Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގއ ވިލިނގިލި

ސަރުކާރަށް ތާއީދު ނުކޮށްގެން ވަޒީފާއިން ވަކިކުރާ މީހުންގެ ދިފާއުގައި ގއ ވިލިނގިލީގައި މުޒާހަރާކޮށްފި

ހަނީފް ވަނީ ފްރޭމް ކޮށްފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 19 އެޕްރީލު 2017 | ބުދަ 19:12
ވިލިނގިލީގައި ބޭއްވި މުޒާހަރާގެ ތެރެއިން

ވިލިނގިލީގައި ބޭއްވި މުޒާހަރާގެ ތެރެއިން

ރައީސް އަބްދުﷲ ޔާމީނަށާއި ޕީޕީއެމަށް ކުރަމުން އައި ތާއީދު އަންބުރާ ގެންގޮސް ރައީސް މައުމޫން އަބްދުއް ޤައްޔޫމާއެކު ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތައް ތާއީދު ކުރަން ފެށުމުން ގިނަ ބަޔަކު ވަޒީފާއިން ވަކިކުރާތީ ކަންބޮޑު ފާޅުކޮށް ގއ ވިލިނގިލީގައި ބުދަދުވަހު މުޒާހަރާކޮށްފިއެވެ.

ޕީޕީއެމްގެ ބޮޑު ތާއީދެއް އޮންނަ ވިލިނގިލީގައި މިމުޒާހަރާ ފަށާފައިވަނީ ބުދަދުވަހު ހަވީރު 4:30 ގައެވެ. މިމުޒާހަރާގައި ވަނީ ސަރުކާރަާމެދު ނުރުހުން ފާޅުކޮށް ވިލިނގިލީގެ ބައެއް ބޮޑެތި މަގުތަކުގައި ހިނގާލާފައެވެ.

Advertisement - newsAdvertisement

ސުލްހަވެރިކަމާއެކު ކުރިއަށް ގެންގޮސް އިރުއޮއްސި 6 ޖަހަން ކައިރިވެފައި ހުއްޓާ ނިންމާލި މުމުޒާހަރާގެ ބައިވެރިންގެ މައިގަނޑު ޝުއޫރަކީ ސަރުކާރަށް ތާއީދު ނުކުރާތީ ކަމަށް ބުނެ އެރަށުގެ ވަޒީފާގައި ތިބި ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ވަކިކުރަމުން ދިއުމާއި އިތުރު މީހުންނަށް ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރު ދައްކަމުން ދިއުން ކަމަށެވެ.

އެގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ނައިބަކަށް ހުންނަވަނިކޮށް ފަނޑިޔާރަކު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށް މުއްދަތު ޖަހާފައިވާ އިބްރާހީމް ހަނީފް ދޫކޮށްލުމަށް ގޮވާލާ އޭނާގެ ފޮޓޯ މުޒާހަރާގައި ގެންގުޅެފައި ވެއެވެ.

މުޒާހަރާގެ ބައިވެރިން ސިފަކުރި ގޮތުގައި ހަނީފަކީ ރަށުގެ ތައުލީމީ ނިޒާމް ހަރުދަނާކޮށް ތައުލީމީ ގިނަ ކުދިންތަކެއް އުފެއްދެވުމުގައި ވަރަސްއ ިސްރޯލެއް އަދާކުރައްވާފައިވާ ބޭފުޅެއް ކަމަށާއި މަޑުމަތިރި މިޒާޖެއް ހުންނަ ހަނީފަކީ އެފަދަ ތުހުމަތެއް ކުރެވިދާނެކަމަށް އެއްވެސް މީގަކު ޤަބޫލު ކުރާނެ ބޭފުޅެއް ނޫންކަމަށެވެ.

މީގެ އިތުރުން ކޫއްޑޫގެ ވަޒީފާގައި 13 އަހަރާއި 15 އަހަރު ފަދަ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް އެއްވެސް ސަބަބެއްނެތި ޅ ފެލިވަރަށް 4 މީހަކު ބަދަލު ކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުންވެސް މުޒާހަރާގައި ފާޅުކޮށްފައި ވެއެވެ. އަދި ފެނަކަ ފަދަ ސަރުކާރުން ކުންފުނިތަކުގައި ވަޒީފާ އަދާކުރާ 16 މީހަކަށް މިހާރުވެސް އިންޒާރު ދީފައިވާކަމުގެ މައުލޫމާތު ލިބޭ ކަމަށާއި 1500 އެއްހާ މީހުން ކޫއްޑޫގައި ވަޒީފާ އަދާކުރަމުންދާއިރު އެފަރާތްތަކަށްވެސް ވަޒީފާގެ ބިރުވެރިކަން އިންތިހާއަށް އޮތްކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ ފެކްޝަންގައި ހުންނެވުމަށްފަހު ރައީސް މައުމޫނާއެކު ހުންނެވިކަމަށް ވިދާޅުވެ ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންއަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާގައި ބައިވެރިވެފައިވާއިރު އިސްކޮށް ހަރަކާތްތެރިވި މީހުން ބުނެފައިވަނީ އަމިއްލަ ފަސްގަނޑުގައި ތިބެ އެތައް އަހަރެއް ވަންދެން އަދާ ކުރަމުންދިޔަ ވަޒީފާ އެހެންތާކަށް ބަދަލުކުރުމުގެ އަނިޔާ ދެމުން ގެންދަނީ ސައުދާއެކު ރައީސް ޔާމީނަށް ކުރަމުންދިޔަ ތާއީދު ކުރުން ހުއްޓާލުމުން ކަމަށެވެ.

ޕީޕީއެމްގެ ބޮޑު މެޖޯރިޓީއެއް އޮންނަ ވިލިނގިލީގައި މިވަގުތު ތިބި ޕީޕީއެމްގެ 6 ކައުންސިލަރުން ހިމެނޭ ކައުންސިލްވެސް ވަނީ ސަރުކާރަށް ތާއީދު ކުރުން ހުއްޓާލާފައެވެ.އަދި މިމުޒާހަރާގައިވެސް ބައެއް ކައުންސިލަރުން ބައިވެރިވެފައިވާއިރު މުޒާހަރާގައި ގިނައިން ތިބީ ޕީޕީއެމް މެންބަރުންނެވެ. ނަމަވެސް އެމީހުން ބުނާ ގޮތުގައި ސަރުކާރުން ކުރާ އަނިޔާތަކާއި ސަރުކާރު ގެނައި މަޤަސަދު ސަރުކާރަށް އޮޅިފައިވާތީ ސަރުކާރަށް ތާއީދު ކުރުން ހުއްޓާލާފައިވާ ކަމަށެވެ/ އޭގެ ތެރޭގައި ރައީސް ޔާމީން ވެރިކަމަށް ގެނައުމުގައި ވިލިނގިލީގައި އިސްކޮށް އުޅުނު ފަރާތްތައް ހިމެނެއެވެ.

މިއީ ވިލިނގިލީގައި ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާއެކެވެ. ކުރިއަށް އޮތްތަނުގައިވެސް މިމުޒާހަރާ އޮންނާނެ ކަމަށް އިސްކޮށް އުޅުނު ފަރާތްތަކުން ވަނީ ބުނެފައެވެ. މިމުޒާހަރާ ކުރިއަށް ދިޔައިރު ރައީސް ޔާމީން 2018 ކެމްޕެއިން ޖަގަހައިން ދިޔައީ ރައީސް މައުމޫނަށާއި ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްކޮށް ވާހަކަދައްކާފައިވާ އޯޑިއޯއެއް އަޑު ބާރުކޮށް ޖަހަމުންނެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި
25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު