Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިލިނގިލީ ބައިނަލްއަގުވާމީ ވައިގެ ބަނދަރު

ގއ. ވިލިނގިލީގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ ފަހުމުނާމާގައި ސޮއިކޮށްފި

22 ފެބުރުއަރީ 2024 | ބުރާސްފަތި 12:41

ވިލިނގިލީގެ ބިމަށް ޖާގަ އިތުރުކުރެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 22 ފެބުރުއަރީ 2024 | ބުރާސްފަތި 12:41
ފަހުމުނާމާގައި ސޮއިކުރައްވަނީ

ފަހުމުނާމާގައި ސޮއިކުރައްވަނީ

ގއ. ވިލިނގިލީގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ، ރައީސް ބުރާސްފަތި ދުވަހު ގއ. ވިލިނގިލީގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

Advertisement - newsAdvertisement

މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބެލްޖިއަމްގެ ކުންފުންޏެއްކަމަށްވާ އެން.ވީ.ބެސިކްސް އެސް.އޭ އާއެވެ.

މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. އަބްދުﷲ މުއްޠަލިބެވެ. މި މަޝްރޫއުގެ ޕްރޮޕޯނަންޓްގެ ފަރާތުން ސޮއިކުރެއްވީ އެން. ވީ. ބެސިކްސް އެސް. އޭ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު، ސަރވް ޑޮލްމަންސެވެ.

މި ފަހުމުނާމާގެ ދަށުން ގއ. ވިލިނގިލީގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ތަރައްގީ ކުރުމާއެކު ގއ އަތޮޅުގައި ޓުއަރިޒަމް ސިނާއަތް ކުރިއަރުވައި ތަރައްގީ ކުރެވޭނެއެވެ. އޭގެތެރޭގައި އިންޓެގްރޭޓަޑް ޓުއަރިޒަމް ޒޯން ތަރައްގީކުރުން ހިމެނެއެވެ.

ވިލިނގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިލިނގިލީ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ތަރައްގީކުރާއިރު ވިލިނގިލީގެ ބިމަށް ޖާގަ އިތުރުކުރެވޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ގއ އަތޮޅު ކައުންސިލާއި، އެ އަތޮޅު ވިލިނގިލީ ކައުންސިލާއި އަދި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލު މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި؛ ވިލިގިނލީ ބަނދަރުގެ މަސައްކަތް އަވަހަށް ނިންމަން ބޭނުންވާކަމާއި، އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކުރުމާއި، އައު އިމާރާތުގެ މަސައްކަތް އަވަސްކުރުމާއި، ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ލަސްވަމުންދިއުމުގެ ކަންބޮޑުވުމާއި، ވިލިނގިލި ކައުންސިލުގެ އިޚްތިސާސްގެ ދަށަށް ފަޅު ރަށެއް ގެންނަން ބޭނުންވާކަމާއި، ކުނި މެނޭޖްކުރުމުގައި ކުރިމަތިވާ ދަތިތަކާއި އަދި ރަށުގެ ތަރައްގީއަށް މުހިންމު ކަންކަން ހިމެނެއެވެ.

ގއ އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި؛ އަތޮޅުގެ ހުރިހާ ރަށެއްގެ މިސްކިތްތައް މަރާމާތުކުރަން ބޭނުންވާ ފައިސާ މިހާރު ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ސްޓޭޓް ހައުސްގެ މަރާމާތަށް ބޭނުންވާކަމާއި އަދި އަތޮޅުގެ ތަރައްގީއަށް ބޭނުންވެފައިވާ އެންމެ މުހިންމު ކަންކަން އަތޮޅު ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމަކަށް ސަމާލުކަންދެއްވައިގެން، އެ ހުރިހާ ކަމެއް ހައްލުކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ސަރުކާރަށް ތާއީދު ނުކޮށްގެން ވަޒީފާއިން ވަކިކުރާ މީހުންގެ ދިފާއުގައި ގއ ވިލިނގިލީގައި މުޒާހަރާކޮށްފި

19 އެޕްރީލު 2017
ސަރުކާރަށް ތާއީދު ނުކޮށްގެން ވަޒީފާއިން ވަކިކުރާ މީހުންގެ ދިފާއުގައި ގއ ވިލިނގިލީގައި މުޒާހަރާކޮށްފި
14 އެޕްރީލު 2017

ގެސްޓުން ގޮވައިގެން ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި ކައްޕި މަރުވެއްޖެ

14 އެޕްރީލު 2017
ގެސްޓުން ގޮވައިގެން ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި ކައްޕި މަރުވެއްޖެ
31 މާރިޗު 2017

ރައީސް ޔާމީން އުޅުއްވަނީ އިދިކޮޅު ލީޑަރުންނަށް ބިރުދެއްކުމުގެ ކެމްޕޭނެއް ފައްޓަވައިގެން: އެމްޑީޕީ

31 މާރިޗު 2017
ރައީސް ޔާމީން އުޅުއްވަނީ އިދިކޮޅު ލީޑަރުންނަށް ބިރުދެއްކުމުގެ ކެމްޕޭނެއް ފައްޓަވައިގެން: އެމްޑީޕީ
27 މާރިޗު 2017

މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟

27 މާރިޗު 2017
މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟
05 މާރިޗު 2017

މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!

05 މާރިޗު 2017
މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
23 ފެބުރުއަރީ 2017

ﷲގެ ވަހީއާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒު ކަމެއް ނޫން: ޑރ. އިޔާޒު

23 ފެބުރުއަރީ 2017
ﷲގެ ވަހީއާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒު ކަމެއް ނޫން: ޑރ. އިޔާޒު
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް