Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް އިތުރުފުޅު ހެއްދެވުން

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ރައީސްގެ ވާހަކަފުޅާއި ގުޅޭގޮތުން ފުރަތަމަ ޝާއިއުކުރި ޚަބަރުގައިވެސް އެ ވާހަކަ ލިޔެފައި އޮތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2024 | އަންގާރަ 07:56
ރައީސް ޑރ މުޙައްމަދު މުއިއްޒު ހަނިމާދޫގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ޑރ މުޙައްމަދު މުއިއްޒު ހަނިމާދޫގައި ވާހަކަފުޅު ދައްކަވަނީ

މިދިޔަ ސަރުކާރުގައި ޕްރޮޖެކްޓުތައް ހިންގުން ލަސްކުރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުވެއިތު ފަންޑުން ފަންޑު އަނބުރާ ގެންދިޔަކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވި ވާހަކަފުޅަކީ އިތުރުފުޅެއްކަން ހާމަވުމާއެކު، ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ޚަބަރުން ވެސް އެ ބައި އުނިކޮށްފިއެވެ.

އުތުރުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހދ ހަނިމާދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އެއާޕޯޓު މިހާރު ތަރައްޤީކުރެވިގެން ދަނީ އެންމެ ބޭނުންވާ ފުޅާ ދާއިރާއެއްގައި ނުވަތަ ސްކޭލްގައި ނޫންކަމުގައި ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އެހެންކަމުން ރަންވޭ މިހާރަށްވުރެ 700 ވަރަކަށް މީޓަރު ދިގުކުރުމަށް އެއާޕޯޓުގެ ލޯނު ހަމަޖެއްސި ފަރާތާ މަޝްވަރާ ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ހަނިމާދޫއާއި އަދި އިތުރު ދެރަށެއްގެ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަޝްރޫއުގައި ކުރިން ސޮއިކޮށްފައި އޮތީ ކުވޭތު ފަންޑުގެ ހިލޭ އެހީގެ ދަށުންނެވެ. ނަމަވެސް ކުރީގެ ސަރުކާރުގެ އިހުމާލުން އެ ފަންޑު ދޫކުރި ފަރާތުން ފަންޑު އަނބުރާ ގެންގޮސް، އެ މަޝްރޫއު ކުރިއަށް ގެންދެވޭގޮތްނުވެ އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުން އެ ފަންޑުގެ ބޭނުން ނުކޮށް، މި ޕްރޮޖެކްޓުތައް ހިންގުން ލަސްކުރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުވެއިތު ފަންޑުން އެންމެ ފަހުން ފަންޑު އަނބުރާ ގެންދިޔައީއެވެ. ސަރުކާރެއްގައި ކަންކަން ބޮއްސުންލައިގެންދާނީ އެހާ ވަރަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އޮފީހުން ރައީސްގެ ވާހަކަފުޅާއި ގުޅޭގޮތުން ފުރަތަމަ ޝާއިއުކުރި ޚަބަރުގައި ވެސް އެ ވާހަކަ ލިޔެފައި އޮތެވެ. އެގޮތުން ކުރީގެ ސަރުކާރުގެ އިހުމާލުން އެ ފަންޑު ދޫކުރި ފަރާތުން ފަންޑު އަނބުރާ ގެންގޮސް، އެ މަޝްރޫއު ކުރިއަށް ގެންދެވޭގޮތްނުވެ އޮތްކަން ޚަބަރުގައި ޝާއިއުކޮށްފައި އޮތެވެ.

އެހެންނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއްކަން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހާމަ ކުރެއްވުމާއެކު، ރައީސް އޮފީހުގެ ވެބްސައިޓުގައި އޮތް ޚަބަރުން ވެސް މިހާރު ވަނީ އެ ބައި އުނިކޮށްފައެވެ.   

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ، ރައީސް އެ ވިދާޅުވީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، ކުވެއިތު ފަންޑުން އަބަދުވެސް އަންނަނީ ރާއްޖެއަށް އެހީތެރިވަމުން ކަމަށެވެ.

އަދި މަޝްރޫއެއް ނުހިންގިގެން އެއްވެސް ޕްރޮޖެކްޓެއް އަދި ފަންޑެއްވެސް އަނބުރާ ގެންގޮސްފައި ނުވާކަން ފާހަގަ ކުރައްވައި އަމީރު ވަނީ ރައީސަށް ރަނގަޅު މައުލޫމާތު ދޭނެ، ކަމަށް އެކަށީގެންވާ ޤާބިލް މީހުން އައްޔަނުކުރަން ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

އަމީރުގެ އެ ޓްވީޓާއެކު ރައީސް އޮފީހުން މިހާރު ވަނީ ޚަބަރު އިސްލާހުކޮށްފައެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު