Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަގު ފޯމްގެ މައްސަލަ

"ޑީއެންއާރުން ވައްކަންކުރުވީ މުވައްޒަފުންނަށް ބިރުދައްކާ މަޖުބޫރުކޮށްގެން ކަމަށް ތުހުމަތުކުރެވޭ"

5 ފެބުރުއަރީ 2025 | ބުދަ 07:13

ޕީއެންސީގެ ފޯމުފުރަން މީޓީންގ ރޫމް ދޫކުރީ މިނިސްޓަރުގެ ބިއުރޯއިން އެދިގެން ކަމަށް ޑީއެންއާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ބުނެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 5 ފެބުރުއަރީ 2025 | ބުދަ 07:13
ހަވަރު ބެރު ސައްލަގެ ތެރެއިން

ހަވަރު ބެރު ސައްލަގެ ތެރެއިން

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގައި ރައްކައުކޮށްފައި ހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ގަވައިދާ ޚިލާފަށް ވަގަށް ރައީސް މުއިއްޒުގެ ޕާޓީ ޕީއެންސީ އަށް މީހުން ވެއްދީ އެކަން ކުރި މުވައްޒަފުންނަށް މަޖުބޫރުކުރުވައިގެން ކަމަށް ތުހުމަތުކުރެވޭ ކަމަށް މަޖިލީހުުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ހަވަރު ބެރު ސައްލާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޑީއެންއާރުގެ ޑޭޓާ ބޭސް ގައި ހުރި ފޮޓޯއާއި މީހުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން، ހޯމްލޭންޑް މިނިސްޓްރީގެ ސިޔާސީ އިސްފަރާތްތަކުން ފޯމުގައި ސޮއި ފޯޖްކޮށް އިނގިލީގެ ނިޝާން ޖަހާ ޕާޓީ ބަދަލުކުރަން މަސައްކަތް ކޮށްފައިވާކަން ވަނީ ފަޅާ އަރާފައެވެ. އަދި އެ މަސައްކަތް ކުރި ތަނުގައި ހޯމް މިނިސްޓަރ އަލީ އިހުސާން އިންނަވާ މަންޒަރު ފެންނަ ފޮޓޯ އެއްވެސް ވަނީ އާޢްމުވެފައެވެ.

އެ މައްސަލަ އަށް އިޝާރާތްކުރައްވާ ޔައުގޫބް ވިދާޅުވީ ވަގު ފޯރމް ފުރައިގެން ޕީއެންސީ އަށް މީހުން ވެއްދި މައްސަލަ އަށް ބަލާލުމުން އެކަން ކުރުވީ ބައެއް މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ކަމަށް ދޭހަވާ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ހޯމް މިނިސްޓަރ އަލީ އިހުސާންގެ ނުފޫޒުން ކަމަށް ވެސް ތުހުމަތުކުރެވޭ ކަމަށް ޔައުގޫބް ވަނީ ވިދާޅުވެފައެވެ. މި ސަރުކާރުން ދަނީ ވަޒީފާގެ ބިރު ދައްކައިގެން ދިވެހިން ބޭނުން ނުވާ އެތައް ކަމެއް ދިވެހިން ލައްވާ ކުރުވަމުން ކަމަށާއި އެކަމުގެ ސަބަބުން ދިވެހިން ނިކަމެތިވެފައިވާ ކަމަށް ޔައުގޫބް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ވައްކަމެއްކޮށްގެން އެންމެ ސާފުކޮށް ފަޅާއެރި ވައްކަމަކީ ޑީއެންއާރުގައި ހުރި ޑާޓާއިން ވައްކަން ކުރި މައްސަލަކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ގައި ޕީއެންސީގެ ފޯމުފުރަން މީޓީންގ ރޫމް ދޫކުރީ މިނިސްޓަރުގެ ބިއުރޯއިން އެދިގެން ކަމަށް ޑީއެންއާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ބުނެފައެވެ. ޔައުގޫބް ވަނީ އެއީ ވަޒީރުގެ ނުފޫޒުން އެކަންކުރިކަމަށް އެންމެ ސާދާކޮށް ބުނެވެން އޮތް މިންވަރަށް އެ މުވައްޒަފުން އިއުތިރާފްވުން ކަމަށް ސިފަކުރައްވާފައެވެ.

ހަވަރުބެރުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މީދޫ ދާއިރާގެ ރައީސް މަރިޔަމް ނިއުމާ ވިދާޅުވީ އެފަދަ ކަންކަމަކީ ކަމާއި ގުޅުން ހުރި އިދާރާތަކުގެ ވެރިންނަށް ނޭނގި ހިނގާ ވަރަށް ވުރެ މާ ބޮޑެތި ކަންކަން ކަމަށެވެ. އެއީ ކިހާވަރެއްގެ ކަމެއްކަން ވެރިންނަށް އެނގޭނެ ކަމަށާއި އެފަދަ ޖަރީމާތައް ހިންގާފައި ވަނީ ދައުލަތުގެ އެކި ފަންތީގެ އިސްވެރިންގެ ބައިވެރިވުމާއި އެކު ރޭވިގެން ކަމަށް ނިއުމާ ވަނީ ވިދާޅުވެފައެވެ. ފޯރމުތައް އިތުރުކުރުމުގެ މަޝްރޫޢު އެއް ކުރިއަށް ގެންދާކަމަށް ބުނެ ރައީސް ޑރ.މުހައްމަދު މުއިއްޒު އިސްވެ މަސައްކަތްތަކެއް ކުރައްވާކަން ޕީއެންސީ އިން ހާމަކުރައްވާފައިވާ އިރު އެ މަސައްކަތުގައި އިސްކޮށް ހޯމް މިނިސްޓަރ އިހުސާން އުޅުއްވާކަން އެ ބޭފުޅުން އަމިއްލަފުޅަށް އާއްމުންނާއި ހިއްސާކޮށްފައިވާކަމަށް ނިއުމާ ވިދާޅުވިއެވެ. އެހެންކަމުން އެ މަރުހަލާގެ ތެރޭގައި އެތައް ހާސްވަގު ފޯމުތަކެއް ފުރާ އިލެކްޝަނަށް ހުށަހެޅުމުން އެކަމުގެ ފުރިހަމަ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޕާޓީގެ މެންބަރުންގެ ދަފުތަރު އިތުރުކުރުމަށްޓަކައި ދިވެހިރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކުރި ކަމަށް ތުހުމަތުކުރެވުމާއި އެކު އެކަމުގެ ކަންބޮޑުވުންތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲއެމްޑީޕީހަވަރު ބެރު ޕެނަލް ޑިސްކަޝަން

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

މެސީގެ ބައްޕަ މަރުވެއްޖެ

5

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް