Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ ހަލާކުކޮށްލުމުން ފަޚުރުވެރިވާ ކަމަށް އިސްރާއީލުގެ މިނިސްޓަރަކު ބުނެފި

އިސްރާއީލުގެ ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 29،410 މީހުން ވަނީ ޣައްޒާއިން ޝަހީދުވެފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 22 ފެބުރުއަރީ 2024 | ބުރާސްފަތި 15:57
އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތި ކޮށްލައިފައިވާ ސަރަހައްދެއް

އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތި ކޮށްލައިފައިވާ ސަރަހައްދެއް

ޣައްޒާ ހަލާކުކޮށްލުމުން ފަޚުރުވެރިވާ ކަމަށް، އިސްރާއީލު ސަރުކާރުގެ ކެބިނެޓް މިނިސްޓަރު ބުނެފިއެވެ.

މިނިސްޓަރ އޮފް ސޯޝަލް އީކުއަލިޓީ، މޭ ގޯލާން ބުނީ ޣައްޒާގައި އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ގެއްލުންތަކާމެދު ފަޚުރުވެރިވާ ކަމަށެވެ.

ބުދަ ދުވަހުގެ ރޭ ސެނެޓް (އިސްރާއީލުގެ ގާނޫނު ހަދާ މަޖިލިސް)އިން ބޭއްވި ސެޝަނެއްގައި ވާހަކަ ދައްކަމުން ގޯލާން ވަނީ، ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރުގެ ބޯ ކަނޑާލާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

އައިޑީއެފް (އިސްރާއީލުގެ އަސްކަރިއްޔާގެ) ސިފައިން ސިންވާރާއި އޭނާގެ ޓެރަރިސްޓުން ހިފައި ޖަލުގެ ގޮޅިތަކަށް ގެންދިއުމަށްފަހު ޣައްޒާއިން އެ އެންމެން ހުސްކުރާތަން ދެކެން ބޭނުންވާ ކަމަށްވެސް މިނިސްޓަރު ވަނީ ބުނެފައެވެ. 

ޣައްޒާގެ ހަލާކުތަކާމެދު އަމިއްލައަށް ފަޚުރުވެރިވާ ކަމަށާއި، މީގެ 80 އަހަރު ފަހުންވެސް ކޮންމެ ކުއްޖަކުވެސް ޔަހޫދީން ކުރި ކަންތައް އެމީހުންގެ ދަރިންނަށް ކިޔައިދޭނެ ކަމަށް، އާއްމުވެފައިވާ ވީޑިއޯއެއްގައި އެ މިނިސްޓަރު ބުނެފައިވެއެވެ.  

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާގައި އިސްރާއީލުން ގާތްގަނޑަކަށް 1،200 އެއްހާ މީހުން މަރުވިކަމަށް ތެލް އަވީވުން ބުނި ފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް މެދުނުކެނޑި ވައިގެ މަގުންނާއި އެއްގަމު މަގުން ވަރުގަދަ ހަމަލާތައް ދީފައެވެ.

އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 29،410 މީހުން ޣައްޒާއިން ޝަހީދުވެ، ބޮޑެތި ގެއްލުންތަކެއް ލިބި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. މީގެ އިތުރުން ގާތްގަނޑަކަށް 70،000 މީހުން ވަނީ ޒަޚަމްވެފައެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ އާބާދީގެ 85 އިންސައްތަ މީހުންނަށް ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ، ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދ.ން ބުނެއެވެ.

1948 ވަނަ އަހަރު އިސްރާއީލު އުފެދުނު ފަހުން ފުރަތަމަ ފަހަރަށް އދ.ގެ އެންމެ މަތީ ޝަރުއީ އިދާރާ ކަމަށްވާ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާގެ ތުހުމަތުކޮށްފައެވެ.

މިދިޔަ ޖެނުއަރީ މަހު ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޖިނާއީ އަމަލުތައް ހުއްޓާލުމަށް ތެލްއަވީވަށް އަންގާފައެވެ.

އިތުރަށް ކިޔާލަން

30 ޑިސެމްބަރު 2017

އިސްރާއީލުން ޣައްޒާއަށް ވައިގެމަގުންނާއި ޓޭންކަރުން ހަަމަލާދީފި

30 ޑިސެމްބަރު 2017
އިސްރާއީލުން ޣައްޒާއަށް ވައިގެމަގުންނާއި ޓޭންކަރުން ހަަމަލާދީފި
04 ޑިސެމްބަރު 2017

އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް ބަލައިގަތުމަކީ ނުރައްކާތެރި ކަމެއް: އުރުދުން

04 ޑިސެމްބަރު 2017
އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް ބަލައިގަތުމަކީ ނުރައްކާތެރި ކަމެއް: އުރުދުން
02 ޑިސެމްބަރު 2017

އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް ޓްރަމްޕް ނިންމަވަނީ

02 ޑިސެމްބަރު 2017
އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް ޓްރަމްޕް ނިންމަވަނީ
19 ނޮވެމްބަރު 2017

އިސްރާއީލުގެ ޖަރީމާތައް ތަހުޤީޤްކުރަން ގޮވާލުމުން ފަލަސްތީނުގެ އޮފީސް ބަންދުކުރާނެކަމުގެ އިންޒާރު ދީފި

19 ނޮވެމްބަރު 2017
އިސްރާއީލުގެ ޖަރީމާތައް ތަހުޤީޤްކުރަން ގޮވާލުމުން ފަލަސްތީނުގެ އޮފީސް ބަންދުކުރާނެކަމުގެ އިންޒާރު ދީފި
03 ނޮވެމްބަރު 2017

ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި

03 ނޮވެމްބަރު 2017
ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު