Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސަރުކާރުގެ ކޮރަޕްޝަން

"ކުންފުނިތައް މެދުވެރިކޮށް މުލިއާގެ އަށް ފައިސާ ހޯދާ، އެ ފައިސާ ހޯދަނީ މަޖިލިސް މެމްބަރުންނަށް ދޭން"

ޔައުގޫބް ވިދާޅުވީ މުއާޒް އިސްތިއުފާދެއްވާފައި ވަނީ ރައީސް އާއި ސަރުކާރުގެ ޕްރެޝަރ ބޮޑުވެގެން ކަމަށް ފާހަގަކުރެވޭ ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2024 | އަންގާރަ 04:58
މި ސަރުކާރުގައި މާލީގެ ކަންކަން އެނގިވަޑައިގަންނަވާ އެއްވެސް ބޭފުޅެއް ނެތް: ޔައުގޫބް

މި ސަރުކާރުގައި މާލީގެ ކަންކަން އެނގިވަޑައިގަންނަވާ އެއްވެސް ބޭފުޅެއް ނެތް: ޔައުގޫބް

ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް މުލިއާގެ އަށް ފައިސާ ހޯދާ ކަމަށާއި އެ ފައިސާ ހޯދަނީ މަޖިލިސް މެމްބަރުންނަށް ދިނުމަށްޓަކާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޔައުގޫބް އެފަދައިން ވިދާޅުވި ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ފެނަކަ ކޯޕަރޭޝަން ހިންގުމަށް ހުރި ދަތިތައް ހާމަކޮށް، ފެނަކައިގެ ކުރީގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވަނީ ހޯމަ ދުވަހު އިސްތިއުފާދެއްވާފައެވެ. ޔައުގޫބް ވިދާޅުވީ މުއާޒް އިސްތިއުފާދެއްވާފައި ވަނީ ރައީސް އާއި ސަރުކާރުގެ ޕްރެޝަރ ބޮޑުވެގެން ކަމަށް ފާހަގަކުރެވޭ ކަމަށެވެ. މުއާޒްގެ އިސްތިއުފާ އާއި މެދު ވާހަކަދައްކަވަމުން ޔައުގޫބް ވަނީ ކުންފުނީގެ ހާލަތާއި ނުބައްދަލު މިންވަރަށް، ކުންފުނީގެ އެމްޑީ އަށް ޕްރެޝަރކޮށްގެން ވަޒީފާ އަށް މީހުން ނަގާކަން މުއާޒްގެ އިސްތިއުފާގެ ސިޓީ އިން ހާމަވާ ކަމަށް ވިދާޅުވެފައެވެ.

ކުންފުނިތައް ހިންގަން ޖެހެނީ ވަކި ޤަވާއިދުތަކަކާއި އުސޫލުތަކެއްގެ ތެރެއިންކަން ފާހަގަކޮށް ޔައުގޫބް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ރައްޔިތުންގެ ކުންފުނިތަކެއް ކަމަށެވެ. އެހެންކަމުން އެ ކުންފުނިތައް ހިންގުމުގައި ވެސް ރައްޔިތުންނަށް އަމާނާތްތެރިވާން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޔައުގޫބު ވަނީ ހުރިހާ ކުންފުންޏެއް ވެސް ވީހާވެސް ރަނގަޅަށް ހިންގުމަކީ އެ ކުންފުނިތަކަށް އައްޔަންކުރާ އެމްޑީންގެ ޒިންމާ އެއް ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ ކޮރަޕްޝަންގެ ކަންކަން ހިންގުމުގަ ކުންފުނިތައް ވެސް ހިއްސާކުރަން ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

މި ހުރިހާ ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެގެން ދާއިރު މަޖިލިސް އޮތީ ހަނު ކަމަށާއި އެއީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް ޔައުގޫބް ވަނީ ވިދާޅުވެފައެވެ. ޔައުގޫބް ވިދާޅުވި މިފަދަ މައްސަލަތައް ހައްލުކުރުމުގައި މަޖިލީހުގެ ދައުރު ވަރަށް މުހިންމު ކަމަށް ފާހަގަކުރައްވާފައެވެ.

އިތުރަށް ވާހަކަދައްކަވަމުން ޔައުގޫބް ވަނީ ސަރުކާރުގެ އެމްޑީން ލައްވާ ގޯސްތައް ހަދާ ބޭފުޅަކީ ސީދާ ރައީސް ޑރ.މުހައްމަދު މުއިއްޒު ކަމަށް ވިދާޅުވެފައެވެ. އިންތިހާއަށް މުވައްޒަފުން ނެގުމާއި، އުސޫލުން ބޭރުން ކަންކަން ކުރުން އިންތިހާ އަށް އާއްމުވެފައިވާ ކަމަށް ޔައުގޫބް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ނުފޫޒު އެމްޑީންނަށް ފޯރާ މިންވަރު ކުންފުނިތަކުގެ ވެރިންގެ ވާހަކައިންވެސް ހާމަވާ ކަމަށް ޔައުގޫބް ވަނީ ވިދާޅުވެފައެވެ.

އިސްތިއުފާގެ ސިޓީގައި މުއާޒް ވަނީ ފުރިހަމައަށް މަސްޢޫލިއްޔަތު އަދާކުރުމަށް މަސައްކަތް ކުރެއްވި ނަމަވެސް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. ލިބޭ އާމްދަނީން ކުންފުނި ހިންގާ މިންވަރަށް އާމްދަނީ ނުލިބޭ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ކުންފުނި އޮތީ މާލީ ގޮތުން ދަށް ހާލަތަކަށް ވެއްޓިފައި ކަމަށް ވަނީ ވިދާޅުވެފައެވެ. ކުންފުންޏަށް ބޭނުންވާ އަދަދަށް ވުރެ ކުންފުނީގެ މުވައްޒަފުން އިތުރުކުރަން ޖެހިފަވާތީ އެކަމުގެ ކަންބޮޑުވުން ވެސް މުއާޒް ވަނީ ހިއްސާކުރައްވާފައެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ

ކޮމެންޓް

އިތުރަށް ކިޔާލަން

"ޑީއެންއާރުން ވައްކަންކުރުވީ މުވައްޒަފުންނަށް ބިރުދައްކާ މަޖުބޫރުކޮށްގެން ކަމަށް ތުހުމަތުކުރެވޭ"

"ޑީއެންއާރުން ވައްކަންކުރުވީ މުވައްޒަފުންނަށް ބިރުދައްކާ މަޖުބޫރުކޮށްގެން ކަމަށް ތުހުމަތުކުރެވޭ"

05 ފެބުރުއަރީ 2025
ރައްޔިތުން ނުކުމެ، ގާނޫނު އަސާސީ އިމުގެ ތެރެއިން ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކުރަންޖެހޭ: ޔައުގޫބް

ރައްޔިތުން ނުކުމެ، ގާނޫނު އަސާސީ އިމުގެ ތެރެއިން ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކުރަންޖެހޭ: ޔައުގޫބް

06 ޑިސެމްބަރު 2024
2025ގެ ބަޖެޓްގައި އޮތިީ ދޮގާއި، މަކަރާއި، އޮޅުވާލުން - ޔައުގޫބް

2025ގެ ބަޖެޓްގައި އޮތިީ ދޮގާއި، މަކަރާއި، އޮޅުވާލުން - ޔައުގޫބް

01 ނޮވެމްބަރު 2024
މި ސަރުކާރުން ޑްރޯންތަކެއް ގަނެފައިވަނީ ގާނޫނާ ހިލާފަށް: ޔައުގޫބް

މި ސަރުކާރުން ޑްރޯންތަކެއް ގަނެފައިވަނީ ގާނޫނާ ހިލާފަށް: ޔައުގޫބް

27 އޮކްޓޯބަރު 2024
މި ސަރުކާރުގައި މާލީ ކަންކަން އެނގިވަޑައިގަންނަވާ އެއްވެސް ބޭފުޅެއް ނެތް: ޔައުގޫބް

މި ސަރުކާރުގައި މާލީ ކަންކަން އެނގިވަޑައިގަންނަވާ އެއްވެސް ބޭފުޅެއް ނެތް: ޔައުގޫބް

25 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު