 މާރިޗު 2017

ފުލުހުންގެ ބިރުދެއްކުމުގެ އަމަލުތަކުން މަސީހުގެ ވޯޓް ސަރުކާރަށް ގެއްލޭނެކަން ހާމަވޭ: މައުމޫނު

23 މާރިޗު 2017
ފުލުހުންގެ ބިރުދެއްކުމުގެ އަމަލުތަކުން މަސީހުގެ ވޯޓް ސަރުކާރަށް ގެއްލޭނެކަން ހާމަވޭ: މައުމޫނު
20 މާރިޗު 2017

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017
އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި
16 މާރިޗު 2017

ސްކޫލްތައް ބަންދު ކުރުމަށް ފަހު ޑާންސް ޕްރެކްސްޓިސް ކުރިއަށް ގެންދާ ކަމެއް ހެލްތަކަށް ނޭނގޭ!

16 މާރިޗު 2017
ސްކޫލްތައް ބަންދު ކުރުމަށް ފަހު ޑާންސް ޕްރެކްސްޓިސް ކުރިއަށް ގެންދާ ކަމެއް ހެލްތަކަށް ނޭނގޭ!
26 ފެބުރުއަރީ 2017

ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!

26 ފެބުރުއަރީ 2017
ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!
23 ފެބުރުއަރީ 2017

ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް

23 ފެބުރުއަރީ 2017
ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް
19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް