Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރުން އޮޅުވާލުން

މަހުން ނަގާ ޑިއުޓީ ކުޑަކުރަން މި ސަރުކާރުން މަސައްކަތެއް ނުކުރޭ، ރާއްޖެއަށް ފައިދާވާނެ އެއްބަސްވުމެއްގައި ސޮއި ނުކުރޭ - ރައީސް ޞާލިހް

ޕްރޮޖެކްޓްތައް ހުއްޓާލާ ސިޔާސީ ވަޒީފާތައް އިންތިހާއަށް އިތުރުކޮށްފި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2024 | ހޯމަ 18:46
އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް

އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް

މަހުން ނަގާ ޑިއުޓީ ކުޑަކުރަން މި ސަރުކާރުން މަސައްކަތެއް ނުކުރާ ކަމަށާއި، ރާއްޖެއަށް ފައިދާވާނެ އެއްބަސްވުމެއްގައި ސޮއި ނުކުރާ ކަމަށް އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ފެށުމަށް އާޓިފިޝިއަލް ބީޗްގައި ބޭއްވި ޖަލްސާފައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ގައުމުގެ ހާލަތު މިއަދު އިހުސާސްކުރެވޭ ކަމަށެވެ. މިއަދު ބަލަން ތިބެވޭކަށް ނެތް ކަމަށާއި، މިސްރާބު ކަސިޔާރުވެ ހަމަމަގުން ނައްޓާލައިފި ކަމަށެވެ. މި ސަރުކާރުން ދޮގު ހަދައި އޮޅުވާލައިފި ކަމަށާއި، ސަރުކާރު ހަމަ މަގަށް ނާޅުވައިފިނަމަ މާދަމާވެސް ދޮގު ހަދާ އޮޅުވާލާނެ ކަމަށެވެ. މީގެ އިތުރުން މަސްވެރިންނަށް ދޮގު ހަދައިފި ކަމަށާއި، ގޯއްޗާއި ފުލެޓް ލިބުނު މީހުންނަށް އޮޅުވާލައިފި ކަމަށެވެ. ޕްރޮޖެކްޓްތައް ހުއްޓާލާ ސިޔާސީ ވަޒީފާތައް އިންތިހާއަށް އިތުރުކޮށްފި ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ހާރިޖީ ގުޅުންތައް ގައުމުތަކާއި ކެނޑި، ބާކީވަމުންދާ ކަމަށެވެ. މިއީ މަޖިލިސް އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކުރަންޖެހޭ ބައެއް ސަބަބުތައް ކަމަށެވެ.

ރައީސް ޞާލިހް ވިދާޅުވީ މަހުން ނަގާ ޑިއުޓީ ކުޑަކުރުމުގެ މަސައްކަތްތަކެއް މިސަރުކާރުން ކުރިއަށް ނުގެންދިޔަ ކަމަށެވެ. ވާހަކަ ދައްކާނެ ބޭރުގެ ގައުމެއް ނެތް ކަމަށާއި، ފަހަރެއްގައި ގައުމެއް ދެގައުމެއް އޮވެދާނެ ކަމަށެވެ. އެހެންނަމަވެސް ރާއްޖެއަށް ފައިދާވާކަހަލަ މަސައްކަތެއް، ހާއްސަކޮށް މަސްވެރިންނަށް ފައިދާވާނެ އެއްބަސްވުމެއް ހަދާތަން ނުފެންނަ ކަމަށެވެ.

ރައީސް ޞާލިހް ވިދާޅުވީ އެންމެ ފުރަތަމަވެސް މި ސަރުކާރުން ކުރެއްވި ގޯސްކަމަކީ މިފްކޯ އެސްޓީއޯގެ ދަށުން ވަކިކުރެއްވުން ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގައި ވެސް ތިން ހަތަރު ފަހަރު އެ ފީސިބިލިޓީ ހަދައިގެން ގެނައި ކަމަށާއި، ނަމަވެސް އެއީ އެންމެ ރަނގަޅުގޮތް ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ.

ރައީސް ޞާލިހް ވިދާޅުވީ އެސްޓީއޯގެ ދަށުގައި މިފްކޯ އޮތް ނަމަ ބޭންކުތަކުން ލޯނު ލިބޭނެކަމަށާއި، ނަމަވެސް މިއަދު މިފްކޯއަކަށް ފައިސާދޭނެ ބޭންކެއް ނުހުންނާނެ ކަމަށެވެ. އަދި މިފްކޯ ވަކިކުރުމަކީ ގޯހެއް ކަމަށް އައިއެމްއެފްއާއި ވޯލްޑް ބޭންކުންވެސް ބުނަމުންދާ ކަމަށާއި، ދެންވެސް ކުރަންވީ ކަމަކީ އެ ބަދަލު އަވަހަށް ގެނައުން ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު