Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ގާޑިއޯލާ އެދެނީ ޑި ބްރޭނާ ސިޓީގައި ހުންނަން، ސައުދީގެ ހުށަހެޅުމެއް އޮތް ކަމެއް ނޭނގޭ!

27 ފެބުރުއަރީ 2024 | އަންގާރަ 05:53

އެންމެ ފަހުން ސިޓީ އާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ފެބުރުއަރީ 2024 | އަންގާރަ 05:53
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި ކެވިން ޑި ބްރޭނާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި ކެވިން ޑި ބްރޭނާ

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ، އެ ކުލަބުގައި ހުންނަން އެދޭ ކަމަށް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީގެ ކޯޗު ގާޑިއޯލާ މިހެން ބުނީ ޑި ބްރޭނާގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ އެންމެ ފަހުން ސިޓީ އާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަަލަށެވެ. ނަމަވެސް، މިހާތަނަށް ސިޓީ އިން އޭނާ އާއެކު ރަސްމީ ގޮތެއްގައި އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް ކޮށްފައި ނުވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، ޑި ބްރޭނާ ސިޓީގައި މަޑުކުރަން އެދޭ ކަމަށާއި އެއީ އޭނާ ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ. ނަމަވެސް ގާޑިއޯލާ ފާހަގަ ކުރި ގޮތުގައި އެކަމާމެދު ގޮތެއް ނިންމާނީ ޑި ބްރޭނާ އެވެ. އެ ނިންމުން އޭނާ ނިންމާނީ އަމިއްލަ އަށް ކަމަށާއި، އެއްބަސްވުމުގެ ވާހަކަ އޭނާއާ ދައްކާނީ ކުލަބުން ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ޑި ބްރޭނާ އަށް ސައުދީ ޕްރޯ ލީގުގެ ކުލަބެއްގެ ހުށަހެޅުން އޮތް ކަމަށް ދެކެވޭ ވާހަތަކާ ގުޅިގެން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، އެ ސުވާލު ކުރަން ޖެހޭނީ ޑި ބްރޭނާއާ ކަމަށެވެ. އަދި ޑި ބްރޭނާ އަށް ސައުދީގެ ހުށަހެޅުމެއް އޮތްކަން އޭނާ އަށް އެނގިފައި ނެތްކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، ކޮންމެ ގޮތެއްވީ ނަމަވެސް އޭނާ ބޭނުން ވަނީ ޑި ބްރޭނާ ސިޓީގައި ހުންނަން ކަމަށެވެ.

ވުލްވްސްބާގް ދޫކޮށްލުމަށްފަހު 2015 ވަނަ އަހަރު ސިޓީ އަށް ބަދަލުވެ ޑި ބްރޭނާ އަންނަނީ އެ ކުލަބުގައި މޮޅަށް ކުޅެމުންނެވެ. އެ ކުލަބުގެ މެދު ތެރޭގައި އެންމެ މުހިންމު ދައުރެއް އަދާ ކުރާ އެއް ކުޅުންތެރިޔަކީ ވެސްް ޑި ބްރޭނާ އެވެ. އަނެއްކޮޅުން ސިޓީގެ ކޯޗު ގާޑިއޯލާ އިސްކަން ދެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ. ޑި ބްރޭނާ ވަނީ މިހާތަނަށް ސިޓީ އަށް ކުޅެދިން 367 މެޗުގައި 98 ލަނޑު ޖަހައިފަ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

19 ޖޫން 2017

އަހަރެން އެދެނީ ރޮނާލްޑޯ ކުލަބުގައި މަޑުކުރަން: ރާމޯސް

19 ޖޫން 2017
އަހަރެން އެދެނީ ރޮނާލްޑޯ ކުލަބުގައި މަޑުކުރަން: ރާމޯސް
16 ޖޫން 2017

ރެއާލްގެ ކްރޫޒް ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ!

16 ޖޫން 2017
ރެއާލްގެ ކްރޫޒް ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ!
02 ޖޫން 2017

އިތުރު އެއް އަހަރު ސިޓީގައި މަޑުކުރަން ޓޫރޭ ނިންމައިފި

02 ޖޫން 2017
އިތުރު އެއް އަހަރު ސިޓީގައި މަޑުކުރަން ޓޫރޭ ނިންމައިފި
18 ފެބުރުއަރީ 2017

އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި

18 ފެބުރުއަރީ 2017
އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް