Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ލީޕް އިޔަރ

ފެބްރުއަރީ 29 :މިޚާއްސަދުވަސް ފާހަގަކުރަން ކުރީ ކޮންކަމެއް ؟

މި ނޫހުގެ މައިގަނޑު ބޭނުމަކީ މީހުން ހެއްވާލުން ކަމަށް ވެއެވެ.

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 29 ފެބުރުއަރީ 2024 | ބުރާސްފަތި 18:23
ފްރާންސް ގައި 4 އަހަރުން އެއްފަހަރު ނެރޭ ނޫސް މީހަކު ކިޔަނީ

ފްރާންސް ގައި 4 އަހަރުން އެއްފަހަރު ނެރޭ ނޫސް މީހަކު ކިޔަނީ

މިއަދަކީ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހެވެ. މިއީ ކޮންމެ ހަތަރު އަހަރުން އެއްފަހަރު އަންނަ ވަރަށް ޚާއްސަ ދުވަހެކެވެ.

މިދުވަސް ފާހަގަކުރުމަށް ދުނިޔޭގެ ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތައް ކުރިޔަށް ގެންގޮސްފައި ވެއެވެ. މިގޮތުން އާއިލާ އާއި ލޯބިވާ އެހެންވެސް ފަރާތްތަކާއެކު އިތުރަށް ވަގުތު ހޭދަކޮށް ހަނދާނުގައި ރައްކާކުރެވޭފަދަ އުފާވެރި ހަރަކާތްތަކުގައި ބައިވެރިވެފައިވެއެވެ. ފޭސްބުކް ޕޯސްޓްތައް ލާ ރެސްޓޯރެންޓް ތަކާ ކެފޭ ތަކުން ބައްދަލް ކޮށްފައިވެއެވެ.

މިދުވަސް ފާހަގަ ކުރުމަށް ފްރާންސްގައި ވެސް ވަރަށް ޚާއްސަކަމެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އެއީ އެގައުމުގައި ނެރެންފަށާފައިވާ ދުނިޔޭގެ ފުރަތަމަ އަދި ހަމައެކަނި "ލީޕް އިޔަރ" ނޫހުގެ އިތުރު އެޑިޝަނެއް ނެރުމެވެ. "ލާބޫގީޑުސަޕުއަރ" ގެ ފުރަތަމަ އެޑިޝަން 1980ގައި ނެރެފައިވާއިރު މިއަހަރު ނެރުނީ 12 ވަނަ އެޑިޝަނެވެ. މިހާރު މިނޫހުގެ ދެލައްކަ ކޮޕީ ޕްރިންޓް އެޑިޝަންގެ ގޮތުގައި ނެރޭކަމަށް ވެއެވެ.

ޒުވާނުންތަކެއް މަޖަލަކަށް ނެރެންފެށި 20 ސަފުހާގެ ޓެބްލޮއިޑް ނޫހަށް މިއަދުވަނީ ވަރަށް ބޮޑު ޑިމާންޑެއް އުފެދިފައެވެ. މިހާރު 4ޕައުންޑް ވިހިސެންޓަށް ވިއްކަން ފަށާފައިވާ ނޫސް އަދިވެސް ނެރެމުންދަނީ ރައްޓެހިންގެ ގްރޫޕެއްގެ މަސައްކަތުން ކަމަށް ވެއެވެ. ސިޔާސީ ކަންކަމާ ދުރު ނޫހެއްގެ ގޮތުގައި އެންމެ ދަންނަ "ލާ ބޫގީ" ނޫހުގައި އެހެންވެސް ނޫސްތަކެކޭއެއްގޮތަށް ކޮންމެ ކަމަކަށް ސެކްޝަނެއް ވާއިރު އާޓް، ޕަޒްލްސް އަދި މަޝްހޫރު މީހުންނާބެހޭ "ގޮސިޕް" ސެކްޝަނެއް ވެއެވެ.  

މިނޫހުގެ ޚާއްސަ ކަމަކީ ގިނަ އާޓިކަލްތައް ލިޔެފަ ހުންނަނީ ކިއުންތެރިން ހެއްވާލާފަދަ މަޖާ ގޮތަކަށް ކަމަށް ވުމެވެ.

ފުރަތަމަ ލީޑް ސްޓޯރީގަ ބުނާގޮތުން ކުރިޔަށް އޮތް އަހަރުތަކުގައި ހުރިހާ އެންމެންނަކީ ވެސް ވިސްނުންތޫނު މީހުންގެ ގޮތުގައި ގުނޭނެ ކަމަށް ބުނެފައިވެއެވެ. އެހެނީ އޭ އައިގެ ސަބަބުން އިމްތިހާންތަކުގެ ބޭނުން ކެނޑެމުން ދާތީއެވެ!!

ދެވަނަ ލީޑް ސްޓޯރީގައި ބަލާލާފައިވަނީ އަމިއްލަ ޖިންސް ބަދަލު ކުރަން ބޭނުން ފިރިހެނުންނަށެވެ. "އަންހެނުންނަށް ވުމުގެ ކުރިން ފިރިހެނުން ދެނެގަންނަން ޖެހޭކަންތައް" މިސުހީގެ ދަށުން ލިޔެފައިވާ އާޓީކަލްގައި އެފަދަ މީހުންނަށް ކުރިމަތިވާނެ ގޮންޖެހުންތަކަށް ބަލާލާފައި ވެއެވެ.

ބައިނަލްއަޤްވާމީ ސަފުހާގައި ބަލާލާފައިވަނީ އެންމެ "ފޮގެޓަބަލް" ނުވަތަ ހަނދާނުގަ ނުހުންނަ އިގިރޭސި ބޮޑުވަޒީރު ލިޒް ޓްރަސް ގެ ހަޔާތުގެ މައްޗަށެވެ.   

ކުޅިވަރު ސަފުހާގައި އެޑިޓަރުން ވަނީ އޮލިމްޕިކް ގޭމްސް އިން ފުރަތަމަ އެލިމިނޭޓްވާ ފަރާތަކަށް، ވަރަށް "އަންފިޓް" ކޮން ހުންނަ ކަމަށް ފެންނަ  ކުރީގެ އިގިރޭސި ބޮޑުވަޒީރު ވިންސްޓަން ޗަރޗްހިލްގެ ނަމުގައި ޚާއްސަ އެވޯޑެއް ތައާރަފް ކުރަން ހުށައަޅާފައެވެ. އެހެނީ، ނޫސް ބުނާ ގޮތުން ޗަރޗްހިލްގެ މޮޓޯ އަކީ "ނޯ ސްޕޯޓް" ނުވަތަ ކުޅީވަރަކީ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ވާތީ އެވެ.

"ލާ ބޫގީ" ނޫހަށް ނަންދީފައިވަނީ ފްރާންސްގެ ކުރީގެ ކާޓޫން ކެރެކްޓަރ އަކަށް ނިސްބަތް ކޮށް ކަމަށް ވެއެވެ.

ހަމަ އެކަނި ޕްރިންޓް އެޑިޝަން ލިބެން ހުންނަ މިނޫހުގެ މައިގަނޑު ބޭނުމަކީ މީހުން ހެއްވާލުން ކަމަށް ވެއެވެ. އެހެނީ މިދުވަސްވަރަކީ ހީލުމުގެ ބޭނުން އެންމެނަށްވެސް ވަރަށް ބޮޑު ދުވަސް ވަރަކަށް ވާތީ ކަމަށް ވެއެވެ.   

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

23 އޮކްޓޯބަރު 2017
އަހަރެން އަދާކުރީ އަހަރެންގެ ވަޒީފާއެވެ.

އަހަރެން އަދާކުރީ އަހަރެންގެ ވަޒީފާއެވެ.

17 އޮކްޓޯބަރު 2017
ކުރީގެ ޑީޕީޖީ ދީބާނާޒަށް ދައުވާކުރި ގޮތަށް ބިޝާމަށް ވެސް ދައުވާ ކުރެވޭނެ!

ކުރީގެ ޑީޕީޖީ ދީބާނާޒަށް ދައުވާކުރި ގޮތަށް ބިޝާމަށް ވެސް ދައުވާ ކުރެވޭނެ!

09 ސެޕްޓެމްބަރު 2017
ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017
ރައީސް ޔާމީނެވެ، މަނިކުފާނަށް އެނގި ވަޑައިގަންނަވަނީ ކޮންކަމެއް ހެއްޔެވެ؟

ރައީސް ޔާމީނެވެ، މަނިކުފާނަށް އެނގި ވަޑައިގަންނަވަނީ ކޮންކަމެއް ހެއްޔެވެ؟

11 އޯގަސްޓު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު