Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިފެންސް މިނިސްޓަރުގެ އޯޑިއޯ

ޑިފެންސް މިނިސްޓަރުގެ އޯޑިއޯ ލީކުވި މައްސަލައިގާ ގިނަ ސިފައިންތަކެއް "ބަންދު"ކޮށްފި

2 އޯގަސްޓު 2017 | ބުދަ 15:21

ހާޒިރު ކުރީ ބުދަދުވަހުގެ ހެނދުނުގެ ވަގުތެއްގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 2 އޯގަސްޓު 2017 | ބުދަ 15:21
ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ސިފައިންގެ ވެރިން ތަކަކާއެކު

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ސިފައިންގެ ވެރިން ތަކަކާއެކު

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު, ސިފައިންގެ އެސްޕީޖީގައި އޮފިސަރުން ތަކަކާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯ ސޯޝަލް މީޑިއާގައި ލީކުވުމުގެ ސަބަބުން ގިނަ ސިފައިންތަކެއް "ބަންދު"ކޮށްފި ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެތެރޭގެ ތަހުގީގަކަށް ސިފައިންގެ ތެރޭގައި ހައްޔަރުކޮށްފައި ވަނީ އެބައްދަލުވުމުގައި ބައިވެރިވި އެސްޕީޖީ ސިފައިންނެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އެސިފައިންގެ އާޢިލާތަކަށް ވެސް އެފަރާތްތަކުގެ މައުލޫމާތު ނުލިބިގެން އެަކަމުގެ ކަންބޮޑުވުން ދަނީ ފާޅު ކުރަމުންނެވެ.

ބުދަ ދުވަހު ހެނދުނުން ފެށިގެން އެސިފައިންގެ އާއިލާތަކަށް އެމީހުންގެ އެއްވެސް ޚަބަރެއް ލިބިފައި ނުވާއިރު ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ވަނީ ސިފައިންގެ އެތެރޭގައި ބަންދު ކޮށްފައެވެ. އަދި ގެންދަނީ އެމީހުންގެ ފޯނުތައް ޗެކް ކުރަމުންނެވެ. އެކަމަކު އެމީހުންގެ ތެރޭގައި ހިމެނެނީ ކިތައް މީހުން ކަމެއް އަދި ރާއްޖެ އެމްވީއަށް އެނގިފައެއް ނުވެއެވެ.

މިކަން ހިއްސާކޮށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފްވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ.

މަހްލޫފްގެ ޓްވީޓުގައި ވިދާޅުވެފައިވާ ގޮތުގައި މިނިސްޓަރ ޝަރީފްގެ އޯޑިއޯ ލީކުވި މައްސަލައިގާ އެމްއެންޑީއެފަށް ގެންދިޔަ ގިނަ އަދަދެއްގެ ސިފައިންގެ ޚަބަރެއް ނުވެގެން ޢާއިލާތައް ތިބީ ކަންބޮޑުވުމެއްގައި ކަމަށެވެ.

މިކަމާ ގުޅޭގޮތުން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލްގެ ބަހެއް ހޯދާލަން ގުޅާލުމުން ވިދާޅުވީ ސާފުކޮށްލެއްވުމަށް ފަހު ޖަވާބެއް ދެއްވާނެ ކަމަށެވެ. އެހެން ނަމަވެސް އަދި މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.

އެބައްދަލުވުމުގައި މިނިސްޓަރ މަސައްކަތް ކުރައްވާފައިވަނީ މިދިޔަމަހުގެ 24 ވަނަ ދުވަހާއި 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ސިފައިން ކުރި ކަންކަމަކީ ޤާނޫނީ އިމުގެ ތެރެއިން ކޮށްފައިވާ ކަމެއްކަން ވިސްނައި ދެއްވުމެވެ.

އަދި ފަހުން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ސޯޝަލް މީޑިއާގައި ސިފައިންގެ ގިނަ އަދަދެއްގެ ސިފައިން ސިފައިންގެ މަރުކަޒުގައި ތަހުގީގަށް ބަންދުކޮށްފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށެވެ. އަދި އެފަދަ ކަމެއް ނުހިނގާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

22 މާރިޗު 2017

އެމްއެމްޕީއާރްސީގެ މައްސަލައިގާ ލަދުވެތިވަން، ހުރިހާ ވުޒާރާތަކުން ހިންގާ ކޮރަޕްޝަން ބެލުމުގެ ގާބިލް ކަމެއް ނެތް: ރައީސް

22 މާރިޗު 2017
އެމްއެމްޕީއާރްސީގެ މައްސަލައިގާ ލަދުވެތިވަން، ހުރިހާ ވުޒާރާތަކުން ހިންގާ ކޮރަޕްޝަން ބެލުމުގެ ގާބިލް ކަމެއް ނެތް: ރައީސް
22 މާރިޗު 2017

އޯޑިއޯ: މަސީޙު ބަހައްޓަން ރައީސް ޔާމީން ފެކްޝަންގެ ބައެއް މެމްބަރުން ބޭނުމެއް ނުވޭ!؟

22 މާރިޗު 2017
އޯޑިއޯ: މަސީޙު ބަހައްޓަން ރައީސް ޔާމީން ފެކްޝަންގެ ބައެއް މެމްބަރުން ބޭނުމެއް ނުވޭ!؟
14 މާރިޗު 2017

މެމްބަރު ނިހާނު، ޕީޕީއެމްގެ މެމްބަރުންނަށް ފާޑުވިދާޅުވާ އޯޑިއޯއެއް ލީކްވެއްޖެ

14 މާރިޗު 2017
މެމްބަރު ނިހާނު، ޕީޕީއެމްގެ މެމްބަރުންނަށް ފާޑުވިދާޅުވާ އޯޑިއޯއެއް ލީކްވެއްޖެ
04 މާރިޗު 2017

ފ. އަތޮޅު މައްސަލައިގާ ޔާމީނަށް އިތުބާރު ކުރެވޭކަށް ނެތް: ޝިފާޒް

04 މާރިޗު 2017
ފ. އަތޮޅު މައްސަލައިގާ ޔާމީނަށް އިތުބާރު ކުރެވޭކަށް ނެތް: ޝިފާޒް
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
28 ފެބުރުއަރީ 2017

ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި

28 ފެބުރުއަރީ 2017
ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި
08 ފެބުރުއަރީ 2017

މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް