Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެލެކްސަސް ސަންޗޭޒް

އާސެނަލްގެ ފަރިތަކުރުންތަކުގައި ސަންޗޭޒް ބައިވެރިވާން ފަށައިފި

ސަންޗޭޒްގެ އެއްބަސްވުން އާކުރަން އާސެނަލް އިން އަންނަނީ މަސައްކަތްކުރަމުން

ލީވާން އަލީ
ލީވާން އަލީ | 2 އޯގަސްޓު 2017 | ބުދަ 10:29
އާސެނަލްގެ ފަރިތަކުރުންތަކުގައި ސަންޗޭޒް ބައިވެރިވަނީ

އާސެނަލްގެ ފަރިތަކުރުންތަކުގައި ސަންޗޭޒް ބައިވެރިވަނީ

އާސެނަލްގެ ފަރިތަކުރުންތަކުގައި އެޓީމުގެ ޗިލީގެ ކެޕްޓަން އެލެކްސަސް ސަންޗޭޒް ބައިވެރިވާން ފަށައިފި އެވެ.

ލަންޑަންގައި އާސެނަލް އިން ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގައި ސަންޗޭޒް ބައިވެރިވެފައިވާއިރު، އޭނާ އެ ކްލަބް ދޫކޮށް ޓްރާންސްފާގައި އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް އަޑުތައް ދަނީ ފެތުރެމުންނެވެ.

ސަންޗޭޒްގެ އެއްބަސްވުން އާކުރަން އާސެނަލް އިން މަސައްކަތްކުރަމުން އަންނަ އިރު، އަދިވެސް ސަންޗޭޒްއާއެކު އާސެނަލް އުޅެނީ އެއްބަސްވުމަކަށް ނާދެވިގެންނެވެ. އެހެންނަމަވެސް ރިޕޯޓްތައް ބުނާގޮތުން މި ހަފްތާ ތެރޭގައި ސަންޗޭޒް އާސެނަލްގެ އާ އެއްބަސްވުމުގައި ސޮއިކުރާނެއެވެ.

ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ވެންގާ ބުނީ ސަންޗޭޒްއާ ޓެކްސްޓް މެސެޖްގެ ޒަރިއްޔާއިން ވާހަކަދެކެވިފައިވާ ކަމަށާއި، އެއްބަސްވުން އާކުރާނެ ކަމުގެ އުންމީދު ލިބިފައިވާ ކަމަށެވެ. މީގެއިތުރުން ވެންގާ ބުނީ ކްލަބުގެ ނިންމުމަކީ ސަންޗޭޒް ވިއްކާނުލުން ކަމަށާއި، އެ ނިންމުން މަތީގައި ކްލަބް ދެމިއޮންނާނެ ކަމަށެވެ.

މި ޓްރާންސްފާގައި ސަންޗޭޒް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ބަޔާން މިއުނިކް، ޕީއެސްޖީ އަދި ޕްރިމިއާ ލީގުގެ ބައެއް ކްލަބްތައްވެސް ހިމެނެއެވެ.

މީގެ ކުރިން ބާސާ އަށް ވެސް ކުޅެފައިވާ ސަންޗޭޒް އާސެނަލްގައި މޮޅު ކުޅުމެއް އޭނާ ބަދަލުވި ފުރަތަމަ ސީޒަންގައި ދެއްކި ނަމަވެސް އަނިޔާގައި ހުރުމާ އެކު އެ ކްލަބާ އެކު ހޭދަކުރި ދެވަނަ ސީޒަނުގައި އެދެވޭ ކުޅުމެއް ވަނީ ދެއްކޭ ގޮތް ނުވެފައެވެ. އެހެންނަމަވެސް އޭނާ ވަނީ މި ސީޒަނުގައި އާސެނަލްގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ކުޅުނު 54 މެޗުގައި އޭނާ ވަނީ 21 ލަނޑު ކާމިޔާބުކޮށްފައެވެ. ބާސާގައި ހޭދަކުރި ތިން ސީޒަނުގައި އެ ކްލަބަށް ކުޅުނު 141 މެޗުގައި 47 ލަނޑު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ވަނީ މިހާތަނަށް އާސެނަލް އަށް ކުޅުނު 145 މެޗުގައި 72 ލަނޑު ކާމިޔާބުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު