Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެފްއެސްއެމްއާއި އެމްޕީއެލްގެ ހިޔާނަތް

އެފްއެސްއެމްއާއި އެމްޕީއެލްގެ 6 މިލިއަން ރުފިޔާގެ ހިޔާނާތާ ގުޅިގެން 3 މީހަކަށް ދައުވާކުރަނީ

ދަޢުވާތައް ކަނޑައެޅުމަށްފަހު، މި ހަފްތާ ތެރޭގައި ކޯޓަށް ހުށަހަޅާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ފެބުރުއަރީ 2024 | ބުރާސްފަތި 04:51
ޕީޖީ ހުސައިން ޝަމީމް

ޕީޖީ ހުސައިން ޝަމީމް

އެފްއެސްއެމްއާއި އެމްޕީއެލްގެ 6 މިލިއަން ރުފިޔާގެ ހިޔާނާތާ ގުޅިގެން 3 މީހަކަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.

މި މައްސަލައަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އެކިއެކި އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ ފިއުލް ސަޕްލައި މޯލްޑިވްސް މެދުވެރިކޮށް ގަތުމުގައި ހިންގާފައިވާ މުޢާމަލާތްތަކުގައި އެކުންފުނީގެ މުވައްޒަފުންނާއި ފިއުލްސަޕްލައި މޯލްޑިވްސްގެ މުވައްޒަފުން ގުޅިގެން ކޮރަޕްޝަން ހިންގައި އެކުންފުނީގެ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުޙްމަތުކުރެވޭ މައްސަލައެކެވެ.

މި މައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، މި މައްސަލައިގައި 3 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ޗީފް މެނޭޖަރު ސ. ފޭދޫ، ވާރުގެ، މުޙައްމަދު އައިމަން، ފިއުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮ ބައުޒަރު ޑްރައިވަރު ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ސޮޖިބް، އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ އެސިސްޓެންޓް މެނޭޖަރު ސ. މަރަދޫ އާޒާދުގެ ޙަސަން ދީދީ އެވެ.

ޕީޖީ އޮފީހުން ބުނީ، މި މައްސަލައިގައި ދަޢުވާކުރުމަށް ނިންމާފައިވާ މީހުންގެ މައްޗަށްކުރާ ދަޢުވާތައް ކަނޑައެޅުމަށްފަހު، މި ހަފްތާ ތެރޭގައި ކޯޓަށް ހުށަހެޅުމަށް ޤަޞްދުކުރާ ކަމަށެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައިގައި އިތުރު 2 މީހެއްގެ މައްޗަށްވެސް ތުހުމަތުކުރެވެއެވެ. އެހެންނަމަވެސް އެ ދެމީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް މިވަގުތު ހެކި ޤާރީނާ ލިބިފައިނުވާތީ، މިވަގުތަށް ދަޢުވާ ނުކުރުމަށް ނިންމީކަމަށް އެ އޮފީހުން މައުލޫމާތު ދިނެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައާ ގުޅިގެން މިހާތަނަށް އެ އޮފީހަށް ބަލައިގަނެފައި ވަނީ މި މައްސަލައިގައި ހިމެނޭ ފައިސާގެ ތެރެއިން 6.7 މިލިއަން ރުފިޔާގެ ޚިޔާނާތުގެ ބައެވެ.

މައްސަލައިގެ ތަޙުޤީޤު އަދިވެސް ހިނގަމުންދާތީ، އިތުރު ބައިތަކުގެ ތަޙުޤީޤު ނިމުމުން ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެކަންވެސް ޕީޖީ އޮފީހުން ފާހަގަ ކުރެއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު