Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެދޮރުވެރިޔާ ފްލެޓް މައްސަލަ

"ކައުންސިލްގެ ލިޔުން އެކަނި އޮވެގެން ފްލެޓަށް ޝަރުތު ހަމަނުވާކަމަށް ބުނާ މީހުންގެ %60 އަކީ އަންހެނުން" - ރޮޒައިނާ

ރޮޒައިނާ ވިދާޅުވީ 15 އަހަރު އުޅުނުކަން ސާބިތު ނުވެގެން ޝަރުތު ހަމަނުވާ ކެޓަގަރީގެ 64 އިންސައްތައަކީ އަންހެނުން ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ފެބުރުއަރީ 2024 | އަންގާރަ 10:05
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފެލެޓް ލިބުނު މީހުންގެ ތެރެއިން ކައުންސިލްގެ ލިޔުން އެކަނި އޮވެގެން ޝަރުތު ހަމަނުވާ މީހުންގެ 60 އިންސައްތައަކީ އަންހެނުން ކަމަށާއި އޭސީސީގެ ރިޕޯޓުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭނު ލޯންޗުކުރުމަށް "މިސްރާބު ހަމަމަގަށް" މި ނަމުގައި ހޯމަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރޮޒައިނާ ވަނީ ފިރިހެނުންނަށް ކުރިމަތިލާން ނުޖެހޭ ގިނަ ގޮންޖެހުންތަކަކާ އަންހެނުންނަށް ކުރިމަތިލާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ނިމިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރި ފްލެޓްތައް ލިބުނު އަންހެނުންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އޭނާ ވަނީ އަލިއަޅުވާލައްވާފައެވެ.

Advertisement - newsAdvertisement

އެގޮތުން ފްލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން އޭސީސީން 60 އިންސައްތަ މީހުން ޝަރުތު ހަމަނުވާ ކަމަށް ބުނެފައިވާއިރު، އޭގެ ތެރޭގައި ހުރި ކެޓަގަރީތަކަށް ރޮޒައިނާ އަލިއަޅުވާލެއްވިއެވެ.

ޝަރުތު ހަމަނުވާ މީހުންގެ ތެރޭގައި މާލޭގައި ދިރިއުޅޭތާ 15 އަހަރުވީކަން ސާބިތުކުރުމަށް ހަމައެކަނި ކައުންސިލުގެ ލިޔުން އޮވެގެން ޝަރުތު ހަމަނުވާ ކަމަށް ބުނާ ކެޓަގަރީގެ 60 އިންސައްތައަކީ އަންހެނުން ކަމަށް ރޮޒައިނާ ފާހަގަކުރެއްވިއެވެ. އަދި އެ މީހުން މާލޭގައި އުޅޭކަން އަންގައި ދިނުމަށް ހަމައެކަނި ހުށަހަޅާފައި ވަނީ ދިރިއުޅޭ ތަނުގެ ގޭގެ ލިޔުން އެކަނި ކަމަށް އޭސީސީން ބަޔާންކޮށްފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ 15 އަހަރު އުޅުނުކަން ސާބިތު ނުވެގެން ޝަރުތު ހަމަނުވާ ކެޓަގަރީގެ 64 އިންސައްތައަކީ އަންހެނުން ކަމަށެވެ. އަދި އޭގެ ތެރެއިން 58 އިންސައްތަ އަކީ 15 އަހަރު މާލޭގައި އުޅުނު ކަމަށް ސާބިތުނުވާކަމަށް ބުނެފައިވާ ކެޓަގަރީ ހިމެނޭ އަންހެނުން ކަމަށެވެ. މިހެން މިކަން ދިމާވާ ސަބަބަކީ، އަންހެނުން ރަށްރަށުގައި އުޅެފައި، ދަރިން ގޮވައިގެން މާލެ އަށް ކިޔަވަދޭން އައިސް އެ ކުދިން ސްކޫލަށް ދާއިރު އެކުދިންގެ ކަންތައްތައް ބަލަހައްޓަން ގޭގައި މަޑުކޮށްގެން ތިބުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެފަދަ މީހުންނަކީ އަމިއްލައަށް ފަހައި، ކިއްލި ތަޅައި، ކޭކު ހަދައި އެކިއެކި މަސައްކަތްތައް ކޮށްގެން ފައިސާ ހޯދައިގެން މާލޭގައި ދިރިއުޅޭތާ 30 އަހަރު ވިޔަސް، ރަސްމީ އޮފީހަކުން މާލެގައި އުޅުނު ކަމުގެ ލިިޔުން ނުލިބޭނެ ބައެއްކަން ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ އެމްޑީޕީ ސަރުކާރުން ފްލެޓްތައް ދިނީ އެ ހުރިހާ ކަމަކަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށާއި އެފަދަ ހާލަތްތަކަށް ޚާއްސަކޮށް ކުދިންގެ ސްކޫލު ލީވިން ސެޓިފިކެޓް ވެސް ބަލައިގަންނަ ލިޔެކިޔުމެއްގެ ގޮތުގައި އޭރު ހަމަޖެއްސި ކަމަށެވެ. އަދި އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލަމުންދާ ކަމަށާއި އެ މައްސަލަ ބެލުމުގެ ފުރުސަތު މަޖިލީހަށް ލިބުނީ ވެސް، އެމްޑީޕީ މަޖިލީހުގެ މެޖޯރިޓީގައި އޮތުމުން ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އޭސީސީގެ ރިޕޯޓްގައި މައްސަލަތައް ހުރިކަމަށް ފާހަގަކުރެވޭކަމަށެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު