Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސުލުހައިގެ ވަފުދެއް ގަތަރަށް ދިޔުން

ސުލްހައިގެ މަޝްވަރާތަކަށް އިސްރާއީލްގެ ވަފުދެއް ގަތަރަށް ފޮނުވަން ނަތަންޔާހޫ އެއްބަސްވެއްޖެ

25 ފެބުރުއަރީ 2024 | އާދީއްތަ 09:11

ބައިނަލްއަގްވާމީ މުޖުތަމައުގެ އިންޒާރުތަކާ އެކުވެސް، ރަފަޙްގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ކުރިއަށް ގެންދާނެކަމަށް އަދިވެސް ނަތަންޔާހޫ އަންނަނީ ބުނަމުން

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 25 ފެބުރުއަރީ 2024 | އާދީއްތަ 09:11
ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް ތެލްއަވީވްގައިކުރަމުންދާ މުޒާހަރާއެއް ފުލުހުން ރޫޅާލަނީ

ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް ތެލްއަވީވްގައިކުރަމުންދާ މުޒާހަރާއެއް ފުލުހުން ރޫޅާލަނީ

ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މަޝްވަރާކުރުމަށްޓަކައި އިސްރާއީލްގެ ވަފުދެއް ގަތަރަށް ފޮނުވަން ނަތަންޔާހޫ އެއްބަސްވެއްޖެއެވެ.

އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓުން ހޮނިހިރު ދުވަހުގެ ރޭ ފާސްކުރީ ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށާއި، ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމާއި ޣައްޒާގައި ބަންދުކޮށްފައި ތިބި މީހުން އެނބުރި ގައުމަށް ގެނައުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އިސްރާއީލްގެ އޮފިޝަލުންގެ ޓީމެއް ގަތަރަށް ފޮނުވުމަށެވެ.

މިފަދަ މަޝްވަރާތަކެއް މީގެ ކުރިން ވެސް ޕެރިހުގައި ބާއްވާފައިވާއިރު، އެ މަޝްވަރާތަކުގައި ބައިވެރިވީ އެމެރިކާ، ގަތަރު އަދި މިސްރުގެ އޮފިޝަލުންނެވެ.

އިސްރާއީލާއި ހަމާސް އާ ދެމެދު ސުލުހަކުރުމުގެ މެދުވެރިއެއްގެ ރޯލް އަދާކުރަމުން އަންނަ ގަތަރާ އެކު ހަރަކާތްތެރިވާ މިސްރުގެ އިސް އޮފިޝަލަކު ވިދާޅުވީ މި އެއްބަސްވުމުގެ ޑްރާފްޓްގައި، އިސްރާއީލުން ބަންދުކޮށްފައިވާ ފަލަސްތީނުގެ 300 އަށް ވުރެ ގިނަ ގައިދީން މިނިވަން ކުރުމުގެ ބަދަލެއްގެ ގޮތުގައި ޣައްޒާގައި ބަންދުކޮށްފައި ތިބި އިސްރާއީލުގެ ގާތްގަނޑަކަށް 40 އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ދޫކޮށްލަން ޖެހެއެވެ.

މިހާރު ކުރިއަށްދާ މަޝްވަރާތަކާ ބެހޭ ގޮތުން ނަން ހާމަނުކޮށް ވާހަކަ ދައްކަވަމުން މިސްރުގެ އޮފިޝަލް ވަނީ ހަނގުރާމަ ހަ ހަފުތާއަށް މެދުކަނޑާލަން ހުށަހަޅާފައިވާކަން ފާހަގަކުރައްވާފައެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް އެހީދޭ އެތައް ސަތޭކަ ޓްރަކްތަކެއް ޣައްޒާއަށް ވަނުމުގެ ހުއްދަ ދޭނެ ކަމަށާއި އޭގެ ތެރޭގައި ވަށާލާފައިވާ ސަރަހައްދުގެ އުތުރުގެ ސަރަހައްދަށް ވެސް ވަނުމުގެ ފުރުސަތު އޮންނާނެ ކަމަށް ބެލެވެއެވެ.

ސުލުހައިގެ ވާހަކަތައް މެދުކެނޑުމުން ވެސް މަޝްވަރާތައް ދެމެހެއްޓުމަށް ދެ ފަރާތުން އަނެއްކާވެސް އެއްބަސްވެފައި ވަނީ، އިތުރު ރަހީނުން ދޫކޮށްލުމަށް މަގުފަހިކޮށްދީ، ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމުގެ މަގްސަދުގައެވެ.

ނަމަވެސް މި ޑިޕްލޮމެޓިކް މަސައްކަތްތަކާއެކު ވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ރަފަޙްގައި ހިންގުމަށް ރާވާފައިވާ އަސްކަރީ އޮޕަރޭޝަން ކުރިން ހަމަޖެހިފައިވާ ގޮތަށް ބަރާބަރަށް ކުރިއަށް ގެންދާނެކަމުގެ އިންޒާރު ދީފައެވެ.

އިސްރާއީލް އަސްކަރިއްޔާގެ ޗީފް އޮފް ޖެނެރަލް ސްޓާފް ހަރްޒީ ހަލެވީ ހޮނިހިރު ދުވަހު ބުނީ، ރަފަޙްގެ އެހެނިހެން ސަރަހައްދުތައް އައިޑީއެފްގެ ސިފައިން އަލުން ބައްލާނެ ކަމަށާއި އެ މީހުން ރަހީނުކުރި މީހުންނާއި ހަމާސްގެ ލީޑަރުން ހޯދުމުގެ މަސައްކަތް ފުޅާކުރާނެ ކަމަށެވެ.

އޮކްޓޯބަރު 7 ވަނަދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދުވަނީ 30،000ން މައްޗަށް އަރާފައެވެ. އަދި 70،000 އާ ގާތްކުރާ އަދަދެއްގެ މީހުން ވަނީ ޒަޚަމްވެފައެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

ގަތަރުގެ މައްސަލަ: ކުވެއިތުގެ އަމީރު ގަތަރަށް ވަޑައިގެންފި

08 ޖޫން 2017
ގަތަރުގެ މައްސަލަ: ކުވެއިތުގެ އަމީރު ގަތަރަށް ވަޑައިގެންފި
07 ޖޫން 2017

ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

07 ޖޫން 2017
ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި
06 ޖޫން 2017

އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!

06 ޖޫން 2017
އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!
06 ޖޫން 2017

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އިޒްރޭލުން މަރުހަބާ ކިޔައިފި

06 ޖޫން 2017
ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އިޒްރޭލުން މަރުހަބާ ކިޔައިފި
05 ޖޫން 2017

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން

05 ޖޫން 2017
ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން
18 މެއި 2017

ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް

18 މެއި 2017
ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
25 ޖެނުއަރީ 2017

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް