Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރާއިލް ޣައްޒާ ހަގުރާމަ

އިޒްރާއިލް ޣައްޒާ ހަގުރާމަ: ފެށޭ ހަފްތާގައި ހަމަލާތައް ހުއްޓާލާނެ ކަމަށް ބައިޑެން އުންމީދު ކުރައްވާ

އިޒްރާއިލުން ދެމުންގެންދާ ހަމަލާތަކުގައި އަންގާރަދުވަސްހިމެނޭގޮތުން ހިނގި 48 ގަޑިއިރުގެ ތެރޭގައި އެކަނި96 މީހުން ޝަޙިދުވެފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2024 | އަންގާރަ 15:52
އެމެރިކާގެ ރައީސް ޖޯ ބައިޑެން

އެމެރިކާގެ ރައީސް ޖޯ ބައިޑެން

އިޒްރާއިލް އާއި ހަމާސްއާ ދެމެދު މިހާރު ކުރިޔަށްދާ ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަކަށް ފެށޭ ހަފްތާގެ ހޯމަ ހާތަނުގައި ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެން މިހެން ވިދާޅުވެފައިވަނީ ހަމާސްއާ އިޒްރާއިލް އާދެމެދު މިހާރު ކުރިޔަށްދާ ނުސީދާ ވާހަކަ ތަކުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބެމުން ދާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފައި ވަނިކޮށެވެ. ވާހަކަ ތަކުގައި އެއްބަސް ވުމުގައި ނިންމާނެ ކަންކަމުގެ ތެރޭގައި ޣައްޒާޔަށް އެހީގެ ތަކެތި ފޯރުކޮށްދިނުމާއި އޮކްޓޯބަރު 7ގައި ހަމާސްއިން ރަހީނު ކުރި އިޒްރާއިލް ރައްޔިތުންގެ ތެރެއިން އަންހެނުންނާ ކުޑަކުދިންގެ އިތުރުން މުސްކުޅިން މިނިވަން ކުރުން ހިމެނެއެވެ.

ހަމަލާތައް ހުއްޓާލާތޯ ބެލުމަށް ދެކެވޭ ވާހަކަ ތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޤަތަރާ މިސްރުން ބުނެފައިވަނީ އެއްބަސް ވުމަކާހަމަޔަށް ގެންދެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދާކަމަށެވެ. ނަމަވެސް މިކަމުގައި ބޮޑު އުންމީދެއް އޮތްނަމަވެސް އަދި އިއުލާނު ކުރާނެ އައު ހަބަރެއް ނެތް ކަމަށް އެދެގައުމުން ބުނެފައި ވެއެވެ.

އޮކްޓޯބަރ 7ވަނަ ދުވަހު ގައްޒާއާ ދެކޮޅަށް އިޒްރާއިލުން ފެށިއުދުވާނީ ހަމަލާތަކުގައި މިހާތަނަށް 29،878 ފަލަސްތީންގެ ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ހަމާސްއިން ހިންގާ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ. އޮކްޓޯބަރު 7 ގައި ހަމާސްއިން އިޒްރާއިލްއަށް ދިން ހަމަލާތަކަށްފަހު 253 މީހުން ރަހީނުވެސް ކޮށްފައި ވެއެވެ. މީގެ ތެރެއިން ބަޔަކުވަނީ ކުރިން ހަނގުރާމަ މެދުކަޑާލި ފަހަރު ދޫކޮށްފައެވެ.

ހަމާސް ނައްތާލުމަށްކަމަށްބުނެ އިޒްރާއިލުން ދެމުންގެންދާ ހަމަލާތަކުގައި އަންގާރަދުވަސްހިމެނޭގޮތުން ހިނގި 48 ގަޑިއިރުގެ ތެރޭގައި އެކަނި96 މީހުން ޝަޙިދުވެފައި ވެއެވެ.

ހަމަލާތައް މެދުކަނޑާލުމާބެހޭ ގޮތުން ފްރާންސުން ހުށަހަޅާފައިވާ ހުށަހެޅުމަކާމެދު ހަމާސްއިން އަދިވެސް ދަނީ ވިސްނަމުން ކަމަށް ޚަބަރުލިބެއެވެ. އޭގައިވާ ގޮތުން ހުރިހާ އަސްކަރީ އޮޕަރޭޝަންތައް 40 ދުވަހުގެ މުއްދަތަކަށް ދެފަރާތުންވެސް ހުއްޓާލަން ޖެހޭއިރު ފަލަސްތީންގެ ކޮންމެ 10 ރަހީނަކަށް އިޒްރާއިލްގެ އެއްރަހީނަކު ދޫކުރުމަށް އެއްބަސްވާން ޖެހެއެވެ.

ނިއުޔޯކްގައި ވާހަކަފުޅު ދައްކަވަމުން ބައިޑަން ހޯމަ ދުވަހު ވިދާޅުވެފައިވަނީ ނަތީޖާއެއް ލިބުމާކައިރިވެފައިވާ ކަމަށާ އަދިވެސް މަސައްކަތް ދަނީ ކުރިއަށް ކަމަށެވެ. އަދި އުންމީދު ކުރައްވަނީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމެއް ހޯމަ ދުވަހާ ހަމައިގަ އިއުލާން ކުރެއްވުމަށްކަމަށް ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން އިޒްރާއިލުން އެދޭ ޝަރުތުތައް ފުރިހަމަ ކޮށްދީފިނަމަ ރަމްޟާންމަހު ހަމަލާތައް މެދުކަނޑާލާފައި ބެއްވުމަށް އިޒްރާއިލުން އެއްބަސްވާނެ ކަމަށްވެސް ބައިޑެން ވިދާޅުވެފައި ވެއެވެ.

އަނެއްކޮޅުން ހަމާސްގެ އިސްއޮފިޝަލެއް ބީބީސީ އަށް ވިދާޅުވެފައިވަނީ ރަހީނުން ބަދަލުކުރުމަށްވުރެ ހަމާސްއަށް މުހިންމީ ހަމަލާތައް ހުއްޓާލުން ކަމުގައެވެ. އިޒްރާއިލުގެ ހުށަހެޅުން ހަމަނުޖެހޭ ކަމަށާ އެއޮއްހުރިހާ މީހުން މަރުވެ ގައްޒާ ސުންނާފަތިވެފައިވާއިރު، ހަމަލާތައް މުޅިން ހުއްޓާނުލާ،ވަޒަން ދޫކޮށް ދިޔަ މީހުންނަށް އާދެވޭނެ ގޮތެއް ހަމަނުޖެހި، އަދި ގައްޒާއަލުން ބިނާ ކުރެވޭނެ ގޮތް ނުހިމެނޭ އެއްބަސް ވުމަކަށް ދިއުން އެއީ ހަމާސް އަށް ހަމަޖެހޭ ކަމަކަށް ނުވާކަމުގައި އޭނާ ވިދާޅުވެފައި ވެއެވެ.

ހަމަލާތައް ހުއްޓާލުމަށް ގޮވާލާ އދގެ ސަލާމަތީ މަޖިލީހުން ފާސްކުރަންއުޅޭ ކޮންމެ ގަރާރެއް އިޒްރާއިލްގެ އެންމެ އެކުވެރި އެމެރިކާއިން ވީޓޯ ކުރަމުން ގެންދިއުމުގެ ސަބަބުން އެކަމަށް ދަނީ ހުރަސް އެޅެމުންނެވެ.  

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާގެ ބޯޑަރުގެ ހަމަނުޖެހުމަށް މިނިވަން ތަހުގީގެއް ބޭނުންވާ ކަަމަށް އދ އިން ބުނެފި

ޣައްޒާގެ ބޯޑަރުގެ ހަމަނުޖެހުމަށް މިނިވަން ތަހުގީގެއް ބޭނުންވާ ކަަމަށް އދ އިން ބުނެފި

31 މާރިޗު 2018
ކެމްޕޭނަށް ޣައްޒާފީ އަތުން މާލީ އެހީ ހޯއްދެވިކަމުގެ ތުހުމަތުގައި ސަރްކޯޒީ ހައްޔަރުކޮށްފި

ކެމްޕޭނަށް ޣައްޒާފީ އަތުން މާލީ އެހީ ހޯއްދެވިކަމުގެ ތުހުމަތުގައި ސަރްކޯޒީ ހައްޔަރުކޮށްފި

21 މާރިޗު 2018
އިސްރާއީލުން ޣައްޒާއަށް ވައިގެމަގުންނާއި ޓޭންކަރުން ހަަމަލާދީފި

އިސްރާއީލުން ޣައްޒާއަށް ވައިގެމަގުންނާއި ޓޭންކަރުން ހަަމަލާދީފި

30 ޑިސެމްބަރު 2017
އެހީ ނުލިބިއްޖެ ނަމަ އަންނަ ހަފްތާގައި ވެސް އެތައް ސަތޭކަ ބަޔަކު މަރުވާނެ: ޔަމަނުގެ އެހީދޭ ޖަމާޢާތްތައް

އެހީ ނުލިބިއްޖެ ނަމަ އަންނަ ހަފްތާގައި ވެސް އެތައް ސަތޭކަ ބަޔަކު މަރުވާނެ: ޔަމަނުގެ އެހީދޭ ޖަމާޢާތްތައް

10 ނޮވެމްބަރު 2017
ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި

ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި

03 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު