Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންތިހާބާ ގުޅޭ ގާނޫނު

އިންތިހާބާ ގުޅޭ ބިލު ތަސްދީގު ނުކުރައްވައިފި ނަމަ، ރައީސް ގާނޫނާ ޚިލާފުވެވަޑައިގެންނެވީ: ހިސާން

އެހެން ނަމަވެސް ރައީސް ގާނޫނާ ޚިލާފުވެއްޖެ ނަމަ އެކަމާ މެދު ޢަމަލުކުރާނެ ގޮތެއް ނިންމާނީ ޕާޓީގެ މަޝްވަރާގެ ތެރެއިން ކަމަށް ވިދާޅުވި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2024 | ބުދަ 18:14
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން

ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރި އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާޙު، ރައީސް މުއިއްޒު ތަސްދީގު ނުކުރައްވައިފިނަމަ އެމަނިކުފާނު ޤާނޫނާ ޚިލާފުވެވަޑައިގެންނެވީ ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް ފަސް ވަނަ އިސްލާހު ގެނައި ބިލު، ރައްޔިތުންގެ މަޖިލީހުން ވަނީ 11 ފެބްރުއަރީ 2024 ވަނަ ދުވަހު ފާސްކޮށް، 12 ފެބްރުއަރީ 2024 ގައި ތަސްދީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވިއެވެ. އެހެން ނަމަވެސް އެ ބިލު ތަސްދީގު ނުކުރައްވައި، 14 ދުވަސް ހަމަ ވުމުން ރައީސް ވަނީ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ.

އެގޮތުން އެ ބިލު ދެވަނަ ފަހަރަށް ފާސްކުރެއްވުމަށް ފަހު، މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިސާން ވިދާޅުވީ، ޤާނޫނު އަސާސީ އަދި ސުޕްރީމު ކޯޓުގެ ކުރީގެ ޙުކުމުން އިނގޭ ގޮތުން، ބިލެއް ދެވަނަ ފަހަރަށް ފާސްކޮށްފި ނަމަ، އެ ބިލަކީ މިއަދުން މިއަދަށް ތަސްދީގުކުރަން ޖެހޭ ބިލެއް ކަމަށެވެ.

އެގޮތުން ހިސާން އިޝާރަތްކުރެއްވި ސުޕްރީމު ކޯޓުގެ ޙުކުމަކީ، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރި ބިލެއް، ރައީސް ނަޝީދު ތަސްދީގު ނުކުރައްވައި ލަސްކުރެއްވުމުގެ ސަބަބުން އެކަމުގައި ރައުޔެއް ނެރެ ދިނުމަށް އެދި، އޭރުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި މިހާރު ރައީސްގެ ޚާއްސަ މުޝީރު އަބްދުއްރަޙިމް އަބްދުﷲ އެ ކޯޓަށް ހުށަހެޅި މައްސަލައެވެ.

އެގޮތުން 2010 ވަނަ އަހަރުގެ އެ މައްސަލައަށް އިޝާރަތްކުރައްވަމުން ހިސާން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ސުޕްރީމު ކޯޓުން ނެރުނު ޙުކުމުގައި ބުނީ، އިންސާނީ ބާރު ނުފޯރާ ފަދަ އިޚްތިޔާރުން ބޭރު ސަބަބެއް މެދުވެރިވެގެން މެނުވީ، ލަސްކުރުމަކާ ނުލައި އެ ބިލު ރައީސް ތަސްދީގުކުރައްވާނެ ކަމަށެވެ.

ހިސާން ވިދާޅުވި ގޮތުގައި، މި ބިލު ރައީސް ތަސްދީގުނުކުރައްވައިފި ނަމަ، ކަނޑައެޅިގެން އެމަނިކުފާނު ޤާނޫނާ ޚިލާފުވީއެވެ. އަދި ރައީސަކަށް ހުންނަވާ ބޭފުޅަކު ކަނޑައެޅިގެން ޤާނޫނާ ޚިލާފު ވުމަކީ އެ ރައީސަކު ޢަޒުލު ކުރުމަށް ލިބޭ އެއް ބާރު ކަމަށްވާއިރު، އެކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން ހިސާން ވިދާޅުވީ، ރައީސް ގާނޫނާ ޚިލާފުވެއްޖެ ނަމަ އެކަމާ މެދު ޢަމަލުކުރާނެ ގޮތެއް ނިންމާނީ ޕާޓީގެ މަޝްވަރާގެ ތެރެއިން ކަމަށެވެ.

ބުދަ ދުވަހު މަޖިލީހުން ފާސްކުރި ބިލު، ދެވަނަ ފަހަރަށް ފާސްކުރީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ 14 މެންބަރުންނެވެ.

އެ ބިލު ދެވަނަ ފަހަރަށް ފާސްކުރި ނަމަވެސް، މަޖިލިސް އިންތިހާބު އޮންނާނީ މާރިޗު 17ގައި، ރޯދަ މަހުގައި ކަމަށް ރައީސް މުއިއްޒު ބުދަ ދުވަހު ވެސް ވިދާޅުވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ

މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ

14 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު