Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޯޓޯ

އާސެނަލް އަތުން ލިބުނު މޮޅާއެކު، ކަންސެއިސާއޯ އަށް ބޮޑު އުފަލެއް!

23 ފެބުރުއަރީ 2024 | ހުކުރު 04:41

ޚާއްސަކޮށް ޕޯޓޯގެ ޑިފެންސްގައި ތިބި ކުޅުންތެރިން ދެއްކި ކުޅުމަށް އޭނާ ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ފެބުރުއަރީ 2024 | ހުކުރު 04:41
ޕޯޓޯގެ ކޯޗު ސާޖިއޯ ކޮންސެއިސާއޯ

ޕޯޓޯގެ ކޯޗު ސާޖިއޯ ކޮންސެއިސާއޯ

ޔުއެފާ ޗެމްޕިއަންސް ލީގުގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗުން ލިބުނު މޮޅާއެކު، ޕޯޓޯގެ ކޯޗު ސާޖިއޯ ކޮންސެއިސާއޯ އަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި ޕޯޓޯގެ ދަނޑުގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވީ 1-0 އިންނެވެ. މެޗުގައި ޕޯޓޯ އިން ލަނޑު ޖެހީ ވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގެ ތެރޭގަ އެވެ.

އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޮންސެއިސާއޯ ބުނީ، މުޅި މެޗަށް ބަލާއިރު ވެސް އޭނާގެ ކުޅުންތެރިން ދެއްކީ ރަނގަޅު ކުޅުމެއް ކަަމަށެވެ. ކުޅުންތެރިންގެ ކުޅުމާއި ކުޅުންތެރިން ކުރި މަސައްކަތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަން ފާހަގަކޮށް އޭނާ ބުނީ، އާސެނަލް ކަހަލަ ޓީމަކާ ދެކޮޅަށް ހޯދުނީ މުހިންމު އަދި ބޮޑު މޮޅެއް ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ، ޕޯޓޯގެ ކުޅުންތެރިންނަކީ އިދިކޮޅަށް ކުޅެން އޮންނަ ޓީމު ވަރަށް ރަނގަޅަށް ދެނެގަންނާނެ ކުޅުންތެރިން ކަމަށެވެ. ޚާއްސަކޮށް އެ ޓީމުތަކާ ދެކޮޅަށް ކުޅެން ޖެހޭ ގޮތާއި، އެ ޓީމުތަކާ ދެކޮޅަށް ނެގޭނެ ފައިދާތައް ވެސް ޕޯޓޯގެ ކުޅުންތެރިން ވަރަށް ފުރިހަމަ އަށް ދެނެ ގަންނާނެ ކަމުގައި ކަންސެއިސާއޯ ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ޕޯޓޯގެ ޑިފެންސްގައި ތިބި ކުޅުންތެރިން ދެއްކި ކުޅުމަށް އޭނާ ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އެގޮތުން އާސެނަލަށް މެޗުގައި ރަނގަޅު އެޓޭކެއް ކުރެވުނަ ނުދީ، ޕޯޓޯގެ ކުޅުންތެރިން ރަނގަޅު މަސައްކަތެއް ކުރިކަން އޭނާ ފާހަގަ ކުރި އެވެ.

އިތުރަށް ކޮންސެއިސާއޯ ބުނީ، ފުރަތަމަ ލެގައި ހިނގައި ދިޔަ ކަންތައް ހަނދާން ނައްތާލުމަށްފަހު، ދެން ވިސްނަން ޖެހޭނީ އާސެނަލްގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގަށް ކަމަށެވެ. އޭނާ ބުނީ އާސެނަލުން ވެސް އެ މެޗަށް ނިކުންނާނީ އިތުރު ފުރިހަމަ ކަމާއެކު ކަމަށާއި، ޕޯޓޯ އިން ވެސް އެ ޓީމުގެ އެންމެ ފުރިހަމަ އަށް ތައްޔާރު ވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް