Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޕީއެލްގެ ހަރަދު ކުޑަ ކުރުން

އިތުރު ގަޑީގެ ފައިސާ ނުލިބޭނެ ކަމަށް އެމްޕީއެލްގެ މުވައްޒަފުން ބުނާ ވާހަކަތަކާ ކުންފުނިން ބުނާ ވާހަކަތައް ދިމަލެއް ނުވޭ

9 އެޕްރީލު 2025 | ބުދަ 10:50

އިސްކަން ދެނީ 8 ގަޑިއިރަށްވުރެ އިތުރަށް މުވައްޒަފުން ލައްވައި މަސައްކަތް ނުކުރުވުމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 9 އެޕްރީލު 2025 | ބުދަ 10:50
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހެޑް އޮފީސް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހެޑް އޮފީސް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހަރަދުތައް ކުޑަކުރުމަށް ބައެއް ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށާއި، ނަމަވެސް ކުންފުނީގެ މުވައްޒަފުން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ދޭ ފައިސާ އުނިކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޕީއެލުން މިހެން ބުނެފައިމިވަނީ ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލާފައިވާ ކަމަށް ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

ރާއްޖެއެމްވީއަށް އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުންފުނީގެ ޕޮލިސީތަކާ އެއްގޮތަށް، ރަސްމީ ގަޑީގައި ނުނިމޭ މަސައްކަތްތައް ފުރިހަަމަކުރުމަށް މުވައްޒަފަކު އިތުރު ގަޑީގައި މަސައްކަތްކޮށްފިނަމަ، އެ މުވައްޒަފަކަށް ހައްގުވާ އިތުރު ގަޑީގެ އަބަދުވެސް މުވައްޒަފުންނަށް ދޭނެ ކަމަށެވެ.

ނަމަވެސް، ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމާއި، މުވައްޒަފުންގެ ދުޅަހެޔޮ ކަމަށް ބާރުއެޅުމުގެ ގޮތުން މި ކުންފުނިން އަބަދުވެސް އިސްކަން ދެނީ 8 ގަޑިއިރަށްވުރެ އިތުރަށް މުވައްޒަފުން ލައްވައި މަސައްކަތް ނުކުރުވުމަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކުން ވެސް މަސައްކަތްތައް ރާވާނީ އެ ދުވަހެއްގެ މަސައްކަތްތައް ރަސްމީ ގަޑީގައި މުވައްޒަފުން ލައްވައި ނިންމުމަށް ކަމަށެވެ.

ސަރުކާރުން ހަރަދުތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް ބައެއް ފިޔަވަޅުތައް އެޅުމަށް ރާވާފައިވާކަން ފާހަގަކުރައްވައި އޮފިޝަލް ވިދާޅުވީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ކުންފުނީގެ މުވައްޒަފުން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ދޭ ފައިސާ އުނިކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

ނަމަވެސް ރާއްޖެއެމްވީއަށް އެމްޕީއެލްގެ މުވައްޒަފެއް ބުނީ އިތުރު ގަޑީގެ ފައިސާ ނުލިބޭނެ ކަމަށް އަންގައި، އެޗްއާރްއިން އަންގާރަ ދުވަހު ގުރޫޕަށް މެސެޖެއް ލާފައިވާ ކަމަށާއި، ނަމަވެސް މެމޯއަކުން ރަސްމީކޮށް އަންގާފައިނުވާ ކަމަށެވެ.

އެ މެސެޖްގެ ސްކްރީންޝޮޓެއް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ. އެ މެސެޖްގައި ބުނެފައިވަނީ ބަޖެޓް އިންތިހާއަށް ދަތިވުމުގެ ސަބަބުން ކުރިއަށް އޮތް 6 މަސްދުވަހަށް ހުރިހާ ޑިޕާޓްމަންޓްތަކުގެ ތެރޭގައި އޯޓީގެ ހުރިހާ މަސައްކަތެއް ހުއްޓާލުމަށް ސީއީއޯ ލަފާ ދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން ރަސްމީ ގަޑީގައި ހަވާލުކޮށްފައިވާ މަސައްކަތްތައް ކުރުމަށާއި، މަސައްކަތްތައް ރޭވުމުގައި ވެސް ރަސްމީ ވަގުތަށް އިސްކަންދީ ރާވާލައިގެން ކުރިއަށް ގެންދިއުމަށް އަންގާފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރުގަޑީގެ ފައިސާ ދެވޭނީ ކުއްލިއަކަށް ހާޒިރުވާން ޖެހޭ ހާލަތެއްގައި ޚާއްސަ ހުއްދައެއްގެ ދަށުން އޮފީހަށް ނުކުންނަ މުވައްޒަފުންނަށް ކަމަށެވެ.

މީގެ އިތުރުން ޑިޕާޓްމަންޓް/ ސެކްޝަނުން އެންމެ ފަހުން ނިކުންނަ މުވައްޒަފު ހުރިހާ ލައިޓްތަކާއި، އޭސީތައް ނިންވާލުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި އޭސީގެ ޓެންޕަރޭޗަރ ވެސް 25 ނުވަތަ އެއަށްވުރެ މަތީގައި ބެހެއްޓުމަށް އެދިފައިވެއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް