Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަމާސްގެ ރޮކެޓް ހަމަލާތަކެއް

ލުބުނާނުގެ ދެކުނުން އުތުރު އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދިން ކަމަށް ހަމާސްއިން ބުނެފި

އިއްޒުއްދީން އަލް ގަސަމް ބްރިގޭޑްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ އަސްކަރީ ދެ ސައިޓަކަށް ހަމަލާދިން ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 28 ފެބުރުއަރީ 2024 | ބުދަ 16:06
ހަމާސްގެ ރޮކެޓް ހަމަލާތަކަށްފަހު އިސްރާއީލުން ރައްދުދެނީ

ހަމާސްގެ ރޮކެޓް ހަމަލާތަކަށްފަހު އިސްރާއީލުން ރައްދުދެނީ

ލުބުނާނުގެ ދެކުނުން އިސްރާއީލުގެ އުތުރުގެ ސަރަހައްދަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައި ވާކަމަށް، ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފިން ބުދަ ދުވަހު ބުނެފިއެވެ.

މިދިޔަ އޮކްޓޯބަރު މަހު އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތާ ދެމެދު ހަނގުރާމަ ފެށިފަހުން، ހަމާސްގެ ބައިވެރިއެއް ކަމަށްވާ ހިޒްބުﷲއާ އިސްރާއީލުގެ އަސްކަރިއްޔާއާ ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ބަޑީގެ ހަމަލާތައް ބަދަލުކޮށްފައިވާއިރު، ލުބުނާނުގައި ތިބި ފަލަސްތީނުގެ ޖަމާއަތްތަކުން ވެސް ބައެއް ފަހަރު ހަމަލާތައް ދެމުން ގެންދެއެވެ.

ހަމާސްގެ ހަތިޔާރު އެޅި ގޮފި ކަމަށްވާ އިއްޒުއްދީން އަލް ގަސަމް ބްރިގޭޑްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ އަސްކަރީ ދެ ސައިޓަކަށް "ގްރޭޑް ރޮކެޓް"ގެ ދެ ބެރޭޖުން ހަމަލާ ދީފައިވާކަމަށެވެ.

ލުބުނާނުގެ ދެކުނުން މި ހަމަލާ ދީފައި މިވަނީ ޣައްޒާގައި އާންމުންނާ ދެކޮޅަށް ޒަޔަނިސްޓުން ހިންގި ޖަރީމާތަކާއި، ދެކުނުގެ އަވަށްތަކުގައި ޝަހީދުވި ލީޑަރުންނާއި އެމީހުންގެ އަޚުން ޝަހީދުކޮށްލި ހާދިސާއާ ގުޅިގެން ކަމަށް އެ ބަޔާނުގައި ވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ލުބުނާނުން އިސްރާއީލުގެ އުތުރުގެ ސަރަހައްދަށް ފޮނުވާލި ގާތްގަނޑަކަށް 10 ވަރަކަށް ރޮކެޓް ދެނެގަނެވިފައި ވާކަމަށާއި، އުތުރު އިސްރާއީލުގެ ކިރިޔަތު ޝްމޯނާ ސަރަހައްދުގައި ރޮކެޓް ހަމަލާގެ އިންޒާރު ދީފައިވާ ކަމަށެވެ.

އަދި އިސްރާއީލްގެ ވައިގެ ދިފާއީ ބާރުތަކުން ވަރަށް ގިނަ ރޮކެޓްތައް ކާމިޔާބުކަމާއެކު ހުއްޓުވާފައި ވާކަމަށާއި އެ ހަމަލާތަކުގެ ރައްދުގައި އަސްކަރިއްޔާއިން ލުބުނާނަށް ހަމަލާ ދީފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިސްރާއީލުގެ ފުލުހުން، ކިރްޔަތު ޝްމޯނާ ސަރަހައްދުގައި މުދަލަށް ގެއްލުން ވެފައިވާ ކަމަށް ރިޕޯޓްކޮށްފައި ވީނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އޭއެފްޕީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި ހަމަލާތަކުގައި ލުބުނާނުގެ މަދުވެގެން 284 މީހުން މަރުވެފައިވާއިރު، އޭގެތެރޭގައި ގިނައީ ހިޒްބުﷲ ހަނގުރާމަވެރިންނެވެ.

މަރުވި މީހުންގެ ތެރޭގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ 24 ހަނގުރާމަވެރިން ވެސް ހިމެނެއެވެ.

އިސްރާއީލުން 10 ސިފައިންނާއި އާންމުންގެ ހަ މީހަކު މަރުވެފައިވާކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު