Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ހައްދަވާ އިތުރުފުޅުތައް

މަތިމައްޗަށް ދޮގުހެދީމަ ވާނީ ބުހުތާން ދޮގަށް: ހަމަ ބޯހަރީ!

ހާމަ ނުކުރާނެ އެއްވެސް އެއްޗެއް މި ސަރުކާރުގައި ނޯންނާނެ ކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2024 | އަންގާރަ 09:58
ރައީސް ޑރ. މުޙައްމަދު މުއިއްޒު

ރައީސް ޑރ. މުޙައްމަދު މުއިއްޒު

ވެރިކަމަށް ވަޑައިގެން ރައްޔިތުންނާ ދެއްކެވި ވާހަކަފުޅެއްގައި ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ. ސިޔާސީ މީހުން ރައްޔިތުންނަށް ކަންކަން އޮޅުވާލުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އޮޅުވާލާއިރު ވެސް، ޒައްރެއްގެ މިންވަރު ވެސް ތެދެއް ނެތް މިންވަރަށް ދޮގު ހަދައިގެން، ދޮގުގެ މައްޗަށް ދޮގު ހެދުމަކީ ކިހިނެއް ދިވެހިން ބަލައިގަންނާނެ ކަމެއްތޯ ރައީސް ސުވާލު ކުރެއްވިއެވެ.

ރައީސް ވިދާޅުވާ ގޮތުގައި އެފަދަ ދޮގުތަަކަށް ކިޔާ އުޅެނީ ވެސް ބުހުތާން ދޮގެވެ.

އަދި އެފަދަ ބުހުތާން ދޮގު މާ ގިނައިން ތަކުރާރު ކުރުމުން، ރައްޔިތުން އެ ދޮގުތައް ޤަބޫލު ކުރާ ފަހަރު ވެސް އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސެވެ. މިއަދު ރައްޔިތުން ދައްކަމުން ދަނީ އެފަދަ ބުހުތާން ދޮގުތަކެއްގެ ވާހަކައެވެ. ދެމީހަކު ކޮފީއަަކަށް އެރިޔަސް، ރައީސާއި ސަރުކާރުން ހަދާފައިވާ އަދި ހަދަމުންދާ ބުހުތާން ދޮގުގެ ވާހަކައެވެ.

ދެމަފިރިން ފިނިބުރު ޖަހަމުން ވެސް ދައްކަނީ އެ ވާހަކައެވެ. ރަށްރަށުގެ ހޮޅިއަށިތަކުގައި ވެސް އެ ވާހަކައެވެ. ސައިހޮޓާތަކާއި މަސްދޯނިތަކުގައި ވެސް އެއް އަޑަކުން ގުގުމަމުން ދަނީ ރައީސް ހައްދަވާ އިތުރުފުޅުތައް، ނުވަތަ ރައީސްގެ ބަސްފުޅުން ދަންނަވާނަމަ، ބުހުތާން ދޮގުތަކުގެ ވާހަކައެވެ.

ބައެއް ކަންކަމަށް ބަލާލާނަމެވެ.

ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދުފުޅަކީ، އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރާނެކަމުގެ ވާހަކަފުޅެވެ. ދިވެހި އަސްކަރިއްޔާގެ ފުރިހަމަ އާރާއި ބާރާއެކު ދެމިލުމަށް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ކޮންމެހެން ވެސް ފޮނުވާލަން ޖެހޭ ވާހަކަފުޅެވެ.

ކަންވެ ނިމުނުއިރު، އެއްކަލަ އިންޑިއާ ސިފައިން އަދިވެސް ރާއްޖޭގައި އެބަތިއްބެވެ. ޒަމާނެއްގެ ކޮޅުން އެމީހުން ފޮނުވާލެވުނު ނަމަވެސް، ޑޯނިއާ ދުއްވަން ދެން ވެސް ދިވެހި ސިފައިންނަކަށް ފުރުސަތެއް ނެތެވެ. އެކަން ކުރަން އައި އިންޑިއާގެ މަދަނީންގެ ފައުޖު އިއްޔެ ރާއްޖެ އަތުވެއްޖެއެވެ. މިއަށް ކިޔަނީ، ކީކޭބާއެވެ؟

ދެން ވިދާޅުވި އަނެއް ވާހަކަފުޅަކީ، ގޯއްޗާއި ފްލެޓު ލިބޭނެކަމަށް ގެޒެޓުކޮށްފައި ތިބި އެންމެންނަށް ވެސް އެ ޙައްޤު ހަވާލު ކުރައްވާނެ ވާހަކަފުޅެވެ. ވެރިކަމުގެ މިހާ ހިސާބަށް އައިއިރު، ރައްޔިތުންނަށް އޮތް ހަމައެކަނި އުއްމީދަކީ، ގޯއްޗާއި ފްލެޓު ނުލިބުނު ކަމުގައިވީނަމަވެސް، ޤައުމުގެ ޙަޔާތުގެ ކޮންމެ ވެސް ހިސާބަކުން އެ ޙައްޤު ލިބުމުގެ ފުރުސަތު އޮތްކަމަށް ރައީސް ވިދާޅުވި ވާހަކަފުޅެވެ.

މިއީ ސީދާ ސަރުކާރުން އެންމެ ފަހުން ބުނެފައިވާ ވާހަކައެކެވެ. ވީއިރު، ގޯއްޗާއި ފްލެޓު ލިބޭނެކަމަށް ގެޒެޓުކޮށްފައި ތިބި އެންމެންނަށް ވެސް އެ ޙައްޤު ހަވާލު ކުރައްވާނެކަމަށް ވީ ވައުދުފުޅަށް ކިޔާނީ ކީކޭބާއެވެ؟

ދެން ވިދާޅުވީ ވަޒީފާއިން މީހުން ނުކަނޑާނެ ވާހަކައެވެ. ސިޔާސީ މަޤާމުތައް ފިޔަވައި އެހެނިހެން މަޤާމުތަކުގައި ތިބި މީހުން އެކަމާ ހާސްވާން ނުޖެހޭނެ ވާހަކަފުޅެވެ. 200 އެތައް ރަށަކަށް ވަޑައިގެެން އެ ޔަޤީންކަން ދެއްވި ވާހަކަފުޅު ރައީސް ވިދާޅުވީ ފަޚުުރުވެރިކަމާއެކުއެވެ. ނަމަވެސް ސިޔާސީ މަޤާމުތައް ނޫނަސް އެތައް އެތައް މަޤާމުތަކަކުން މީހުން ވަޒީފާއިން ވަކިކޮށްފިއެވެ. ކުރަމުން އެބަދެއެވެ. މިއަށް ކިޔާނީ ކީކޭބާއެވެ؟

މަސްވެރިންނަށް ފައިސާ ދެއްވާނެ ވާހަކަފުޅަކީ އަނެއް ބުހުތާން ދޮގެވެ. ވެރިކަމެއްގެ މިހާ ކުރީކޮޅުގައި މަސްވެރިން ނުކުމެ ސަރުކާރަށް ރަތްމަހަށް ނުގޮވާހާ އެެއްޗެހި ގޮވިތަނެއް މި ނޫނީ ނުދެކެމެވެ. ވާނީވެސް އެހެންތާއެވެ. ވައުދުވެވަޑައިގެންނެވީ 48 ގަޑިއިރު ތެރޭގައި ޑޮލަރުން މަސްވެރިންނަށް ފައިސާ ދެއްވާށެވެ. ކުޑަމިނުން ދިވެހި ފައިސާއިން ނޫނީ ބޮލިން ވެސް އެ ފައިސާ ނުދީގެން މަސްވެރިން ހަނާވަނީއެވެ. މިވަރުވީމާ ދެން މިއަށް ކިޔާނީ ކީކޭބާއެވެ؟

ބަޖެޓުގައި ލާރި ނެތް ވާހަކަވެސް ހަމަ އެ ފަދައެވެ. އެއްކޮޅުން ލާރި ނެތްކަމަށް ވިދާޅުވެ، އަނެއްކޮޅުން ވެވަޑައިގަންނަވަމުން ގެންދަވަނީ ކެމްޕޭނު ތެރޭގައި ވެސް، މެނިފެސްޓޯގައި ވެސް، ކުޑަމިނުން ކެމްޕޭނު ޖަލްސާއެއްގައި ވެސް ވިދާޅުވެލައްވާފައިނުވާ ބޮޑެތި ވައުދުފުޅުތަކެވެ. އަންޑަވޯޓަރ ޓަނަލްގެ ވާހަކައަކީ އޭގެ މިސާލެކެވެ.

ބަޖެޓުގައި ލާރި ނެތުމުން ސިޔާސީ މަޤާމުތަކަށް ދެން މީހުން އައްޔަންނުކުރައްވާނެކަމަށް ވިދާޅުވެ، އެ ވާހަކަފުޅު ވެސް އެންމެ ފަހުން ވެ ނިމިގެން މި ދިޔައީ ބުހުތާން ދޮގަކަށެވެ.

ދެން އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިނިވަން ކުރުމުގެ ވާހަކައެވެ. އެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ރައީސްގެ ބަސްފުޅުންނަމަ، ޔާމީނު މިނިވަން ކުރެއްވުމުގެ ވައުދުފުޅު މިހާރު ވަނީ ފުއްދަވައިދެއްވާފައެވެ. ޔާމީން މިނިވަން ކުރެއްވުމުގެ ވައުދުފުޅާމެދު ރައީސް އަމަލު ކުރެއްވި ގޮތަކީ ރައްޔިތުންނަށް ހާމައަށް ފެންނަން އޮތް ކަމެކެވެ.

ދެން ވިދާޅުވީ، ހާމަނުކުރާނެ އެއްވެސް އެއްޗެއް މި ސަރުކާރުގައި ނޯންނާނެ ކަމަށެވެ. ޤައުމީ ސަލާމަތަށް ނުރައްކާ ނުވާނަމަ އެ މައުލޫމާތެއް ތަބަކަށް ލާފައި ރައްޔިތުންގެ ސުފުރާ މަތީގައި ބަހައްޓަވާނެ ވާހަކަފުޅެވެ.

އެކަމަކު ޗައިނާއާއެކު ވީހާ އެއްބަސްވުމެއްގެ ތަފްސީލެއް ހާމައެއް ނުކުރައްވައެވެ. ޗައިނާގެ ޖާސޫސީ ބޯޓުތަކެއް ރާއްޖެ މި އަންނަން ޖެހުނު ޒަރޫރަތަކީ ކޮބައިކަމެއް ހާމައެއް ނުކުރައްވައެވެ. އެންމެ ކުޑަމިނުން ސަރުކާރުގައި ތިއްބެވި ސިޔާސީ މަޤާމުތަކުގެ އަދަދާއި ތަފްސީލު ވެސް ހާމަކުރަން ދަނީ ފަސްޖެހެމުންނެވެ. ގެއްލުނުކަމަށް ބުނާ ކަނޑު ހޯދަދޭން ނުކުތް މޯލްޓާގެ ޕްރޮފެސަރުގެ ނަންވެސް ސިއްރެވެ. އެވެސް އެންމެ ފަހުންވީ ހަމަ..........

ރައީސެވެ. ބުހުތާން ދޮގުގެ ފަލްސަފާއަކަށް ނިމުމެއް ނެތެވެ. ދެން އޮތީ ޑޮލަރު ލިމިޓުގެ ވާހަކައެވެ. ފުރަތަމަ ވައުދުވެވަޑައިގެންނެވީ ވެރިކަމުގެ ފުރަތަމަ ދެ މަހު ކާޑުގެ ލިމިޓް ކުޑަ ކުރައްވަމުން ގޮސް، މުޅިން އުވާލައްވާނެ ކަމަށެވެ. އެއާއެކު ރައްޔިތުން ތިބީ އުފަލުން ފޮޅިފައެވެ.

އެ ވައުދުފުޅު ފުއްދަންވީ ވަގުތު ޖެހުމުން ވިދާޅުވީ، ޑޮލަރު ލިމިޓް އުވާލައިފިނަމަ އިޤްތިސާދަށް ލޮޅުން އަރާނެ ކަމަށެވެ. އޭގެ ބަދަލުގައި ދެން ވައުދުވެވަޑައިގެންނެވީ ބޭރުގައި ކިޔަވާން ތިބި ކުދިންގެ ޑޮލަރު ލިމިޓް އިތުރުކޮށްދެއްވާނެ ކަމަށެވެ. އެކަން ކުރައްވަން ޖެހުނު ވަގުތު ޖެހުމުން ރާއްޖޭގެ މާލީ އިދާރާއިން ނެރުނީ ބޮޑު ބަޔާނެކެވެ. އެކަން ކުރެވެން ނެތްކަމަށް ބަޔާންކޮށެވެ. އެކަންވެސް ވީ ހަމަ ބުހުތާނުގެ ވެސް ބުހުތާން ދޮގަކަށެވެ.

މިވަރަށް ކަންކަން ދިއުމުން ރައްޔިތުން ނުކުމެ ބުނަނީ ދެން ހުއްޓާލާށޭއެވެ. އެކަންކަން ރަނގަޅު ކުރައްވާށޭއެވެ. ބައެެއް ފަރާތްތަކުން ބުނާ ގޮތުގައި ކިތަންމެ ވަރަކަށް ބަޔަކު ހަނާވިޔަސް، ރައީސެއް ކަންކަން ރަނގަޅެއް ނުކުރައްވާނެއެވެ. ހަމަ "ބޯހަރީއެވެ".

ކޮމެންޓް

އިތުރަށް ކިޔާލަން

ބަޣްދާދީއަށްފަހު އައިސިސް: ވެރިކަމާއި ދެން ހަވާލުވާނީ ކާކު؟

ބަޣްދާދީއަށްފަހު އައިސިސް: ވެރިކަމާއި ދެން ހަވާލުވާނީ ކާކު؟

17 ޖުލައި 2017
ރައީސް ޔާމީން ދެން އަޅުއްވާނީ ކޮން ފިޔަވަޅެއް؟

ރައީސް ޔާމީން ދެން އަޅުއްވާނީ ކޮން ފިޔަވަޅެއް؟

03 ޖުލައި 2017
އަލިފުށީގެ ރައްޔިތުން ކަޅު އަނދިރީގައި، ކަރަންޓް ޔަގީން ވާނީ ކޮން ދުވަހަކުން؟

އަލިފުށީގެ ރައްޔިތުން ކަޅު އަނދިރީގައި، ކަރަންޓް ޔަގީން ވާނީ ކޮން ދުވަހަކުން؟

30 ޖޫން 2017
ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

07 މެއި 2017
ރައީސް މައުމޫން ދެން ހައްދަވާނީ ކިހިނެއް؟

ރައީސް މައުމޫން ދެން ހައްދަވާނީ ކިހިނެއް؟

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު