Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅު ލީޑަރުންނަށް ބިރުދެއް

ރައީސް ޔާމީން އުޅުއްވަނީ އިދިކޮޅު ލީޑަރުންނަށް ބިރުދެއްކުމުގެ ކެމްޕޭނެއް ފައްޓަވައިގެން: އެމްޑީޕީ

ސިޔާސީ ލީޑަރުންގެ ފަހަރަކު ބޭފުޅެއް ފުލުހަށް ހާޒިރުކުރަމުންދަނީ، ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ސަރުކާރަށް އޮތް ތާއީދު ބޮޑުތަނުން ގެއްލިފައިވާތީ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 31 މާރިޗު 2017 | ހުކުރު 13:29
އިދިކޮޅު ކޯލިޝަނުން ބުރާސްފަތި ދުވަހު ބޭއްވި ޕްރެސްގެ ތެރެއިން

އިދިކޮޅު ކޯލިޝަނުން ބުރާސްފަތި ދުވަހު ބޭއްވި ޕްރެސްގެ ތެރެއިން

މާޗް 27 ވަނަ ދުވަހު ނެގި މަޖިލިސް ރައީސް ގެ އިތުބާރުނެތްކަމުގެ ވޯޓާއެކު ސަރުކާރަށް އޮތް މެޖޯރިޓީ ހަނިވެފައިވާކަން ދޭހަވުމާއި އެކު، އިދިކޮޅުލީޑަރުނަށް ސަރުކާރުން ބިރުދައްކާ ޖެއްސުން ކުރުމުގެ އާ ކެމްޕޭނެއް ފަށާފައިވާކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޔާމީން ހުންނެވީ ކުރީގެ ރައީސް މައުމޫނަށް ޖެއްސުން ކުރުމަށް ފޫގަޅައިގެންކަމަށެވެ. އެގޮތުން އެމަނިކުފާނުގެ އޮފީސް ބަންދުކުރުމަށް ކޯޓް މެދުވެރިކޮށް އަމުރުނެރެ، އެމަނިކުފާނު އިސްލާހަށް ކުރައްވާ މަސައްކަތަށް ރައީސް ޔާމީން ހުރަސް އަޅުއްވަމުންދާކަމަށް އެމްޑީޕީން ބުންޏެވެ.

Advertisement - newsAdvertisement

މީގެއިތުރުން މާޗް 27 ވަނަ ދުވަހު ނެގުނު ވޯޓާއިއެކު، ރައީސް މައުމޫނު އެޕާޓީން ވަކިކޮށް ޕީޕީއެމްގެ ހިންގުމުގެ އެއްވެސް ދައުރެއް ނެތް ބޭފުޅެއްކަމަށް ހެދީ، އެޕާޓީގެ އަސާސީ ގަވާއިދާވެސް ޚިލާފަށްކަމަށް އެމްޑީޕީން ބުނެއެވެ.

މި ވޯޓަށްފަހު ރައީސް ޔާމީނަށް އޮތް ސުޕަ މެޖޯރިޓީ ގެއްލުނުކަން ހާމަވެގެން ދިއުމާއެކު، ރައީސް ނަޝީދުގެ މައްޗަށް ޓެރެރިޒަމްގެ އިތުރު ދައުވާއެއްގައި، ޝަރީއަތް ފެށުމަށް ނިންމާ، ޖޭޕީގެ ލީޑަރު ގާސިމް ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމާއި، ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް އެންގުމާއެކު އެމަނިކުފާނުގެ ވިލާ ގްރޫޕްގެ އެކައުންޓްތައް ފްރީޒްކޮށް އިދިކޮޅު އެހެނިހެން ސިޔާސީ ލީޑަރުންގެ ފަހަރަކު ބޭފުޅެއް ފުލުހަށް ހާޒިރުކުރަމުންދަނީ، ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ސަރުކާރަށް އޮތް ތާއީދު ބޮޑުތަނުން ގެއްލިފައިވާތީ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ތީމްގޭގެ އޮޑިޓް ރިޕޯޓެއްގެ މައްސަލާގައިކަމަށް ބުނެ މަޖިލީހުގެ ވޯޓްގެ ކުރިން އިދިކޮޅު އިއްތިހާދާއި ގުޅިފައިވާ ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނު ފަސް ފަހަރެއްގެ މަތީން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒުވެސް މިދިޔަ ހޯމަދުވަހު ފުލުހަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ. އަދި ހަމަ މި ދަނޑިވަޅުގައި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް ގޭ ބަންދުގައި ހުންނަވަނިކޮށް ވަނީ އަނބުރާ ޖަލަށް ގެންދަވާފައެވެ.

އިދިކޮޅު ލީޑަރުންގެ ފަހަރަކު ބޭފުޅަކު ފުލުހަށް ހާޒިރުކޮށް ސުވާލުކުރަމުންދާއިރު، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބުދުއް ސައްތާރުވެސް ހުކުރު ދުވަހުގެ ރޭ 7.00 އަށް ފުލުހަށް ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވާފައެވެ.

"ހޯމަދުވަހު ނެގުނު ވޯޓާއިއެކު، މަޖިލީހުގެ މެޖޯރިޓީ ރައީސް ޔާމީނަށް ގެއްލިގެންދާކަން އެ އޮތީ ހާމަވެފައި. އެމަނިކުފާނަށް އޮތް ތާއީދު އެދަނީ ގެއްލެމުން" އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނީ،60 މެންބަރުންގެ ބޮޑު ފުޅާ މެޖޯރިޓީއާއެކު މަޖިލީހަށް ވަޑައިގެންނެވި ބޭފުޅުންނަށް ހޯމަދުވަހު މަޖިލީހުގައި ނެގި މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓްގައި ނުފެންނަކަމަށް ވޯޓް ދިނީ، އެންމެ 48 މެންބަރުން ކަމުން ޔާމީނުގެ ސަރުކާރަށް އޮތް ތާއީދު ގެއްލެމުންދާކަން ސާފުކޮށް އެނގޭކަމަށެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ގާނޫނު އަސާސީއާއި ޚިލާފަށް އެތައްކަމެއްކޮށް، ސަރުކާރުގެ އެތެރޭގައި އިންތިހާއަށް ކޮރަޕްޝަނާއި ފަސާދަ އުފެދިފައިވާއިރު، އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން މިހާރު ވަނީ އެކައްޗެއް ކިޔާފައެވެ. އެގޮތުން ކުރީގެ ރައީސް މައުމޫނާއި، ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި، ޖޭޕީގެ ލީޑާރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ލީޑަރު ޝެއިޚް އިމްރާނާއި އެކު ވަނީ މި ގައުމު އިސްލާހު ކުރުމަށް ކުރާ މަސައްކަތުގައި އެކަތި ގަނޑެއްގެ ގޮޮތުގައި ރައީސް ޔާމީނުގެ ސަރުކާރާއި ދެކޮޅަށް ތެދުވުމަށް އެއްބަސްވެ އިސްލާހީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ގުޅިފައިވާ 4 ލީޑަރުންނާއި އެކު މި ކޯލިޝަނުން ބުނެފައިވަނީ ރައީސް ޔާމީނުގެ ސަރުކާރު ހަމަ މަގަށް އަޅުވާނެކަމަށެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު